ހާރޓް އެޓޭކް ޖެހުން: Difference between revisions

Content deleted Content added
ފޮޅުވަތް 13:
ފިރިހެނުންނާއި ޒުވާނުންނާއި އަޅާބަލާއިރު، އުމުރުން ދުވަސްވީ މުސްކުޅިންނާއި އަންހެނުންނަށް ހާރޓް އެޓޭކް ޖެހުމުން ފެންނަ އުދަގޫތައް ތަންކޮޅެއް ތަފާތެވެ. ނުވަތަ ހާރޓް އެޓޭކް ޖެހުމާއި ގުޅިގެން ފެންނަ ހަގީގީ ސިފަތައް މުޅިން ނުފެނި ( އަންހެނުންނާއި ދުވަސްވީ މީހުންގެ ކިބައިން ) މުޅިން ނުފެނި ހިގައިދާނެއެވެ. ހާރޓް އެޓޭކް ޖެހުމުން އަންހެނުންގެ ކިބައިން ފެންނަ އެންމެ އާންމު ޢަލާމާތްތަކަކީ [[ނޭވާ ކުރުވުން]]، ވަރުބަލިވުން، އަދި ވަރުދެރަވުން އެވެ. ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހާރޓް އެޓޭކް ޖެހުމުގެ މަސް ދުވަސްކުރިން، ނޭވާ ކުރުވުން، ވަރުބަލިވުން، އަދި ނިދިނައުން ފަދަ އުދަގޫތައް އަންހެނުންނަށް ތަހައްމަލު ކުރަންޖެހެއެވެ.
ހާރޓް އެޓޭކް ޖެހޭ މީހުންގެ ތެރެއިން ½ މީހުންނަށް ހިތުގެ ބައެއް މަރުވެ ހަލާކުވުމުގެ ކުރިން އޭގެ ނުރައްކާތެރި ނިޝާންތައް (މޭގައި ރިހުން، މޭތެޅުން، ނޭވާކުރުވުން، ވަރުބަލިވުން ) ފެނިދެއެވެ. ހަމަމިހެން ހާރޓް އެޓޭކް ޖެހޭމީހުންގެ ¼ މީހުންނަށް އެކަން ކުރިމަތިވަނީ ހިމޭން ( އުދަގޫތައް މެދުވެރިވުމެއްނެތި) ކަމެއްގެ ގޮތުގައެވެ. މާނައަކީ އަލާމާތްތައް ފެނުމެއްނެތި ފުރަތަމަވެސް ހާރޓް އެޓޭކް ޖެހުމެވެ. ހާރޓް އެޓޭކް ޖެހުމުގެ ކުރިން އޭގެ އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން އާންމުކޮށް މެދުވެރިވަނީ އުމުރުން ދުވަސްވީ މީހުންނާއި، [[ހަކުރު ބަލި]]ގެ މީހުން، އަދި [[ހިތް ބަދަލުކުރުން]] ފަދަ އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނަށެވެ. ހިތް ބަދަލުކޮށްފައި ތިބޭމީހުންނަށް މިގޮތަށް ( އުދަގޫތައް ފެނުމެއްނެތި ހާރޓް އެޓޭކްޖެހުން) ދިމާވަނީ ހަދިޔާ ކުރެވުނު [[ހިތް]] ގެ [[ފަތިނާރު]] ތައް [[ހިތް]] އިންދުނު މީހާގެ ހަށިގަނޑާއި ގުޅިފައިނުވާތީ އެވެ.
 
 
== ސަބަބު އަދި ފުރުޞަތު އިތުރުކުރާ ކަންތައްތައް ==
 
===ފުރުޞަތު އިތުރުކުރާ ކަންތައްތައް ===
* [[ހަކުރު ބަލި]] ޖެހުން
* ދުންފަތުގެ އިސްތިޢުމާލުކުރުން
* [[ލޭގައި ކޮލެސްޓްރޯލް ގިނަވުން]] : ޚާއްޞަކޮށް ލޭގައި ލިޕޯޕްރޮޓީން ގިނަވުން
* [[ލޭމައްޗަށްދިއުން]]
* އާއިލާގައި [[ހިތުގެ ބަލި]] ޖެހިފައިވާ މީހުން ތިބުން
* [[ފަލަ ބަލި]] ޖެހިފައިވުން
* އުމުރު: ފިރިހެނުންނަށް އާންމުކޮށް ހާރޓް އެޓޭކް ޖެހޭކަން ފާހަގަކުރެވިފައިވަނީ އުމުރުން 45 އަހަރުވުމަށް ފަހުގައެވެ. އަންހެނުންނަށް މިއުމުރު އުޅެނީ 55 އަަހަރުން މަތީގައެވެ.
* ލޭގައި ހޯމޯސިސްޓެއިން ގިނަވުން
* ހާސްވެކަންބޮޑުވުން ނުވަތަ ފިއްތުން ([[ސްޓްރެސް]]) ތަކުގެ ތެރޭގައި އުޅެންޖެހުން
* ބަނގުއާވި ބޭނުންކުރުން
* ޖިންސް: އަންހެނުންނަށްވުރެ ފިރިހެނުންނަށް ހާރޓް އެޓޭކް ޖެހުން އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
 
 
[[Category:ބަލިތައް]]