Content deleted Content added
ފޮޅުވަތް 12:
===ހޮޅިންގެ ދުވަސްވަރު===
1638 ގައި ހޮޅިންނާއި ކޭންޑީގެ ރަސްގެފާނު ރާޖަސިންހަ 2 އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. މި އެއްބަސްވުމުގައި ބަޔަންވެގެންވާގޮތުން ކޭންޑީގެ ރަސްގެފާނު ޕޯޗުގީޒުންނާ ކުރާ ހަމަގުރާމައިގައި ހޮޅިން އެހިތެރިވާން ވާނެއެވެ. އަދި މީގެ ބަދަލެއްގެ ގޮތުން އެތާގެ މައިގަނޑު ވިޔަފާރި ހޮޅިންގެ އައްމައްޗަށް ދޫކޮށްލެވޭނެއެވެ. ކޭންޑީ ރައްޔިތުންނާއި ހޮޅިންގެ ކުރިމަތިލުމަށް ޕޯޗުގީޒުން ގަދަދެއްކި ނަމަވެސް އެންމެ ފަހުން ޕޯޗުގީޒުން ބަލިވެ ފަހަތަށް ޖެހެން ޖެހުނެވެ. ހޮޅިންގެ ވަރުގަދަ ހަމަލާއަކަށް ފަހު ކޮޅުނބު އަތުލީ 1656 ގައެވެ.
 
ހޮޅިންގެ އަތްދަށުލީ ސަރަހައްދުތައް ފުރަތަމަ އެތާގެ ސިންގަޅަ ރަސްގެފާނަށް އަނބުރާ ހަވާލުކުރި ނަމަވެސް ފަހުން އެ ތަންތަން ހަވާލުކުރަން ހޮޅިން ދެކޮޅު ހެދިއެވެ.
 
===އިނގިރޭސީންގެ ދުވަސްވަރު===