Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: ms:Vitamin D
No edit summary
ފޮޅުވަތް 1:
ވިޓަމިން ޑީ({{en|Vitamin D}}) އަކީ ވިޓަމިން އެއް އަދި ހޯރމޯން އެކެވެ. ވިޓަމިން ޑީ ގެ 3 ބާވަތް ހުރެއެވެ. އެއީ ވިޓަމިން ޑީ1، ވިޓަމިން ޑީ2، އަދި ވިޓަމިން ޑީ3 އެވެ. މި 3ބާވަތަކީ ވެސް ހަށިގަނޑުގައި އުފައްދާ ވިޓަމިން ތަކުގެ ތެރޭގައި ހިމެނޭ 3 ބާވަތެވެ. އިރުގެ އަލިން އަންނަ އަލްޓްރާ ވައިލެޓް ދޯދި، އިންސާނާގެ ހަންގަނޑަށް އެޅުމުން ވިޓަމިން ޑީ އުފައްދައެވެ. އަދި ކާބޯތަކެތީގެ ތެރެއިން ބައެއް ބާވަތްތަކުގައި ވެސް ވިޓަމިން ޑީ ހުރެއެވެ.
ވިޓަމިން ޑީ އެންމެ މުހިއްމު ބައެއް ކުޅެނީ ހަށިގަނޑަށް ކެލްސިއަމް ނަގައި ދިނުމަށެވެ. ހޯރމޯން އެއްގެ ގޮތުގައި މަސައްކަތްކޮށް، ގޮހޮރުގައި އުފެދޭ ކެލްސިއަމް ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ފޯރުވައިދެއެވެ. އެހެން ކަމުން ވިޓަމިން ޑީ އަކީވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މުހިއްމު އެއްޗެކެވެ. ވިޓަމިން ޑީ އިން ހަށިގަނޑަށް ލިބޭ ކެލްސިއަމް ގެ ސަބަބުން ދަތްތަކާއި ކަށި ވަރުގަދަ ކޮށްދެއެވެ.
ވިޓަމިން ޑީ އެކުލެވިގެންވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި މަހުން ނަގާ ތެޔޮ، ކުކުޅު ބިސް، އަދި ކިރު ހިމެނެއެވެ. ހަށިގަނޑުން ވިޓަމިން ޑީ މަދުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކަކީ ޅަކުދިންގެ ކަށިމަޑުވުން، ބޮޑެތި މީހުންގެ ގައިގައި ރިއްސާ ކަށިބަލިވުން، ފަދަ ގޮތްތައް ދިމާވުމެވެ. މިގޮތުން އޮސްޓިއޯ މަލަސިއާ ކިޔާ ބައްޔެއް ޖެހެއެވެ.
ކަނޑައެޅިފައިވާ ވިޓަމިން ޑީ ގެ ކެލަމިން({{en|Recommanded Dietary intake}}) ( ދުވަހެއްގެ ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ނަމަވެސް މާބަނޑު އަންހެނުންނާއި، ކުޑަކުދިންނަށް ދުވަހެއްގެ މައްޗަށް، 400 އައިޔޫ (އިންޓަނޭޝަނަލް ޔުނިޓް)ގެ ވިޓަމިން ޑީ ލިބޭ ކާނާ ބޭނުންކުރުމަށް ލަފާދެއެވެ.
ވިޓަމިން ޑީ އަކީ އިއްދައިން ކެނޑުމާއި ގުޅިގެން ކަށިގިރެމުންދާ ބައްޔަށް ބޭހެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ. މިމާގިނައިން ކެއުމުން ލޭގައި ކެލްސިއަމް ގިނަވެ، އޭގެ ސަބަބުން ލޮލުން ފެންއައުން، ގައިކެހުން، އަދި ހޮނޑުލެވުން ފަދަ ކަންތައް ދިމާވެއެވެ.
 
ދަތްތަކާއި، ކަށިތަކުގެ ދުޅަހެޔޮކަމަށް ވިޓަމިން ޑީ ބޭނުންވެއެވެ. ހަމަމިހެން ކެލްސިއަމް ހަށިގަނޑަށް ދެމުމަށް ވެސް އެހީތެރިވެދެއެވެ. ދިޔާކިރު، ޔޯގަޓް، ޗީޒް، ޕާން، ސެރެލްސްގައި ގިނައަދަދަކަށް ވިޓަމިން ޑީ އެކުލެވެއެވެ.
މާބަނޑު އަންހެނާގެ ހަށިގަނޑަށް ދުވާލަކު މައިކްރޯގްރާމްގެ ވިޓަމިންޑީ ބޭނުންވެއެވެ. އާންމުގޮތެއްގައި އިރުގެ އަލި ހަންގަޑަށް އެޅުމުން ވިޓަމިންޑީ ހަށިގަނޑުގައި އުފައްދައިދެއެވެ.
== ރިފަރެންސް ==
* ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003
 
[[Category:ކާނާގެ ބައިތަކާއި ވައްތަރުތައް]]
[[ar:فيتامين دي]]
[[az:D vitamini]]