Content deleted Content added
ފޮޅުވަތް 40:
* ކުޑަކުދިން ފާޚާނާއަށް ދާން ބިރުގަންނަ ކަހަލަ ކަމެއް ކުރިން ދިމާވެފައިވާނަމަ ބޮޑުކަމުދިއުމުގެ އިހްސާސް ކުރެވުނަސް އެކަން ހިފަހައްޓައި ކޮންޓްރޯލްކުރަން މަސައްކަތްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފުރަގަސް ފަރާތު ހޮޅިން ސިކުނޑިއަށް ފޮނުވާ މިއިހްސާސް ތަކަށް ބީރުކަންފަތެއް ދިނުމަށް ސިކުނޑިއަށް އާދަވެއެވެ. ވުމާއެކު ބޮޑުކަމުދާ އެއްޗެހި ފުރަގަސް ފަރާތު ހޮޅީގެ ތެރޭގައި ހުރެ، އޭގައިވާ ފެނުގެ ބައި މަދުވުމާއެކު ނަޖިސް ހަރުވެ ހިކެން ދިމާވާނެއެވެ. މިހެންވުމުން ކުޑަކުއްޖާއަށް މިތަކެތި ބޭރުކުރުމަކީ މާއުދަގޫ ައަދި ތަދު އިހްސާސް ކުރަންޖެހޭ ކަމަކަށް ވެއެވެ. އޭގެ ސަބަބުން ބޮޑުކަމު ނުގޮސް ހުރުމަށް މާބޮޑަށް މަސައްކަތް ކުރެއެވެ.
* ކާއެއްޗެހި ބަދަލުވުން ނުވަތަ ކާމިންވަރު ބަދަލުވުމަކީ ބޮޑުކަމުދިއުމަށް އަސަރު ކުރާ ކަމެކެވެ. ނަރު ހުންނަ ކާނާގެ ބާވަތްތައް ކެއުމަކީ ބޮޑެތި މީހުންނަށް ބޮޑުކަމުދިއުމަށް ފަސޭހަކޮށްދޭ ކަމަކަށް ވިޔަސް، އެއީ ކުޑަކުދިންގެ ބަނޑު ރަގަޅުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ނުދައްކައެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ ކާނާގެ ހުރިހާ ބައިތަކެއް ހިމެނޭ ހަމަހަމަ ކާނާ އެއް ބޭނުންކުރުމަކީ ބަނޑުހަރުވެ ބޮޑޫކަމުދިއުމުގެ މައްސަލަތައް ދިމާނުވާ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
* ގާތުންކިރުދޭ ކުދިންނަށް ބޮޑުކަމުދިއުމުގައި ދިމާވާ މައްސަލަތައް ފޯމިއުލާ ކިރުދޭކުދިންނާ އަޅާބަލާއިރު މަދުކަމަށް ފާހަގަ ކުރެވެއެވެ. ގާތުންކިރުދޭކުދިން ހަފްތާއަކު 40-5 ފަހަރާއި ދެމެދުގެ އަދަދަކަށް ބޮޑުކަމުދާއިރު، ފޯމިއުލާ ކިރު ދޭކުދިން ބޮޑުކަމުދަނީ ހަފްތާއަކު 28-5 ފަހަރާއި ދެމެދުގެ އަދަދަކަށެވެ. އަދި ފޯމިއުލާ ކިރުގެ ވައްތަރުތައް ބަދަލު ކުރުމުން ވެސް ބައެއް ފަހަރު ތުއްތު ކުދިންނަށް ބަނޑުހަރުވެ މައްސަލަތައް ދިމާވެއެވެ.
* ކުޑަކުދިންނާއި އަދި ޅަކުދިން ގިނައިން ފޮނި ކާތަކެތި ކެއުމުގެ ސަބަބުން ވެސް ބަނޑުހަރުވާ ގޮތް ވެއެވެ.
* ކުޑަކުއްޖާ ބަލިވުމުގެ ސަބަބުން ނުކެވި، އަދި ހޮސްޕިޓަލްގައި އެދުމަތިކޮށް ދިގުމުއްދަތަކަށް ފަރުވާ ކުރުމަކީ ވެސް ބަނޑުހަރުވުމަށް މެދުވެރިވާ ސަބަބެކެވެ.
* ކުޑަކުއްޖާގެ ހަށިގަނޑުގައި ހުންނަ ބައްޔެއްގެ ސަބަބުން ވެސް ބަނޑު ހަރުވެއެވެ. މިގޮތުން ފާޙަގަކޮށްލެވޭ ޙާލަތްތަކުގެ ތެރޭގައި:-
** ތައިރޮއިޑް ގްލޭންޑް އިން އުފައްދާ ހޯރމޯން ލޭގެ ތެރޭގައި ހުންނަން ޖެހޭ މިންވަރަށްވުރެ މަދުވުން އިންވެސް ކުޑަކުދިންނަށް ބަނޑުހަރުވުން މެދުވެރި ކުރުވައެވެ.
** ހަކުރު ބަލި ހުންނަ ކުދިންނަށް ބަނޑުހަރުވުމަކީ ޢާންމު ކަމެކެވެ.
** ސެރެބްރަލް ޕަލްސީ ފަދަ ސިކުނޑީގެ ބަލިތަކާއި، ސްޕައިނަލް ކޯޑްގެ ބަލިތައް ޖެހިފައިވާ ކުދިންނަށް ބަނޑުހަރުވުމަކީ އާންމު މައްސަލަ އެކެވެ.
** ހަށިގަނޑުގައި ހިމެނޭ ކެލްސިއަމް އަދި ޕޮޓޭސިއަމްގެ މިންވަރު މަދުވާނަމަވެސް ބަނޑު ހަރުވެދާނެއެވެ.
** ކުޑަކުއްޖާ ވިހެއީއްސުރެ ބޮޑުކަމުދާން އުދަގޫވެ ބަނޑުހަރުވާނަމަ އެއީ އުފެދުމުގައި ފުރަގަސް ފަރާތު ހޮޅީގައި އެކުލެވެންޖެހޭ އިހްސާސް އުފުލާ ނާރުތަކެއް އުފެދިފައި ނެތުން ގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. އެފަދަ ޙާލަތެއްގައި އެކަން ޔަގީންކޮށް ފަރުވާކުރުން މުހިއްމެވެ.
* ތަފާތު ބޭސްތައް ދިނުމަކީ ވެސް ކުޑަކުދިންނަށް ބަނޑުހަރުވުން މެދުވެރިވާ ކަމެކެވެ.
 
== އުމުރުން ދުވަސްވުމާއި ބަނޑުހިކުން ==