ފެޓް (ސެޗުރޭޓެޑް ފެޓް): Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 4:
 
ގިނަ ސެޗުރޭޓެޑް ފެޓީ އެސިޑް އިން ލޭގައި ހުންނަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މައްޗަށްދާ ކަމުގައިވިޔަސް، ހުރިހާ ވައްތަރެއްގެ ފެޓީ އެސިޑް އަކުން މިހެނެއް ނުވެއެވެ.
== އުފެދޭގޮތް ==
ފެޓް އުފެދިފައިވަނީ ފެޓީއެސިޑް({{en|fatty acid}}) ތަކެއް އެކުވެގެންނެވެ. ޓްރިގްލިސެރައިޑް އަކީ 3 ފެޓީއެސިޑް މޮލާރި({{en|molecule}}) އެކުވުމުން އުފެދޭ އެއްޗެކެވެ. އަދި ކާތަކެތި ހަޖަމުވާއިރު، މި ޓްރިގްލިސެރައިޑް ތައް ބައިބައިވެ، ފެޓީއެސިޑް ތަކަކާއި، ގްލައިސެރޯލް ކިޔާ ބާވަތެއް އުފެދެއެވެ. މިއާއެކު ސެލިތަކުގަޔާއި، ލޭގެ ތެރޭގައި އެހެން ވައްތަރެއްގެ ފެޓީއެސިޑް އެއްވެސް އުފެދެއެވެ. މިއަށްކިޔަނީ '''ކޮލެސްޓްރޯލް''' އެވެ. ކޮލެސްޓްރޯލް އަކީ ސެލިތަކާއި ހޯރމޯން ތަކާއި، އެހެންވެސް ދިޔަވަރުތައް އުފައްދާ ހަށިގަނޑު ހިންގުމަށް ބޭނުންވާ މާއްދާ އެކެވެ. ހަށިގަނޑުގެ ތެރޭގައި ތަފާތު 40 ވައްތަރުގެ ފެޓީއެސިޑް އެކުލެވިގެންވެއެވެ. އެކި ވައްތަރުގެ ފެޓީއެސިޑް ހަށިގަނޑުގައި އަދާކުރާ ރޯލް ތަފާތެވެ.
 
ފެޓީއެސިޑް އުފެދިފައިވަނީ ކާބަން އޮލާރި({{en|Atom}}) ތައް ހައިޑްރަޖަން އޮލާރި ތަކާއި ގުޅިގެން ހެދޭ އެކި ދިގުމިނުގެ ޗޭނުބުރި ތަކަކުންނެވެ. މިޗޭނު ބުރިތަކުގައި އޮލާރިތައް ގުޅިފައި ހުންނަ ގޮތަށް ބަލައިގެން މައިގަނޑު 2 ބަޔަކަށް ފެޓް ބަހާލެވެއެވެ. އެއީ ސެޗުރޭޓެޑް ފެޓް އާއި، އަންސެޗުރޭޓެޑް ފެޓް އެވެ. ސެޗުރޭޓެޑް ފެޓް އަކީ އެފެޓީއެސިޑް އުފެދިފައިވާ ޗޭނުބުރީގައި ޑަބަލް ގުޅުމެއް ނުހިމެނޭ ފެޓް އެވެ. ފެޓީއެސިޑް ޗޭނުބުރިއެއްގައި އެންމެ ޑަބަލް ގުޅުމެއްވާނަމަ، މޮނޮއަންސެޗުރޭޓެޑް ފެޓް އެވެ. އެކަކަށްވުރެ ގިނަ ޑަބަލް ގުޅުން ޗޭނުބުރިއެއްގައި ހުރިނަމަ، މިވައްތަރުގެ ފެޓީއެސިޑް އަށް ކިޔަނީ ޕޮލީއަންސެޗުރޭޓެޑް ފެޓް އެވެ.
 
== ރިފަރެންސް ==
* ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003