Content deleted Content added
Created page with 'ކޮލެސްޓްރޯލް އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވ…'
 
No edit summary
ފޮޅުވަތް 1:
ކޮލެސްޓްރޯލް({{en|cholestrol}}) އަކީ އިންސާނުންނާއި، ޖަނަވާރު ތަކުގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ [[ލޭ]] ގެ [[ޕްލާޒްމާ]] ގައި ހުންނަ ތެޔޮ މާއްދާ އެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގަނިކް ކަމްޕައުންޑެކެވެ. ކޮލެސްޓްރޯލް އޭގެ އަސްލު ސިފައިގައި ހުންނައިރު ހުންނާނީ ސާފު ހުދު ކުލައިގައެވެ. އަދި އޭގައި އެއްވެސް ރަހައެއް ނުވަތަ ވަހެއްވެސް އެކުލެވިގެން ނުވެއެވެ.
އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައިވާ ކޮންމެ [[ސެލް]] އެއްގެ ބޭރު ފަށަލައިގައި ކޮލެސްޓްރޯލް ހުރެއެވެ. ސެލް މެމްބްރޭން ނުވަތަ ސެލްގެ ބޭރު ފަށަލައިގައި ހުންނަ މިބުނި ކޮލެސްޓްރޯލް އިން ބައިލް އެސިޑް ، ސްޓީރޮއިޑް ހޯރމޯން އަދި ވިޓަމިން-ޑީ އުފެއްދުމަށް އެހީތެރިވެދެއެވެ. ކޮލެސްޓްރޯލް އުފައްދަނީ [[ފުރަމޭ]] އަދި ހަށިގަނޑުގެ ބައެއް އެހެން ގުނަވަންތަކުންނެވެ.
އިންސާނުންގެ ކެއުމުގައި ބޭނުންކުރެވޭ ބައެއް ކާތަކެތިން ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ލިއްބައިދެއެވެ. ލޭގައި ކޮލެސްޓްރޯލް ހުންނަނީ ލޭގައި ހިމެނޭ ޕްރޮޓީން އެއް ކަމުގައިވާ '''ލިޕޯޕްރޮޓީން''' އާއި ތަތްވެފައެވެ. ނުވަތަ އެކުވެފައެވެ. އެހެންކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި ދައުރުވާނީ މިބުނި ޕްރޮޓީން އާއި އެކުވެގެންނެވެ.
 
ލޭގައި ކޮލެސްޓްރޯލް ގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ. މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތްހުއްޓުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.
ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.
 
 
 
[[Category:ކާނާގެ ބައިތަކާއި ވައްތަރުތައް]]
[[ar:كولسترول]]
[[az:Xolesterin]]
[[bn:কলেস্টেরল]]
[[bg:Холестерол]]
[[ca:Colesterol]]
[[cs:Cholesterol]]
[[da:Kolesterol]]
[[de:Cholesterin]]
[[et:Kolesterool]]
[[el:Χοληστερίνη]]
[[es:Colesterol]]
[[eo:Kolesterolo]]
[[eu:Kolesterol]]
[[fa:کلسترول]]
[[fr:Cholestérol]]
[[gl:Colesterol]]
[[ko:콜레스테롤]]
[[hi:कोलेस्टेरॉल]]
[[hr:Kolesterol]]
[[id:Kolesterol]]
[[it:Colesterolo]]
[[he:כולסטרול]]
[[lt:Cholesterolis]]
[[hu:Koleszterin]]
[[mk:Холестерол]]
[[ml:കൊളസ്ട്രോള്‍]]
[[ms:Kolesterol]]
[[nl:Cholesterol]]
[[ja:コレステロール]]
[[no:Kolesterol]]
[[oc:Colesteròl]]
[[pl:Cholesterol]]
[[pt:Colesterol]]
[[ro:Colesterol]]
[[ru:Холестерин]]
[[sq:Kolesteroli]]
[[si:කොලෙස්ටරෝල්]]
[[simple:Cholesterol]]
[[sk:Cholesterol]]
[[sl:Holesterol]]
[[sr:Холестерол]]
[[fi:Kolesteroli]]
[[sv:Kolesterol]]
[[th:คอเลสเตอรอล]]
[[tr:Kolesterol]]
[[uk:Холестерин]]
[[vi:Cholesterol]]
[[zh-yue:膽固醇]]
[[zh:膽固醇]]