ޕްރޮސްޓޭޓް ކެންސަރު: Difference between revisions

Content deleted Content added
ފޮޅުވަތް 33:
 
== ސްކްރީންކުރުން ==
ސްކްރީން ކުރުމަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަނީސް ބަލިހުރިތޯ ބެލުމަށް ތަހުލީލު ކުރުމެވެ. މިބަލީގެ ކުރީކޮޅު ބަލި ހުރިކަން ދެނެގަނެ ފަރުވާ ކުރަން ފެށުމުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބެއެވެ. މިގޮތުން އެހެން ގުނަންތަކަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަވުމާއި، ޕްރޮސްޓޭޓް އަށް ބަލި ޖެހުމުގެ ސަބަބުން އަސަރުކުރާ މިންވަރު ކުޑަކުރެވެއެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި ބައްޔަށް ސްކްރީން ކުރުމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރެވޭ މިންވަރު %67 އިން %97 އަށް ވަނީ އިތުރުވެފައެވެ.
=== ސްކްރީން ކުރަންޖެހޭ މީހުން ===
ބައްޔަށް ސްކްރީން ކުރަންޖެހެނީ ކުރިން ވެސް ބަޔާންކޮށްފައިވާ ފަދައިން ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނެވެ. އެމެރިކާގެ ކެންސަރ ސޮސައިޓީން ލަފާދެނީ އުމުރުން 50 އަހަރުންމަތީގެ ހުރިހާ ފިރިހެނުންވެސް ޕްރޮސްޓޭޓް ކެންސަރު އަށް ސްކްރީން ކުރުމަށެވެ.