Content deleted Content added
ފޮޅުވަތް 8:
ޑޮމް ލޯރެންކޯ ޑި އަލްމީޑާ ގެ ވެރިކަމުގައި ދަތުރުކުރަމުން އައި ޕޯޗުގީޒުން އޮޅުދޫކަރައަށް އެރީ 1505 ގައެވެ. އެމީހުންގެ މި ދަތުރުގައި ކޮއްޓޭ ޕަރަކަމަބަހު ގެ ރަސްގެފާނާ އެމީހުނާ ދެމެދު، އެކަރައިގެ އައްސޭރީގައި ހެދޭ ފޮނިތޮށީގެ ވިޔަފާރި ކުރުމާމެދު އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގައި ވާގޮތުން، އައްސޭރި ސަރަހައްދު ދުޝްމަނުންގެ ކިބައިން ހިމާޔަތްކޮށްދިނުމުގެ ބަދަލެއްގެ ގޮތުން ޕޯޗްގީޒުންނަށް އެތަނުގެ އައްސޭރިފަށުގެ ހުރިހައި ބާރެއް ލިބިދީފައި ވެއެވެ. އަދި ވިޔަފާރި މަރުކަޒެއް ބިނާކުރުމުގެ ހުއްދަވެސް ލިބިދިނެވެ. އެއަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތާގައި ވަޒަންވެރިވެ ތިބި މުސްލިމް ވިޔަފާރިވެރިން ފައްސާލައި އެތާގައި [[ކޯއްޓޭ]]އެއް ބިނާކުރިއެވެ.
 
އިންޑިޔާގެ އައްސޭރީގައި ޕޯޗްގީޒުން ގާއިމްވެތިބި ސަރަހައްދުގެ ހިމާޔަތަށްޓަކައި އޮޅުދޫކަރަ އަކީ ކޮންމެހެން މުހިއްމު ތަނެއްކަމުގައި ދެނެގައްނާކަށް އެމީހުންނަކަށް ގިނަ ދުވަސްތަކެއް ނުނެގިއެވެ. އެހެންކަމުން އެމީހުން އެދޭ ބާރުތައް ހޯދުމަށްޓަކައި ކޮއްޓޭގެ ރަސްގެފާނު ލަންބުވަން ފެށިއެވެ. މިކަމަށްޓަކައި ރަސްމަތިފުށުގެ ވާދަވެރިން ހައްލައި އެމީހުންގެ ތެރޭ ހައިޖާނު އުފައްދައި، ތަނުގެ ވެރިކަމުގެ ބައެއް ބާރުތައް އަތުލައިގަތެވެ. މި ބާރުތައް ލިބުމުން އިންޑިޔާގެ [[ގޯއާގޯވާ]]ގައި ޕޯޗުގީޒުން ތިބި ތިބުން ކޮޅުބަށް ބަދަލުކުރަން ފެށުނެވެ. މިކަމާ ކޮޅުނބުގެ ރަސްކަލުން ތަކުރާރުކޮށް ދެކޮޅުހެއްދެވި ނަމަވެސް 1593 ވަނަ އަހަރު މުޅި އައްސޭރި ސަރަހައްދު އެކީގައި ޕޯޗުގީޒުންގެ ބާރުގެ ދަށަށް ގެނެސް ކޮޅުނބަކީ އެމީހުންގެ ވެރިރަށް ކަމުގައި ހަމަޖެއްސިއެވެ.
 
===ޑަޗް ދުވަސްވަރު===