ހާރޓް އެޓޭކް ޖެހުން: Difference between revisions

Content deleted Content added
ފޮޅުވަތް 8:
== އަލާމާތްތަކާއި ނިޝާންތައް ==
ހާރޓް އެޓޭކް ޖެހުމުގެ އުދަގޫތައް ޢާންމުކޮށް ފެށިގެން އަންނަނީ މަޑުމަޑުން އިތުރުވަމުން އަންނަ އުދަގޫތަކެއްގެ ސިފައިގައެވެ. މަދުން ނަމަވެސް ކުއްލިއަކަށް ނުވަތަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އުދަގޫތައް ކުރިމަތިވެ ނުރައްކާތެރި ދަރަޖައަކަށް މީހާގެ ޙާލަތު ގެންދެއެވެ. ހާރޓް އެޓޭކް ޖެހުމުން ފެންނަ އެންމެ އާންމު އެއް ޝަކުވާ އަކީ [[މޭގައި ރިހުން]] އެވެ. މިގޮތުން އުފެދޭ މޭގައި ރިހުމަކީ މެޔަށް އޮއްބައި، ވާންވެ، ފިއްތައި، ބާރުވާ ކަހަލަ ގޮތަކަށް ހުންނަ ތަދެކެވެ. ހިތުގެ މަސްތަކަށް އެކަށޭނަ ވަރަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ނުދެވުމުން ކުރިމަތިވާ ނުރައްކާތެރި މޭގައި ރިހުމަށް ކިޔަނީ '''އެންޖައިނާ ޕެކްޓޮރިސް''' އެވެ.
ހާަރޓް އެޓޭކް އާއި ގުޅިގެން އުފެދޭ [[މޭގައި ރިހުން]] ޢާންމު ގޮެތެއްގައި ވާތު [[މުލައްދަނޑި]] އަށް ދަތުރުކުރެއެވެ. ނަމަވެސް ބައެއް ފަހަރު މިރިހުން ނުވަތަ ތަދު ދަތްދޮޅި، ކަރުދަށް، ކަނާތު މުލައްދަނޑި، ބުރަކަށި، އަދި މޭދަށަށް ފޯރުމަކީ ވެދާނެ ގޮތެކެވެ. މޭދަށަށް ތަދު ވާޞިލްވެއްޖެނަމަ [[މޭއެންދުންމޭ އެންދުން]] އިހްސާސް ކުރެވޭނެ އެވެ.
ހިތަށް ލިބޭ ގެއްލުމުގެ ސަބަބުން [[ވާތު ވެންޓްރިކަލް]] އިން ލޭ ޕަމްޕްކުރުން ވަކި ހައްދެއްގައި ހިފެހެއްޓިއްޖެނަމަ (އެކަށޭނަ ވަރަށް ލޭޕަމްޕުނުކުރާނަމަ ނުވަތަ ހިތުން ބޭރަށް ލޭފޮނުވައި ނުދޭނަމަ) [[ނޭވާ ކުރުވުން]] ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ވާތު ވެންޓްރިކަލް ގެ މަސައްކަތް ފޭލްވެ، [[ފުއްޕާމޭ]] ގައި ދިޔާތަކެތި ޖަމާވެ [[ފުއްޕާމޭ ފޮއްސިވުން]] ކުރިމަތި ވެއެވެ.
ހާރޓް އެޓޭކް ޖެހުމުން ކުރިމަތިވާ އެހެން އުދަގޫތަކުގެ ތެރޭގައި މާގިނައިން ދާހިއްލުން، ވަރުބަލިވުން، ވަރުދެރަވުން، ބޯއެނބުރުން، މޭނުބައިކުރުން، [[ހޮނޑުލުން]]، އަދި ހިތުގެވިންދު އަވަސްވުން ނުވަތަ މޭތެޅުން ފަދަ އުދަގޫތައް ހިމެނެއެވެ. މިއުދަގޫތައް ކުރިމަތިވަނީ [[ސިމްޕަތެޓިކް ނާރވަސް ސިސްޓަމް]] އިން ގިނަ އަދަދަކަށް ''ކެޓިކޮލަމީން'' ދޫކުރުމުންނެވެ. މިގޮތަށް [[ސިމްޕަތެޓިކް ނާރވަސް ސިސްޓަމް]] އިން ކެޓިކޮލަމީން ދޫކުރަނީ [[މޭގައި ރިހުން]] އަދި ހިތުގެ މަސައްކަތަށް އަންނަ ބުރޫއެރުމުގެ ސަބަބުންނެވެ. އާޚިރު ނަތީޖާއެއްގެ ގޮތުން ހޭނެތުން ( [[ސިކުނޑި]]އަށް އެކަށޭނަ ވަރަށް [[ލޭ]] އަދި [[އޮކްސިޖަން]] ފޯރުކޮށް ްނުދެވުމުން ) އަދި ކުއްލިއަކަށް މަރުވުން ( އެންމެ އާންމު ސަބަބަކީ '''ވެންޓްރިކިޔުލަރ ފިބްރިލޭޝަން''' ކިޔާ ހިތަށް މެދުވެރިވާ ޙާލަތެއް މެދުވެރިވުން ) ފަދަ ކަމެއް މެދުވެރިވުމަކީ ހާރޓް އެޓޭކް ޖެހުމާއި ވިދިގެން ވެދާނެ ގޮތެކެވެ.