ހާރޓް އެޓޭކް ޖެހުން: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 4:
* '''ކާޑިއާ''' : ނިސްބަތް ކުރެވެނީ [[ހިތް]] އަށެވެ.
* '''އިންފަރކްޝަން''' : މާނައަކީ ލޭފޯރުކޮށް ނުދެވުމުގެ ސަބަބުން ޓިޝޫއެއް މަރުވުމެވެ.
ހިތް ހުއްޓުން ނުވަތަ ހާރޓް އެޓޭކް އަކީ ހިތަށް ލޭގެންގޮސްދޭ ލޭހޮޅީގެ ތެރޭގައި އެތިކޮޅެއް ތާށިވެ، ހިތުގެ ވަކި ހިސާބަކަށް ގެންގޮސްދޭންޖެހޭ ލޭ ނުލިބުމުގެ ސަބަބުން ހިތުގެ ވިންދު ހުއްޓުމެވެ. ލޭނުލިބި ގިނައިރުވެގެންދާނަމަ ހިތުގެ މަސްތަކުގެ ވަކި ސަރަހައްދެއް ހަލާކުވުމަކީ ދިމާވެދާނެ މައްސަލަ އެކެވެ. ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިތުގެ ބަލިތަކުގެ ސަބަބުން ކޮންމެ އަހަރަކު 12 މިލިޔަން މީހުން މަރުވެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި މަރުވާ މީހުންގެ ދެބައިކުޅަ އެއްބައި މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.
 
ހިތް ހުއްޓިގެން މަރުވުމަކީ ވަކި އުމުރެއްގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް އުމުރުން ދުވަސްވަމުންދާ ވަރަކަށް ދެޖިންސްގެ މެދުގައިވާ މިފަރަގު ނެތެމުންދާކަން ފާހަގަ ކުރެވެއެވެ.
 
== އަލާމާތްތަކާއި ނިޝާންތައް ==
Line 13 ⟶ 15:
ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) މުޅިން ނުފެނި ހިގައިދާނެއެވެ. ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ [[ނޭވާ ކުރުވުން]]، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ.
ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ. ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި، [[ހަކުރު ބަލި]]ގެ މީހުން، އަދި [[ހިތް ބަދަލުކުރުން]] ފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު [[ހިތް]] ގެ [[ފަތިނާރު]] ތައް [[ހިތް]] އިންދުނު މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.
 
ހިތްހުއްޓުން ނުވަތަ ހާރޓް އެޓޭކްގެ އަލާމާތްތައް ގިނައެވެ. އަދި ތަފާތު ގޮތްގޮތަށް މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ. އެއްފަހަރު ހާޓް އެޓޭކް ޖެހިފައިވާ މީހާއަށް ދެވަނަ ފަހަރަށް އެކަން ދިމާވުން ވެސް އެއީ ހާޓް އެޓޭކް އެއްކަން ފާހަގަ ނުކުރެވިދާނެ އެވެ. އާންމުގޮތެއްގައި ފެންނަ އަލާމާތްތަކަކީ:-
 
* މޭމަތީގެ މެދަށް ފިއްތާލާ ކަހަލަ ނުވަތަ މޭފުރިފައިވާ ކަމުގެ އިހްސާސްކުރެވުން : ތަދުގެ ސިފަތައް ތިރީގައި މިވަނީ އެވެ.
** މޭގައި ހުންނަ ތަދު ބައެއް ފަހަރު ދިލަނަގާ ކަހަލަ ތަދެއްގެ ގޮތުގައި ހުރެދާނެއެވެ.
** ނުވަތަ މެޔަށް އެއްޗެއް ހަރާލާ ކަހަލަ ތޫނު ތަދަކަށް ވެސް ވެދާނެ އެވެ.
** މެޔަށްވާ ތަދުގެ އަސަރު ކޮނޑު ހުޅަށާއި، އަތް، އަދި ކަރާއި ބުރަކަށްޓަށް ފެތުރިގެން ހިގައިދާނެއެވެ.
** މެޔަށްވާ ތަދުގެ އަސަރު ބައެއް ފަހަރު ދަތްދޮޅި އާއި ދަތްތަކަށް ވެސް ކޮށްދާނެއެވެ.
** މިތަދު ގިނަ ފަހަރު ހުންނާނީ (ދަތުރުކުރާނީ) ވައަތް ފަރާތަށެވެ. މާނައަކީ ވާތު މުލައްދަނޑި އަށާއި، ކަރުގެ ވާތްފަރާތް ފަދަ ހިސާބުތަކަށެވެ.
** މެޔަށްވާ ތަދު ދެތިން މިނިޓްތެރޭގައި ފިލައިގެން ގޮސްފައި އަނެއްކާވެސް އިރުކޮޅެއް ފަހުން އެނބުރިއައުމަކީ ވެދާނެ ގޮތެކެވެ. އަދި ތަދުވާ މިންވަރު އިތުރުވެގެން ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
** މޭގެ ތަދު ނުފިލައި 30 މިނިޓްވަންދެން ހުރެއްޖެނަމަ އެތަދު އެންމެ އެކަށީގެންވަނި ހިތްހުއްޓުމުގެ އަލާމާތެއް ކަމުގައެވެ.
** ހަރަކާތްކޮށް ހެދުމުން މޭގެ ތަދު ބޮޑުވެފައި އަރާމުކުރުމުން އެތަދަށް ލުޔެއް ލިބޭނެއެވެ.
 
