Content deleted Content added
No edit summary
ފޮޅުވަތް 1:
ބަނޑުހިކުން ނުވަތަ ބަނޑުހަރުވުން ({{en|Constipation}}) މާނަކުރަނީ އެކިމީހުން އެކިގޮތަށެވެ. ގިނަބަޔަކު ދެކޭ ގޮތުގައި ބަނޑުހަރުވުމަކީ ކޮންމެދުވަހަކު ބޮޑުކަމުފާހާނާކުރަން ނުޖެހުމެވެ. އަނެއްބަޔަކު ދެކޭގޮތުގައި ބަނޑުހަރުވުމަކީ ބޮޑުކަމުނަޖިސް ހަރުކޮންހުރުން، އުނދަގުލުން ބޮޑުކަމުދާންޖެހުން ނުވަތަ ބޮޑުކަމުފާހާނާ ކޮށްނިމުމަށްފަހު އެއްކޮންހުސްނުވެހުރުމެވެ.ތަފާތު ގޮތްގޮތަށް ބަނޑުހަރުވުން މާނަ ކުރެވެނީ ބަނޑުހަރުވާން މެދުވެރިވާ ސަބަބު ތަފާތުވީމާކަމަށްބެލެވިދާނެއެވެ. ހަމައެފަދައިން ބަނޑުހިކުމުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ތަފާތެވެ. ބަނޑުހަރުވާން ދިމާވާ ގޮތަކީ ގިނައިރު ނުވަތަ އިތުރު އެހެން ސަބަބަކާހުރެ ބޮޑުކަމުނުގޮސްހުރުމުން ބޮޑުކަމުނަޖިސް ފުރަގަސްފަރާތު ގޮހޮރުގައި ޖަމާވެ ނަޖިހުގެތަތްކަން ބޮޑުވުމަށްފަހު ނުވަތަ ހަރުވުމަށްފަހު ބޮޑުކަމުފާހާނާކުރާވަގުތުގައި ނަޖިސް ބޭރުނުކޮށްދިނުމެވެ.
== ބަނޑު ހިކުމަކީ ކޮބާ؟ ==
 
ބަނޑުހިކުން މިބަސް ބުނެވެނީ އާންމުކޮށް ދެވޭ ވަރަށްވުރެ މަދުން ބޮޑުކަމުދެވުން، ނުވަތަ ބޮޑު ކަމުދާ ތަކެތި ހަރުކޮށް ހުރުމުގެ ސަބަބުން ބޮޑުކަމުދާން އުދަގޫވެ، ދެވޭ މިންވަރު މަދުވުމަށް ނިސްބަތްކޮށެވެ. ދެދުވަހުން 1 ފަހަރު ނަމަވެސް އެއްވެސް އުދަގުލެއްނެތި ފަސޭހަ ކަމާއެކު ބޮޑުކަމުދެވޭނަމަ އެއީ ބަނޑުހިކުން ކަމުގައި ނުބެލެވޭނެއެވެ.
 
އުމުރުންދުވަސްވާރަކުން ގޮހޮރުގެ ހަރަކާތްތައް %95 މީހުންގެ މަދުވެ ބޮޑުކަމުފާހާނާކުރަން ޖެހެނީ ހަފްތާއަކު ތިންފަހަރު ނުވަތަ ދެފަހަރުއެވެ. އާދައިގެ މަތިން ބޮޑުކަމުފާހާނާކޮށް އުޅެނީ ރެއާދުވާލު އެއްފަހަރު އެވެ. އަދި %50 އަށްވުރެވެސް މަދުބަޔަކަށް އެއްދުވަހު ދެފަހަރު ބޮޑުކަމުފާހާނާ ކުރެވިއްޖެއްޔާ ޖެހިގެން އަންނަދުވަހު ހަމަ އެއަދަދަށް ފާހާނާކޮށްލުމަކީ ދަތިކަމެކެވެ.
 
ޑޮކްޓަރީގޮތުން، ބަނޑުހަރުވެފައިވާކަމަށް ނިންމަނީ ހަފްތާއަކު މަދުވެގެން ތިންފަހަރު ބޮޑުކަމުނުދެވޭނަމައެވެ. ވަރަށްބޮޑަށް ކޮންސްޓިޕޭޓް ވުމަކީ ހަފްތާއަކު އެއްފަހަރު ބޮޑުކަމުދާންޖެހުމެވެ. ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ބޮޑުކަމުނުގޮސް ހުރުމުން އެމީހަކަށް މާބޮޑުއުނދަގޫތަކެއް ނުކޮށްފާނެއެވެ. އެހެންނަމަވެސް ނަފްސާނީގޮތުން ކޮންމެވެސްވަރެއްގެ ބަދަލެއްއައުމަކީ ވަރަށްއެކަށީގެންވާ ކަމެކެވެ.
 
