Content deleted Content added
New page: ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަމަމިހެން ނާރު...
 
No edit summary
ފޮޅުވަތް 1:
ކެލްސިއަމް({{en|Calcium}}) އަކީ ހަށިގަނޑުގައި އެންމެ ގިނަ އަދަދަކަށް ހިމެނޭ މައުދަން އެވެ. އާދައިގެ ފިރިހެނެއްގެ ހަށިގަނޑުގައި 1.5 ކިލޯގްރާމްގެ ކެލްސިއަމް ހުރެއެވެ. އަންހެނެއްގެ ހަށިގަނޑުގައި 1 ކިލޯގްރާމްގެ ކެލްސިއަމް ހުރެއެވެ. ހަށިގަނޑުގައި ހުންނަ ކެލްސިއަމް ގެ 99 އިންސައްތަ ހުންނަނީ ކަށިތަކާއި ދަތްތަކުގައެވެ.
ކެލްސިއަމް އަކީ ވަރުގަދަ ކަށްޓާއި، ފުރިހަމަ ދަތްޕިލައެއް އުފައްދާ ގިރިބިންމަތީ ދެމެހެއްޓުމަށް އެންމެ މުހިއްމު އެއް މާއްދާ އެވެ. ކެލްސިއަމް އަކީ މަސްތައް ދެމިކުރުވުށާއި، ހިތުގެ ހިނގުން ދެމެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައްޔާއި، ހަށިގަނޑުގެ ދިރުތައް އުފައްދައި ދެމެހެއްޓުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރެއެވެ. ހަޖަމުކުރުމުގެ ނިޒާމް ބެލެހެއްޓުމާއި، ދިފާޢީ ނިޒާމް ހަރުދަނާކުރުމާއި، ހަށިގަނޑަށް ބޭނުންވާ ތަފާތު އެންޒައިމް ތަކާއި ހޯރމޯންތައް އުފެއްދުމުގައި ވެސް ކެލްސިއަމް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އެހެންކަމުން ހަށިގަނޑު ހެދިބޮޑުވެ، ފުރާ ފުރިހަމަވުމުގައި ކެލްސިއަމް ގެ ރޯލް ވަރަށް ބޮޑެވެ. ޚާއްޞަކޮށް މާބަނޑު މީހުންނާއި، ގާތުންކިރުދޭ މައިންނާއި، ހެދި ބޮޑުވަމުން އަންނަ ކުދީން ކެލްސިއަމް އެކުލެވޭ ކާނާ ގިނަގިނައިން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.
 
ކާބޯތަކެތިން ހަށިގަނޑަށް އެތެރެވާ ކެލްސިއަމްގެ ތެރެއިން ހަށިގަނޑަށް ބޭނުންކުރެވެނީ ހަމައެކަނި 40-10 އިންސައްތައާއި ދޭތެރޭގެ އަދަދަކަށެވެ. އަދި މިއަދަދު އަންހެނުން އިއްދައިން ކެނޑުމުން އެންމެ 7 އިންސައްތަ އަށް ދަށްވެއެވެ.
ފިރިހެނުންނާއި އަންހެނުންގެ ދުވަހެއްގެ ކެއުމުގައި 800 މިލިގްރާމްގެ ކެލްސިއަމް ހިމެނުމަށް ލަފާދެއެވެ. އަދި އިއްދައިން ކެނޑިފައިވާ އަންހެނުން ދުވަހަކު 1500 މިލިގްރާމްގެ ކެލްސިއަމް ކާންޖެހެއެވެ.
ކެލްސިއަމް މަދުވުމުން ދިމާވާ ގޮތްތަކުގެ ތެރޭގައި ނާރުތަކާއި، ކަށީގެ މައްސަލަތަކާއި، ކަށި ގިރޭ ބަލީގެ އުދަގޫތަކާއި، ގޮހޮރަށް ކެންސަރު ޖެހުން، ލޭމައްޗަށްދިއުން، މާބަނޑުވުމުން ދިމާވާ އުދަގޫތައް ބޮޑުވުން ހިމެނެއެވެ.
ކެލްސިއަމް ލިބޭ ކާނާގެ ތެރޭގައި، ކިރު، ކިރުގެ ބާވަތްތައް، ކަށްޓާއެކު ހުންނަ ކުދިމަސް، މަދު، ބަދަން، ސަންފްލާވަރ އޮށް، ކޮލި ފްލާވަރު، ބުރޮކޯޅި، އަދި ފެހިކުލަގަދަ ފަތް ހިމެނެއެވެ. މިތަކެތީގެ ތެރެއިން ހަށިގަނޑަށް ކެލްސިއަމް އެންމެ ފަސޭހައިން ނެގެނީ ކިރާއި ކިރުގެ ބާވަތްތަކުންނެވެ. އަދި މެދުމިންވަރެއްގެ ކަސްރަތެއް އާދަކޮށް ކުރާނަމަ ކާނާއިން ކެލްސިއަމް ހަށިގަނޑަށް ނެގޭވަރު އިތުރުވެއެވެ.
ކެލްސިއަމް، މެގްނީޒިއަމް، ކޮޕަރ، އަދި ދަގަނޑު އާއި ޒިންކް ހަށިގަނޑަށް ބޭނުންކުރެވޭގޮތް ހެދުމަށްޓަކައި ގޮހޮރުގެ ތެރޭގައި އެއްމާއްދާ އަނެއް މާއްދާއާއި ވާދަކުރެއެވެ. އެހެންކަމުން މީގެ ތެރެއިން އެކައްޗެއް ހަށިގަނޑުގައި ގިނަވެއްޖެނަމަ އެހެން މާއްދާތައް ހަށިގަނޑަށް ލިބުން މަދުވެދެއެވެ.
ކެލްސިއަމް ގިނަވުމަކީ ވަރަށް މަދުންނޫނީ ދިމާވާ ކަމެއް ނޫނެވެ. މިހެން ވެއްޖެނަމަ ބޮލުގައި ރިހުން އަދި ހޮނޑުލުން މެދުވެރިވާގޮތް ބައެއް ފަހަރު ވެއެވެ.
 