* މެޔަށް ތަދުވުމާއެކު މޭނުބައިކުރުން، ހޮނޑުލުން، ހިތްއަވަސްވުން(މޭތެޅުން)، ދާހިއްލުން
* ނޭވާކުރުވުން، އަދި ފުރިހަމަ ނޭވާއެއްލާން އުދަނގޫވުން
* މޫނުމައްޗަށް އަދިރިވުން، އަދި ހޭނެތުން
 
 
== ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް ==
ހިތަށް ލޭގެންގޮސްދޭ ހޮޅިތައް ބަންދުވުމުގެ ސަބަބުން ހިތްހުއްޓިގެން މަރުވުން ސަބަބުވެރިކުރުވާ އެތައް ކަމެއް ވެއެވެ. އޭގެ ތެރޭގައި އެކަންކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު ނެތްކަންކަމާއި، އަދި އެކަން ކަމުން ދުރުވުމުގައި އަމިއްލަ އިޚްތިޔާރު އޮންނަ ކަންކަން ހިމެނެއެވެ.
 
އިޚްތިޔާރު ނެތް ކަންތައްތަކުގެ ތެރޭގައި :-
* ޢުމުރު
* ޖިންސް
* ޢާއިލާގެ ތެރޭގައި ހިތުގެ ބަލިތައް ހުންނަ މިންވަރު
 
އިޚްތިޔާރު ލިބިގެންވާ ކަންތައްތަކުގެ ތެރޭގައި :-
* ދުންފަތުގެ އިސްތިއުމާލުކުރުން
* ހަކުރު ބަލި ހުންނަމީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުން
* ލޭމައްޗަށްދިއުން ހުންނަ މީހުން އެކަމަށް އެކަށޭނަ ފަރުވާނުކުރުމުގެ ސަބަބުން ލޭކޮންޓްރޯލްނުވުން
* ކޮލެސްޓްރޯލް މައްޗަށްދިއުން ހުންނަ މީޙުން އެކަމަށް އެކަށޭނަ ފަރުވާ ނުކުރުން
* ހަށިގަނޑު ފަލަވެގެންދާ ވަރަކަށް ދާންދޫކޮށްލުން
 
ހިތްހުއްޓިގެން މަރުވުމުގެ ރިސްކު އިތުރުކޮށްދޭ ކަންތައްތަކުގެ ތެރޭގައި :-
* ހިތްހަމަނުޖެހޭ އެކަހެރި ދިރިއުޅުމެއް އުޅެންޖެހުން
* ކަސްރަތުކުރުން ފަދަ ހަރަކާތްތަކާއި ދުރުހެލިވުން
* އަވަދިނެތި އަރާމެއްނެތި ޕްރެޝަރުގައި މަސައްކަތްކުރަން ޖެހުން
* ފަޔާއި އަތުގެ ލޭނާރުތަކުގެ ބަލިތަކަށް ބޭސްކުރަންޖެހުން
* އަނގަ އަދި ދަތްތަކުގެ ސާފުތާހިރުކަން ކުޑަވުން
* މަސްތުވާތަކެތި ބޭނުންކުރުން
 
 
===ފުރުޞަތު އިތުރުކުރާ ކަންތައްތައް ===
Line 24 ⟶ 64:
* އާއިލާގައި [[ހިތުގެ ބަލި]] ޖެހިފައިވާ މީހުން ތިބުން
* [[ފަލަބަލި]] ޖެހިފައިވުން
* އުމުރު: ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަަހަރުންއަހަރުން މަތީގައެވެ.
* ލޭގައި ހޯމޯސިސްޓެއިން ގިނަވުން
* ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން ([[ސްޓްރެސް]]) ތަކުގެ ތެރޭގައި އުޅެންޖެހުން
Line 30 ⟶ 70:
* ޖިންސް: އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
 
== ރައްކާތެރިވުން ==
 
[[Category:ބަލިތައް]]
[[ޤިސްމު:އެކަށޭނަ ލިޔުން]]