ރަން ދޮރާށި ފާލަން: Difference between revisions

Content deleted Content added
m ރޮބޮޓ އިތުރު ކުރުނ: is:Golden Gate-brúin
m ރޮބޮޓ އިތުރު ކުރުނ: sw:Golden Gate Bridge; cosmetic changes
ފޮޅުވަތް 1:
ރަން ދޮރާށި ފާލަމަކީ އެމެރިކާގެ ސެންފްރެންސިސްކޯ އަދި މެރިން ކައުންޓީ ގުޅުވުމަށް ލެވިފައިވާ ފާލަމެކެވެ. މިއީ 20 ވަނަ ގަރުނުގެ އިމާރާތް ކުރުމުގެ ފަންނުގައި ހޯދާފައިވާ ޢަޖައިބެއް ފަދަ ކުރިއެރުމެކެވެ. މިފާލަން ބިނާކުރެވުނީ ދުނިޔެއަށް މަޝްހޫރު ބޮޑު ތަދު ކުރިމަތިވި ދުވަސްވަރު އެވެ. އަހަރު ތަކެއް ވަންދެން ދުނިޔޭގައިވާ އެންމެ ދިގު ''އެލުވާލެވިފައިވާ'' ފާލަން ނުވަތަ ''ސަސްޕެންޝަން ބްރިޖް''ގެ ގޮތުގައި މިފާލަން ވަނީ ފާހަގަ ކުރެވިފައެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި 1964 ވަނަ އަހަރު ވެރަޒޯނާ ނެރޯވްސް ފާލަން ބިނާކުރުމަށްފަހު މިފާލަން މިހާރު ބެލެވެނީ ދުނިޔޭގައި އޮތް ދެވަނައަށް އެންމެ ދިގު އެލުވާލެވިފައިވާ ފާލަންގެ ގޮތުގައެވެ.
 
[[Imageފައިލް:Ggb by night.jpg|thumb|left|200px|ރަން ދޮރާށި ފާލަން.]]
 
ފާލަން ބިނާކުރުމުގެ މަސައްކަތް ފެށިފައިވަނީ 1928 ވަނަ އަހަރު އެވެ. ނަމަވެސް ޢަމަލީ ސިފައެއްގައި މަސައްކަތް ފެށިފައިވަނީ 5 ޖެނުއަރީ 1933 ގައެވެ. 1937 ގައި ފާލަން ބިނާކޮށް ނިމުމުގެ ކުރިން އެތަން ނުހެދޭނެ ކަމަށްބުނެ ވާހަކަތައް ފެތުރިގެން ދިޔައެވެ. އެއީ ދުންފިނީގެ ސަބަބުން ޖައްވު ނުސާފުވުމާއި، ގަޑިއަކު 60 މޭލުގެ ބާރުމިނުގައި މޫސުން ގޯސްވުމުގެ ސަބަބުން ވައިޖެހުމުންނާއި، ކަނޑުގެ ރާޅުބާނި ގަދަވެ، ފާލަން ހެދުމުގެ މަސައްކަތަށް ހުރަސްތަކާއި ކުރިމަތި ވުމުންނެވެ. އެހެން ކަމުން މިފާލަން ވަނީ ''ނުހެދޭނެ ފާލަން''ގެ ގޮތުގައި މަޝްހޫރު ވެފައެވެ.
ފޮޅުވަތް 7:
ފާލަން ހަދައި ނިންމުމަށް 4 އަހަރާއި ދުވަސްކޮޅެއް ވެފައި ވެއެވެ. މުޅި ފާލަން ހެދުމުގެ މަސައްކަތަށް 35 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައި ވެއެވެ. ފާލަންގެ ދިގުމިނުގައި 1.2 މޭލު ހުރެއެވެ. ފާލަން ހެދުމުގެ މަސައްކަތުގެ ތެރޭގައި 11 މީހަކު މިދުނިޔެ ދޫކޮށް ގޮސްފައި ވެއެވެ. މިފާލަން ފަރުމާކޮށްފައިވަނީ ޖޯސެފް ސްޓްރައުސް އެވެ.
 
ގަޑިއަކު 100 މޭލު ބާރު މިނުގައި ވައިޖެހޭނަމަ ފާލަން ކޮންޓްރޯލް ކުރުމަށް އޭގެ ޒާތުގައި 27 ފޫޓް ދުރަށް ހަރަކާތް ކުރެއެވެ. ނުވަތަ ހެއްލިގެން ދެއެވެ. ފާލަމުގެ ރަސްމީ ކުލައެއްގެ ގޮތުގައި ހޮވިފައިވަނީ އިންޓަނޭޝަނަލް އޮރެންޖް އެވެ. ފާލަމުގެ ދެފަޅީގައިވާ ކޭބަލްގައި 80 ހާސް މޭލުގެ ސްޓީލް ނަރު އެކުލެވިގެން ވެއެވެ. ފާލަން ހުޅުވުމަށް ފަހު މިހާތަނަށް ވައިގަދަވެގެން ފާލަން ބަންދު ކޮށްފައިވަނީ 3 ފަހަރު އެވެ. އެއީ 1951،1981،އަދި 1983 ގައެވެ.
 
ފާލަން ބިނާކޮށް ނިމުނު ދުވަސް ވެފައިވަނީ ސެންފްރެންސިސްކޯގެ ތާރީޚުގައި ކާމިޔާބު ދުވަހަކަށެވެ. އެއީ 27 މެއި 1937 އެކެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި 200 ހާސް މީހުން ފާލަން ހުރަސްކޮށް ހިގާފައި ވެއެވެ. ދުއްވާތަކެތި ފާލަން ހުރަސްކޮށް ދުއްވަން ފެށީ އޭގެ 1 ދުވަސް ފަހުންނެވެ.
ފޮޅުވަތް 16:
 
 
== އިތުރު ފާލަންތައް ==
{{Commons|Golden Gate Bridge}}
*[http://www.goldengate.org/ ރަން ދޮރާށި ފާލަން] ރަސްމީ ވެބްސައިޓް
ފޮޅުވަތް 25:
 
 
[[categoryޤިސްމު:ދުނިޔޭގެ އަޖައިބުތައް]]
 
{{Link FA|fr}}
ފޮޅުވަތް 71:
[[sr:Голден гејт]]
[[sv:Golden Gate-bron]]
[[sw:Golden Gate Bridge]]
[[ta:கோல்டன் கேற் பாலம்]]
[[th:สะพานโกลเดนเกต]]