ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު: Difference between revisions

Content deleted Content added
ފޮޅުވަތް 16:
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރަންވަން ފެއްޓެވީ އެމަނިކުފާނުގެ ބައްޕާފުޅު ސުމުއްވުލް އަމީރު އިބްރާހީމް ދޮށިމޭނާގެ ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި އެހީތެރިއެއްގެ ގޮތުންނެވެ. މިގޮތުގައި ހުންނަވައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ތަޚްތަށް އިސްވެ ވަޑައިގެން ގިނަދުވަހެއް ނުވެ، ދައުލަތް ހިންގުމުގެ ބާރު، އެމަނިކުފާނުގެ އަތްޕުޅުގެ މައްޗަށް ލިބިވަޑައިގަތެވެ. އެރަދުންގެ ދިގު ރަސްކަމުގެ ދުވަސްތަކުގައި ބޮޑު ވަޒީރެއްގެ ގޮތުން ހުންނަވައި، ފުރަތަމަ ގާނޫނު އަސާސީ ފާސްވެ ހަމަޖެހުމުން، އެމަނިކުފާނު މަގާމުން ޕެންޝަން ހޯއްދަވައި، ވަކިވެ ވަޑައިގަތެވެ. އޭގެ ފަހުން އަވަހާރަ ވެއްޖައުމަށް ދާންދެން އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ ޒަޢީމެވެ. އަދި ދިވެހި ދައުލަތުގެ މުސްތަޝާރުލް އަޢުޒަމް އެވެ. އަދި ދިވެހި ތަޚްތަށް އިންތިޚާބުކޮށްފައިވާ ވެރިޔާ އެވެ. އެކިލެގެފާނު ދިވެހި ރަސްކަމުގެ ތަޚްތަށް އިންތިޚާބު ކޮށްފައިވަނީ 12 އެޕްރީލް 1943 ގައެވެ. އެއީ ހިޖުރައިން 6 ރަބީޢުލް އާޚިރު 1362 ވީ ހޯމަ ދުވަހެވެ. ކިލެގެކަން ލިބިވަޑައިގަތީ 7 ރަޖަބު 1347 ގައެވެ.
 
ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ސިޔާސީ ގޮތުން ދިވެހިރާއްޖެ މިޒަމާނުގައި ދުށް އެންމެ ކާމިޔާބު ލީޑަރެކެވެ. ރާއްޖޭގެ ރަށްތަކުގެ ޢިމްރާނިއްޔަތު ތަރައްގީ ކުރައްވައި، މިގޮތުން ރަށްރަށުގެ މަގުތަކާއި، މިސްކިތްތަކާއި، ޒިޔާރަތް ފަދަ ތަންތަން، އާކުރައްވައި، ސަރުކާރުގެ ފަރާތުން ދިވެހި ދަރިންނަށް ތައުލީމު ދޭނެ މަރުކަޒުތަކެއް ފުރަމާލޭގައި ހުޅުއްވި އެވެ. އަދި ދައުލަތުގެ ހުސްވެފައިވާ ޚަޒާނާއަށް މުއްސަދިކަން ގެންނެވީ އެކަލޭގެ ފާނުގެ މިއްނެތް މަސައްކަތްޕުޅާއި ރޭވެވުމުގެ މަތިންނެވެ. ދިވެހިރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވުމަށް ފުރަތަމަ ޙަރަކާތްތެރިވި މުޙައްރިރަކީ އެމަނިކު ފާނު އެވެ. އަދި ދުސްތޫރީ ގާނޫނު އަސާސީ އުވުނަ ނުދެއްވާ، ދެމެހެއްޓޭނެ ގޮތް ރޭއްވެވި ބޭފުޅަކީ ވެސް ޚުދު ޢަބުދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެވެ.
 
ދިވެހި ރައްޔިތުން އަތުން ސަރުކާރަށް ނަގަމުން އައި ވާރު ކަނޑުއްވާލައްވައި ވިޔަފާރި ވެރިންގެ އަތުން ޓެކްސް ނަގާގޮތަށް ހަމަޖެއްސެވި އެވެ. މިރަދުންގެ ރަސްކަމުގެ ދުވަސްވަރަށް ކިޔައި އުޅުނު '''އުއްސަކުރު''' ޒަމާނެވެ.
 
== ފާހަގަކުރެވޭ ސިފަތައް ==