Open main menu

Changes

== ވާގިނެތޭ ބަލީގެ ވައްތަރުތައް ==
ވާގިނެތޭ ބަލީގެ ދެވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ވާގިނެތޭ ބަލި ކުރިމަތިވުން ނުވަތަ ލޭފޭއްދުމުގެ ސަބަބުން ކުރިމަތިވާ ވާގިނެތޭ ބަލި ({{en|Haemorrhagic Stroke}}) އެވެ. ދެވަނަ ވައްތަރަކީ ސިކުނޑީގައި ގަނޑުލޭކޮޅެއް އުފެދުމުގެ ސަބަބުން ވާގިނެތޭ ބަލި ކުރިމަތިވުން ނުވަތަ ސިކުނޑީގައި ގަނޑުލޭކޮޅޭއް އުފެދުމުގެ ސަބަބުން ކުރިމަތިވާ ވާގިނޭ ބަލި ({{en|Ischemic Stroke}}) އެވެ. މިދެ ހާލަތުގައި ވެސް ސިކުނޑިވަނީ [[އޮކްސިޖަން]] އަށް ފެންބޮވައިގެން ފައެވެ. ނަތީޖާއެއްގެ ސިކުނޑީގެ ސެލްތައް ހަލާކުވެ، ސެލްތައް މަރުވުން ކުރިމަތި ކުރުވައެވެ.
{{ambox | text = މިލިޔުމުގައި ފެބުރުއަރީ 2010 ގެ ހަވީރު ނޫހުގައި ޑރ ޢަބުދުﷲ އުބައިދު ލިޔެފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ.}}
ސްޓްރޯކްގެ ދެވައްތަރެއް ވެއެވެ.
* ފުރަތަމަ ވައްތަރަކީ ލޭހޮޅިތަކުގެ ތެރޭގައި ގަނޑުއެތިކޮޅެއް އުފެދި، އެއެތިކޮޅު ލޭހޮޅީގެ ތެރޭގައި ދަތުރުކޮށްފައި ގޮސް، ސިކުނޑީގެ ލޭހޮޅިއެއްގެ ތެރޭގައި ތާށިވެ، އެހޮޅި ބެދޭގޮތް ވުމެވެ. ގިނަ ފަހަރަށް މިފަދަ ގަނޑު އެތިކޮޅު އުފެދެނީ ކޮލެސްޓްރޯލް ގިނަވެ، ލޭހޮޅިތަކުގެ ތެރޭގައި އަށަގަނެ( ކޮބަނޑި ގަނޑެއްގެ ސިފައިގައި ލޭހޮޅީގެ ތެރޭގައި ޖަމާވެ)އޭގެ އެތިކޮޅެއް އެތަނުން ނެއްޓި ލޭހޮޅިތަކުގެ ތެރޭގައި ދައުރުވާން ފެށުމުންނެވެ. މިވައްތަރުގެ ސްޓްރޯކަށް ދެވިފައިވާ ނަމަކީ '''އިސްކިމިކް ސްޓްރޯކް''' އެވެ. ސްޓްރޯކް ޖެހުމުގެ 80 އިންސައްތަ އަކީ މިވައްތަރުގެ ސްޓްރޯކްކަން ފާހަގަ ކުރެވެއެވެ.
9,692

edits