ސިކުނޑި ދުޅަވުން: Difference between revisions

Content deleted Content added
Created page with 'ސިކުނޑި ދުޅަވުން({{en|Encephalitis}}) އަކީ ސިކުނޑީގެ ޓިޝޫ ދުޅަވެ ފުއްޕުމެވެ. އާންމު ގޮތެއްގައި ސިކުނޑި ދު…'
 
No edit summary
ފޮޅުވަތް 1:
ސިކުނޑި ދުޅަވުން({{en|Encephalitis}}) އަކީ ސިކުނޑީގެ ޓިޝޫ ދުޅަވެ ފުއްޕުމެވެ. އާންމު ގޮތެއްގައި [[ސިކުނޑި]] ދުޅަވުން ކުރިމަތިވާއިރު އެއާއެކު، [[ސްޕައިނަލް ކޯޑް]] ދުޅަވުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. މާނައަކީ ސިކުނޑިއާއި، ސްޕައިނަލް ކޯޑް ދުޅަވުން އެވެ. ހަމަމިހެން ބައެއް ފަހަރު [[ސިކުނޑި]] ދުޅަވުން ކުރިމަތިވާއިރު އެއާއެކު، [[ސިކުނޑީގެ ދުލިފަށް ދުޅަވުން]] ކުރިމަތިވެއެވެ. މާނައަކީ ސިކުނޑިއާއި، ސިކުނޑީގެ ދުލިފަށް ދުޅަވުން އެވެ.
 
ސިކުނޑި ދުޅަވުން ކުރިމަތިވަނީ ބައެއް ކަހަލަ ޖަރާސީމް ތަކާއި، އަދި އެހެނިހެން ބައެއް މާއްދާތަކުގެ ސަބަބުންނެވެ. އެހެނިހެން ބައެއް މާއްދާތަކުގެ ތެރޭގައި ހިމެނެނީ، ތިމަރަ، ދިރޭރަހަ، އާރސެނިކް ފަދަ މާއްދާ ތަކެވެ. ސިކުނޑި ދުޅަވުން ކުރިމަތި ކުރުވާ ޖަރާސީމް ތަކުގެ ތެރޭގައި، ބައެއް ކަހަލަ [[ބެކްޓީރިޔާ]]، [[ވައިރަސް]]، [[ޕަރަސައިޓް]]، ފަދަ ޖަރާސީމްތައް ހިމެނެއެވެ.