Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: ht:Kè
No edit summary
ފޮޅުވަތް 1:
ހިތް ނުވަތަ ({{en|Heart}}) މިއި އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ގުނަވަނެވެ. ހިތަކީ ހިތަށް ޚާއްޞަ މަސްތަކަކުން އުފެދިފައި އޮންނަ ގުނަވަނެކެވެ. ހަށިގަނޑު އެކި ހިސާބުތަކަށް ބޭނުންވާ ލޭ ފޮނުވައިދެނީ ހިތުން ކުރިފަޅައި ނިކުމެފައިވާ ބޮޑު ލޭނާރަކުންނެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ''ކާޑިއެކް'' (Cardiac)މިބަހުން ދޭހަވަނީ ''ހިތާއި ގުޅުންހުރި'' މިހެންނެވެ. ހިތް އުފެދިފައިވަނީ ކުރިންވެސް ބުނިހެން ހިތަށް ޚާއްޞަ މަހުގެ ވައްތަރަކުންނެވެ. އެއީ [[ހިތު މަސް]](Cardiac muscle) އެވެ.
== އުފެދުން ==
ބަނޑުގައި އަށަގަންނަ ކުޑަ ދަރިފުޅުގެ ހިތުގެ ވިންދު ޖަހަން ބަލިވެ އިންނަތާ 5 ވަނަ ހަފްތާގެ ތެރޭގައި ފަށައެވެ. ފެށިގެން އަންނައިރު ކުޑަ ދަރިފުޅުގެ ހިތުގެ ވިންދު ޖެހުން ހުންނަނީ ގާތްގަނޑަކަށް މައިމީހާގެ ހިތުގެ ވިންދު ޖެހުމާއި އެއްވަރެއްގައެވެ. އެއީ ގާތްގަނޑަކަށް މިނިޓަކު 80-75 ވިންދެވެ. އެއަށްފަހު ވިންދު ޖަހަން ފަށާ ފުރަތަމަ މަހުގެ ތެރޭގައި ކުޑަދަރިފުޅުގެ ހިތުގެ ވިންދު ޖެހުން މިނިޓަކު 185-165 އަށް މަތިވެގެން ދެއެވެ. މިވަރަށް ވިންދު ޖެހުން ހުންނަނީ ބަލިވެއިންނަތާ 7 ވަނަ ހަފްތާ ހިސާބުގައެވެ.