ހާރޓް އެޓޭކް ޖެހުން: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 1:
ހާޓް އެޓޭކް ޖެހުން({{en|Heart Attacks/myocardial infarction}}) އަކީ ހިތުގެ މަސްތަކަށް ދާއިމީ ސިފައެއްގައި ގެއްލުން ލިބުމެވެ. މެޑިކަލް ޓާރމެއްގެ ގޮތުން ހާޓް އެޓޭކް ޖެހުމަށް ބޭނުންކުރެވެނީ މަޔޯކާޑިއަލް އިންފަރކްޝަން އެވެ. ހާރޓް އެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ހާރޓް އެޓޭކް ޖެހެން މެދުވެރިވަނީ ހިތުގެ ބަޔަކަށް ލޭފޯރުކޮށްދިނުމުގައި ހުރަސް ތަކާއި ކުރިމަތިވެ، އެހިސާބަށް ލޭ ފޯރުކޮށްނުދިނުމުގެ ސަބަބުން އެހިސާބުގެ ސެލްތައް މަރުވެ ހަލާކުވުމުންނެވެ. އާންމު ގޮތެއްގައި މިހެން ދިމަވަނީ ހިތަށް ލޭފޯރުކޮށްދޭ މައިލޭހޮޅިއެއް ކަމުގައިވާ '''ކޮރޯނަރީ އާޓަރީ''' ބެދި، އެލޭހޮޅީގެ ތެރޭގައި(ލޭހޮޅީގެ ފާރުގައި) ސަރުބީ ( [[ކޮލެސްޓްރޯލް]] ) އަދި [[ލޭގެ ހުދު ސެލް]] ([[މެކްރަފޭޖް]]) ޖަމާވެގެން އުފެދިފައިވާ ކޮބަޑިގަނޑު ފަޅައިގެން ދިއުމުންނެވެ. ނަތީޖާއެއްގެ ގޮތުން އެހިސާބަށް ލޭ އަދި އޮކްސިޖަން ފޯރުކޮށް ދިނުމުގައި ހުރަސްތަކާއި ކުރިމަތިވެ، އެހިސާބުގެ ޓިޝޫތައް މަރުވެ ހަލާކުވެގެން ދެއެވެ.
 
 
== މާނަ ==
* '''މަޔޯ''' : މާނައަކީ މަސް ކޮޅު ނުވަތަ މަސްގަނޑު އެވެ.