Content deleted Content added
No edit summary
ފޮޅުވަތް 45:
* ކުޑަކުއްޖާ ބަލިވުމުގެ ސަބަބުން ނުކެވި، އަދި ހޮސްޕިޓަލްގައި އެދުމަތިކޮށް ދިގުމުއްދަތަކަށް ފަރުވާ ކުރުމަކީ ވެސް ބަނޑުހަރުވުމަށް މެދުވެރިވާ ސަބަބެކެވެ.
* ކުޑަކުއްޖާގެ ހަށިގަނޑުގައި ހުންނަ ބައްޔެއްގެ ސަބަބުން ވެސް ބަނޑު ހަރުވެއެވެ. މިގޮތުން ފާޙަގަކޮށްލެވޭ ޙާލަތްތަކުގެ ތެރޭގައި:-
** ތައިރޮއިޑް ގްލޭންޑް އިން އުފައްދާ ހޯރމޯން ލޭގެ ތެރޭގައި ހުންނަން ޖެހޭ މިންވަރަށްވުރެ މަދުވުން({{en|Hypothyroidism}}) އިންވެސް ކުޑަކުދިންނަށް ބަނޑުހަރުވުން މެދުވެރި ކުރުވައެވެ.
** ހަކުރު ބަލި ހުންނަ ކުދިންނަށް ބަނޑުހަރުވުމަކީ ޢާންމު ކަމެކެވެ.
** ސެރެބްރަލް ޕަލްސީ ފަދަ ސިކުނޑީގެ ބަލިތަކާއި، ސްޕައިނަލް ކޯޑްގެ ބަލިތައް ޖެހިފައިވާ ކުދިންނަށް ބަނޑުހަރުވުމަކީ އާންމު މައްސަލަ އެކެވެ.
** ހަށިގަނޑުގައި ހިމެނޭ ކެލްސިއަމް އަދި ޕޮޓޭސިއަމްގެ މިންވަރު މަދުވާނަމަވެސް ބަނޑު ހަރުވެދާނެއެވެ.
** ކުޑަކުއްޖާ ވިހެއީއްސުރެ ބޮޑުކަމުދާން އުދަގޫވެ ބަނޑުހަރުވާނަމަ އެއީ އުފެދުމުގައި ފުރަގަސް ފަރާތު ހޮޅީގައި އެކުލެވެންޖެހޭ އިހްސާސް އުފުލާ ނާރުތަކެއް އުފެދިފައި ނެތުން({{en|Hirs sprung disease}}) ގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. އެފަދަ ޙާލަތެއްގައި އެކަން ޔަގީންކޮށް ފަރުވާކުރުން މުހިއްމެވެ.
* ތަފާތު ބޭސްތައް ދިނުމަކީ ވެސް ކުޑަކުދިންނަށް ބަނޑުހަރުވުން މެދުވެރިވާ ކަމެކެވެ.