ކެލްސިއަމް އަކީ ދަތްތަކާއި، ކަށިތައް ހެދިބޮޑުވުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަމަމިހެން ނާރުތަކާއި މަސްތަކުގެ ވަޒީފާ ފުރިހަމަކުރުމަށް ވެސް ކެލްސިއަމް އަކީ މުހިއްމު މާއްދާއެކެވެ.މާބަނޑުމީހަކަށް ދުވާލަކު 1200އާއި 800މިލިގްރާމްއާއި ދެމެދުގެ މިންވަރަކަށް ކެލްސިއަމް ބޭނުންވެއެވެ.
ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި، ކިރު އެކުލެވޭ ބާވަތްތައް، ފެހިކަންގަދަ ތަރުކާރީ، ހިކިބީންސް، ބަދަން، ސީޑްސް، އަދި ބައެއް ބާވަތްތަކުގެ މަސް ހިމެނެއެވެ.
 
 
== ރިފަރެންސް ==
* ކާނާގެ ފައިދާ - މިނިސްޓްރީ އޮފް ހެލްތު - ދިވެހިރާއްޖެ - 2003
 
[[Category:ކާނާގެ ބައިތަކާއި ވައްތަރުތައް]]
[[af:Kalsium]]
[[ar:كالسيوم]]
[[ast:Calciu]]
[[bn:ক্যালসিয়াম]]
[[zh-min-nan:Ca (goân-sò͘)]]
[[bs:Kalcijum]]
[[bg:Калций]]
[[ca:Calci]]
[[cs:Vápník]]
[[co:Calciu]]
[[cy:Calsiwm]]
[[da:Calcium]]
[[de:Calcium]]
[[nv:Tsʼin Báʼátʼéhígíí]]
[[et:Kaltsium]]
[[el:Ασβέστιο]]
[[es:Calcio]]
[[eo:Kalcio]]
[[eu:Kaltzio]]
[[fa:کلسیم]]
[[fr:Calcium]]
[[fur:Calci]]
[[ga:Cailciam]]
[[gv:Kelkium]]
[[gl:Calcio]]
[[hak:Koi]]
[[ko:칼슘]]
[[haw:Kalipuna]]
[[hy:Կալցիում]]
[[hi:कैल्शियम]]
[[hr:Kalcij]]
[[io:Kalcio]]
[[id:Kalsium]]
[[is:Kalsín]]
[[it:Calcio (elemento chimico)]]
[[he:סידן]]
[[kn:ಕ್ಯಾಲ್ಶಿಯಮ್]]
[[sw:Kalisi]]
[[ht:Kalsyòm]]
[[ku:Kalsiyûm]]
[[la:Calcium]]
[[lv:Kalcijs]]
[[lb:Kalzium]]
[[lt:Kalcis]]
[[lij:Cäso (metallo)]]
[[jbo:bogjinme]]
[[hu:Kalcium]]
[[mk:Калциум]]
[[ml:കാല്‍‌സ്യം]]
[[mi:Konupūmā]]
[[mr:कॅल्शियम]]
[[ms:Kalsium]]
[[my:ကယ်လဆီယမ်]]
[[nah:Tenextepoztli]]
[[nl:Calcium]]
[[ja:カルシウム]]
[[no:Kalsium]]
[[nn:Kalsium]]
[[oc:Calci]]
[[uz:Kalsiy]]
[[pa:ਕੈਲਸ਼ੀਅਮ]]
[[nds:Calcium]]
[[pl:Wapń]]
[[pt:Cálcio]]
[[ro:Calciu]]
[[qu:Isku q'illay]]
[[ru:Кальций]]
[[sah:Калсиум]]
[[stq:Calcium]]
[[sq:Kalciumi]]
[[scn:Calciu (mitallu)]]
[[simple:Calcium]]
[[sk:Vápnik]]
[[sl:Projekt:Kalcij]]
[[sr:Калцијум]]
[[sh:Kalcij]]
[[su:Kalsium]]
[[fi:Kalsium]]
[[sv:Kalcium]]
[[tl:Kalsiyo]]
[[ta:கல்சியம்]]
[[te:కాల్షియమ్]]
[[th:แคลเซียม]]
[[tg:Калсий]]
[[tr:Kalsiyum]]
[[uk:Кальцій]]
[[ug:كالتىسىي]]
[[vi:Canxi]]
[[yo:Calcium]]
[[zh-yue:鈣]]
[[zh:钙]]