ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ): Difference between revisions

Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: en:Muhammad Imaaduddeen VI
ފޮޅުވަތް 2:
ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަތަރުވަނަ) އަކީ 1893 އިން 1902 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ.
==ނަސަބު==
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އަކީ ހުރާގޭ ޚާންދާނުން ރަސްކަންކުރެއްވި 9 ވަނަ ރަދުންނެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ނުވަތަ މުސްކުޅި ބަންޑާރައިން ގެ އަލްއަމީރު ޙަސަން ޢިއްޒުއްދީން ނުވަތަ މާންދޫގޭ މަނިއްޕުޅުގެލޯފަން ބޭފުޅެކެވެމަނިއްޕުޅު އެވެ. މަންމާފުޅަކީ މާންދޫގޭ އަލްފާޟިލް މުޙައްމަދު ދީދީގެ ދޮންދީދީ އެވެ. މިރަދުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 7 ރަޖަބު 1285 ނުވަތަ 25 އޮކްޓޯބަރ 1868 ގައެވެ. ރަސްކަމަށް އިސްވެވަޑައިގަތީ 6 މުޙައްރަމް 1311ހ، 20 ޖުލައި 1895 ގައެވެ. ބައެއް ލިޔުންތަކުގައި ރަސްކަމަށް އިސްކުރެވުނު ތާރީޚަކީ 21 ޖުލައި 1893 ކަމަށް ލިޔެފައި ވެއެވެ. މިރަދުން މަޝްހޫރު ވެފައިވަނީ '''ޙާޖީ ޢިމާދުއްދީން''' ގެ ނަންފުޅުންނެވެ. 20 ވަނަ ގަރުނު ފެށުނު އިރު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚްތުގައި އިންނެވީ މިރަދުންނެވެ.
 
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ) ފުރަތަމަ ކާވެނިފުޅު ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ އާގަނޑުވަރު ދޮށީ ގޮމަޔާ އެވެ. އެބަނޑުފުޅުން އަލި ރަސްގެފާނު ގަނޑުވަރު ގޮމަފުޅު ލިބިވަޑައިގެންނެވި އެވެ. ދެވަނަ އަށް ކާވެނި ބައްލަވައިގަތީ އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ އުއްމު ކުލްޘޫމް ދީދީ އާއެވެ. މިބަނޑުފުޅުން ލިބިވަޑައިގަތީ ޢަބުދުﷲ ޢިމާދުއްދީން، ޙަސަން ޢިމާދުއްދީން، އިސްމާޢީލް އިމާދުއްދީން، އަދި ގުލިސްތާން ޢިމާދުއްދީން އެވެ. ތިންވަނައަށް ކާވެނިފުޅު ބައްލަވައިގަތީ މިޞްރުގެ އަންހެނެއްކަމުގައިވާ ޝަރީފާ ހާނިމް އާއެވެ. މިބަނޑުފުޅުން ދައުލަތު ޢިމާދުއްދީން ލިބިވަޑައިގަތެވެ.