Open main menu

Changes

 
== ފެނިދާނެ އަލާމާތްތައް ==
ވާގިނެތޭ ބަލި ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ، ވާޙަކަ ދައްކަން އުދަގޫވުން، ހިނގުމަށް އުދަގޫވުން، އަދި ބައެއް އެހެނިހެން ކުދިކުދި ކަންތައްތައް ކުރަން އުދަގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ލޭމައްޗަށްދިއުން ހުންނާތީ ބޭސް ބޭނުންކުރަމުންދާނަމަ، ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް އެނގި އެކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. ސްޓްރޯކެއް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ:-
* ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ވާގިދަށްވެ އައްސިވާހެން ހީވުމާއި، މޫނުގެއެއްފަޅިން ވާގިނެތޭހެން ހީވުން
* އެއްލޮލުގެ ނުވަތަ ދެލޮލުގެ ފެނުން ކުއްލިއަކަށް ދަށްވެ ނުވަތަ ފުސްވުން
* ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ހަރަކާތްނުކުރެވި ވާވުން
* ކުއްލިއަކަށް އަނބުރައިގަންނަގޮތް ވުމާއި، މޭނުބައިކުރުމާއި ހޮނޑުލެވުމާއި ބޮލުގައި ރިހުން
* ވާހަކަ ދައްކަން އުދަގޫވުމާއި ދައްކާވާހަކަ އޮޅުން ނުފިލުން
* ކާއެއްޗެތި ދިރުވަން އުދަގޫވުން
* ހަށިގަނޑުގެ ހަމަ ހިފެހެއްޓުން ގެއްލުމާއި އަތާއި ފައިގެ ކޯޑިނޭޝަން ގެއްލުން
* ހިނދުކޮޅަކަށް ނަމަވެސް ހޭނެތުން
* ކުއްލިއަކަށް ވާނުވާނޭނގި ހައިރާންކަމެއްގެ ތެރެއަށް ގެއްލުން
 
== ފަރުވާ ==
9,692

edits