Content deleted Content added
ފޮޅުވަތް 35:
ބަނޑުހަރުވުމަކީ ބޮޑުކަމުދިއުން މަދުވުމާއެކު ބޮޑުކަމުދާ ނަޖިހުގައި އެކުލެވޭ ފެނުގެ ބައި މަދުވެ ހިކިފައި އަދި ހަރުކޮށް ހުރުމެވެ. އެކި ކުދިން ބޮޑު ކަމުދިއުމުގައި ތަފާތު ތަކެއް ހުންނާނެ އެވެ. ކޮންމެ ދުވަހަކު ދެފަހަރު ނުވަތަ 3 ފަހަރު ދާކުދިން ތިބޭއިރު އަނެއްބައި ކުދިން ދެދުވަހުން 1 ދުވަހު ނުވަތަ 3 ދުވަހުން 1 ދުވަހު ވެސް ބޮޑުކަމުދެއެވެ. ނަމަވެސް އެއީ އެކުދިން އާދަކޮށް ބޮޑުކަމުދާގޮތްނަމަ އެއީ ބަނޑުހަރުވުމެކޭ ނުބުނެވޭނެ އެވެ.
 
ކުއްޖާގެ އުމުރުން 3 ނުވަތަ 4 އަހަރު ވަރުވަންދެން ވަކި ތަރުތީބެއް ނުވަތަ ވަކި އާދަތަކެއް ނުހުރެޔޭ ބުނެވިދާނެ އެވެ. ވިހެއީއްސުރެ މިއުމުރާ ޖެހެންދެން އެކި ކުދިންގެ ބޮޑު ކަމުދިއުމަށް ބަދަލުތަކެއް އާދެއެވެ. ކުޑަކުދިން ބަނޑުހަރުވުމަކީ އާންމު ގޮތެއްގައި ހަށިގަނޑުގައި ހުންނަ ބޮޑު ބައްޔަކުން ވާކަމެއް ނޫނެވެ. ނަމަވެސް އެކަން މެދުވެރިކުރުވާ ސަބަބުތައް ވަރަށް ގިނައެވެ.
* އުމުރުން 18 އަހަރުން މަތީގެ ކުދިން ބޮޑުކަމުދިއުމަށް އިށީނުމަށް ދެކޮޅު ހަދަނީ އެއުމުރުގައި ކުޅުމައިގެން އަވަދިނެތި މާބޮޑަށް އުޅެން ހަދައިގެންނެވެ. ކުޅުން ހުއްޓާލުމަށްފަހު ބޮޑުކަމުދިއުމަށް އެމީހުން ނުރުހެއެވެ. ވުމާއެކު މިއީ އެއުމުރުގެ ކުދިން ބޮޑުކަމު ދިއުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
* ސުކޫލަށް ދާކުދިން ބަނޑުހަރުވުމަށް ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ސުކޫލްގެ ފާޚާނާ އަށް ބޮޑުކަމުދާން ބޭނުން ނުވުން ހިމެނެއެވެ. ސަބަބަކީ ސުކޫލްގެ ފާޚާނާގެ ސާފުތާހިރުކަމާމެދު ޝައްކުވުމާއި، އަދި އަމިއްލަވަންތަކަން އިހްސާސް ނުކުރެވޭތީ އެވެ.
* ކުޑަކުދިން ފާޚާނާއަށް ދާން ބިރުގަންނަ ކަހަލަ ކަމެއް ކުރިން ދިމާވެފައިވާނަމަ ބޮޑުކަމުދިއުމުގެ އިހްސާސް ކުރެވުނަސް އެކަން ހިފަހައްޓައި ކޮންޓްރޯލްކުރަން މަސައްކަތްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފުރަގަސް ފަރާތު ހޮޅިން ސިކުނޑިއަށް ފޮނުވާ މިއިހްސާސް ތަކަށް ބީރުކަންފަތެއް ދިނުމަށް ސިކުނޑިއަށް އާދަވެއެވެ. ވުމާއެކު ބޮޑުކަމުދާ އެއްޗެހި ފުރަގަސް ފަރާތު ހޮޅީގެ ތެރޭގައި ހުރެ، އޭގައިވާ ފެނުގެ ބައި މަދުވުމާއެކު ނަޖިސް ހަރުވެ ހިކެން ދިމާވާނެއެވެ. މިހެންވުމުން ކުޑަކުއްޖާއަށް މިތަކެތި ބޭރުކުރުމަކީ މާއުދަގޫ ައަދި ތަދު އިހްސާސް ކުރަންޖެހޭ ކަމަކަށް ވެއެވެ. އޭގެ ސަބަބުން ބޮޑުކަމު ނުގޮސް ހުރުމަށް މާބޮޑަށް މަސައްކަތް ކުރެއެވެ.
* ކާއެއްޗެހި ބަދަލުވުން ނުވަތަ ކާމިންވަރު ބަދަލުވުމަކީ ބޮޑުކަމުދިއުމަށް އަސަރު ކުރާ ކަމެކެވެ. ނަރު ހުންނަ ކާނާގެ ބާވަތްތައް ކެއުމަކީ ބޮޑެތި މީހުންނަށް ބޮޑުކަމުދިއުމަށް ފަސޭހަކޮށްދޭ ކަމަކަށް ވިޔަސް، އެއީ ކުޑަކުދިންގެ ބަނޑު ރަގަޅުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ނުދައްކައެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ ކާނާގެ ހުރިހާ ބައިތަކެއް ހިމެނޭ ހަމަހަމަ ކާނާ އެއް ބޭނުންކުރުމަކީ ބަނޑުހަރުވެ ބޮޑޫކަމުދިއުމުގެ މައްސަލަތައް ދިމާނުވާ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
* ގާތުންކިރުދޭ ކުދިންނަށް ބޮޑުކަމުދިއުމުގައި ދިމާވާ މައްސަލަތައް ފޯމިއުލާ ކިރުދޭކުދިންނާ އަޅާބަލާއިރު މަދުކަމަށް ފާހަގަ ކުރެވެއެވެ. ގާތުންކިރުދޭކުދިން ހަފްތާއަކު
 
== އުމުރުން ދުވަސްވުމާއި ބަނޑުހިކުން ==