Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: en:Lipid
ފޮޅުވަތް 29:
ގިނަ ސެޗުރޭޓެޑް ފެޓީ އެސިޑް އިން ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ ކަމުގައިވިޔަސް، ހުރިހާ ވައްތަރެއްގެ ފެޓީ އެސިޑް އަކުން މިހެނެއް ނުވެއެވެ.
 
===ޕޮލީއަންސެޗުރޭޓެޑް އަންސެޗުރޭޓެޑް ފެޓް ===
 
[[އަންސެޗުރޭޓެޑް ފެޓް]]({{en|unsaturated fat}}) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް({{en|unsaturated fatty acids}}) އެކުލެވިގެންވާ ފެޓް އެވެ. މިއީ ފެޓް އުފެދިފައިވާ ގޮތަށް ބަލައިގެން ފެޓް ބަހާލާއިރު އޭގައި ހިމެނޭ މައިގަނޑު 2 ބައިން އެއްބައެވެ. ފެޓް އުފެދުމުގެ ތެރޭގައި ހުންނަ ފެޓީ އެސިޑް ޗޭނު ބުރިއެއް ގައި ޑަބަލް ގުޅުމެއް ވާނަމަ އެއީ އަންސެޗުރޭޓެޑް ފެޓް އެވެ. ފެޓީއެސިޑް({{en|Fatty acids}}) ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.
ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ އޮށްތަކުންނާއި، ގޮވާމުން ހާނާ ތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓް އަކީ އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތަފާތުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ ކޮލެސްޓްރޯލް އަށް ކިޔަނީ ހައިޑެންސިޓީ ލިޕޯޕްރޮޓީން(އެޗްޑީއެލް) ނުވަތަ ރަގަޅު ކޮލެސްޓްރޯލް އެވެ.
 
====ޕޮލީއަންސެޗުރޭޓެޑް ފެޓް====
[[ޕޮލީއަންސެޗުރޭޓެޑް ފެޓް]]({{en|polyunsaturated fat}}) އަކީ ފެޓްގެ ތެރޭގައި ގިނަ އަދަދަކަށް އަންސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވިގެންވާ ފެޓް އެވެ. ކަނޑުމަހުގައި ހުންނަ ފެޓް އާއި، އެކި ބާވަތްތަކުގެ އޮށްތަކުންނާއި، ގޮވާމުން ހާނާ ތެލުގައި ހުންނަ ފެޓް، އަދި މައިމީހާގެ ގާތުންދޭ ކިރުގައި ހުންނަ ފެޓް އަކީ އަންސެޗުރޭޓެޑް ފެޓް އެވެ. މިވައްތަރުގެ ފެޓް އިން ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ތަފާތުކޮށްދީ، ނާރުތަކުގެ ބަލިތަކުންނާއި، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. މިފެޓް އިން އުފެދޭ ކޮލެސްޓްރޯލް އަށް ކިޔަނީ '''ހައިޑެންސިޓީ ލިޕޯޕްރޮޓީން'''(އެޗްޑީއެލް) ނުވަތަ '''ރަގަޅު ކޮލެސްޓްރޯލް''' އެވެ.
 
====މޮނޮއަންސެޗުރޭޓެޑް ފެޓް====
[[މޮނޮއަންސެޗުރޭޓެޑް ފެޓް]]({{en|monounsaturated fat}}) އަކީ އަންސެޗުރޭޓެޑް ފެޓީ އެސިޑް އެކުލެވިގެންވާ ފެޓް އެވެ. މިބައި ހިމެނެނީ ވަރަށް މަދު ކާބޯތަކެތީގައެވެ. އޭގެތެރޭގައި ޒައިތޫނި ތެޔޮ، ބަދަން ތެޔޮ ހިމެނެއެވެ. މިވައްތަރުގެ ފެޓީ އެސިޑް އިން ލޭގައި ހުންނަ ކޮލެސްޓްރޯލް އަށް އަންނަ ބަދަލުތައް އަދިވެސް ދަނީ ދިރާސާ ކުރެވެމުންނެވެ.