Difference between revisions of "އިއްދައިން ކެނޑުން"

 
== އިއްދައިން ކެނޑުމުގެ އުދަގޫތަކުން ރައްކާތެރިވުން ==
 
* އިއްދައިން ކެނޑުމަށްފަހު ކުރިމަތިވާ އުދަގޫތައް ނުވަތަ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދީ އެއީ ތަބީޢީ ކަމެއްކަން ވިސްނައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ ކޮންމެ އަންހެނަކަށްވެސް ކުރިމަތިވާ ދުވަސްވަރެއްކަން އަންގައިދީ ވިސްނައިދެވިދާނެ އެވެ. އިއްދައިން ކެނޑުމަކީ އަންހެންވަންތަކަން ގެއްލިގެން ދިއުން ނޫންކަން އަމިއްލައަށް ވެސް ގަބޫލުކުރަންވާނެއެވެ. ގިނަ ފަހަރު މިގޮތަށް ބުނެކިޔައިދިނުން ފަރުވާއަކަށް ފުދެއެވެ.
* އިއްދައިން ކެނޑުމަށްފަހު ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރަން ސަމާލުކަން ދޭންވާނެއެވެ. ޚާއްޞަކޮށް ވިޓަމިން ޑީ ހިމެނޭ ކާނާގެ ބާވަތްތައް ގިނަކުރަން ވާނެއެވެ. ކަޅުސައި، ކޮފީ، ކޯލާ ފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ނާރުތަކުގެ ނިޒާމް ހީވާގިވެ، ނިދިނައުން އަދި ހިތްހަމަނުޖެހުން ފަދަ ކަންތައްތައް ކުރިމަތިވާތީ އެވެ.
* ކޮންމެވެސް ކުޅިވަރެއް ކުޅެން ނުވަތަ ލުއި ކަސްރަތެއް ކުރަން އާދަކުރާށެވެ. ކޮންމެ ދުވަހަކުވެސް ހިގާލުމަކީ ފައިދާހުރި ކަސްރަތެކެވެ. އެކަމުގެ ސަބަބުން ހީވާގިވެ، ކާހިތްވެ، ފަސޭހައިން ނިދޭގޮތް ވެއެވެ.
* ހޫނު އެރުން ކުޑަކުރުމަށްޓަކައި ނިދާކޮޓަރި ފިނިކޮށްފައި ބެހެއްޓުން، ގަޔަށްދޫ ހެދުންލުން، އަދި ހޫނުއަރަން ފެށުމުން ފިނިބުއިންތައް ބޭނުން ކުރެވިދާނެއެވެ.
* ބައެއް ކަހަލަ އުދަގޫތަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަންޖެހެއެވެ. މިގޮތުން ބައެއް ފަހަރު [[އެސްޓްރަޖަން]] ހޯރމޯންގެ ފަރުވާ ދެވެއެވެ. މިކަމުގެ ސަބަބުން، ހޫނުއެރުން، އަންހެނާގެ ޖިންސީގުނަވަނުގައި ހިރުވައި ކެހުން، އަދި ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް ކުޑަކޮށްދޭ ކަމުގައި ބުނެވެއެވެ.
 
 
 
9,692

edits