ކުއްލިއަކަށް ބަނޑުހަރުވުމުން ނުވަތަ ބަނޑުހަރުވާން ފެށިތާ ގިނަދުވަސް ތަކެއް ނުވާނަމަ ވީހާވެސް އަވަހަކަށް ބަނޑުހަރުވާން މެދުވެރި ސަބަބު ހޯދަންވާނެއެވެ. އެއީ ބޮޑުގޮހޮރުގައި ޓިއުމަރެއްފަދަ އެއްޗެއްއުފެދުމުގެ ސަބަބުން ބަނޑު ހަރުވުމުގެ ފުރުސަތުބޮޑުވީމައެވެ.އަދި ބަނޑުހަރުވުމާއި ވިދިގެން ފުރަގަސްފަރާތުން ލޭ އައިސް ބަނޑުގައި ރިއްސާފަ މޭނުބައިކޮށް ހޮޑުލެވި ބަރުދަންލުއިވާ ކަމަށްވާނަމަވެސް ވަރަށް އަވަހަށް ބަނޑުހަރުވާން މެދުވެރިވި ސަބަބު ހޯދާ އެކަމަށް ހައްލެއްލިބޭތޯ އުޅެންވާނެއެވެ. ދާއިމީކޮށް ބަނޑުހަރުވަނީނަމަ އާދައިގެމަތިން ޓެސްޓްތައްހަދައިގެން ކުރިއަށް ގެންދެވިދާނެއެވެ. އެހެންނަމަވެސް މާބޮޑަށް ބަނޑުހަރުވުމުން އަވަސް ނުވަތަ ވަގުތީ ފަރުވާ އެއް ދޭންޖެހިދާނެއެވެ.
 
 
== ބަނޑު ހިކުން މެދުވެރިވާ ސަބަބުތައް ==
ބަނޑުހަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ކެއުމަށްފަހު ބަނޑުތެރޭގައި(ސްޓޮމަކްތެރޭގައި) ހަޖަމްވާ ކާނާ ނުވަތަ ނަޖިސް ގޮހޮރުގެ ތެރޭގައި ދަތުރުކުރުން ލަސްވުމެވެ. މިގޮތުން ގޮހޮރުގެ ކޮންމެ ހިސާބެއްގައިވެސް ނަޖިސް ދަތުރުކުރުން ލަސްވާގޮތް މެދުވެރިވެދާނެއެވެ. %95 އަށްވުރެ ގިނަފަހަރު ލަސްވަނީ ކޯލޯން ނުވަތަ ބޮޑުގޮހޮރުގެތެރޭގައެވެ.
 
ގިނަފަހަރު ބަނޑުހަރުވާނީ ކެވޭ ބޭހެއްގެ ސަބަބުންނެވެ. ހާއްސަކޮށް ތަދުކަނޑުވަން ހުންނަ ނާރކޮޓިކް އެކުލެވޭ ބޭސް(މިސާލަކަށް:-ކޮޑެއިން،އޮކްސީކޮޑޯން،ހައިޑްރޮމޯރފޯން)، ޑިޕްރެޝަން އަށް އުފައްދާފައިވާ ބޭސް(އެމިޓރިޕްޓިލީން،އިމިޕްރަމިން) ،ނިފިޑިޕިން ފަދަ ކެލްސިއަމްޗެނެލް ބްލޮކަރސް އާއި ދަގަނޑުގެބައި އެކުލެވޭ ބޭސްތައް ހިމެނެއެވެ. މިފަދަ ބޭސްތައްބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި ބަނޑުހަރުވިނަމަވެސް ބޭސް ބޭނުންކުރުން މެދުކެނޑިގެންނުވާނެއެވެ. މާބޮޑަށް ބަނޑުހަރުވުމުގެ ކުރިން ވަގުތީފަރުވާއެއް ނުވަތަ ކެއުމަށްބަދަލުގެނެސްގެން އެމައްސަލަ ހައްލުވޭތޯ ބަލާށެވެ. އެއަށްފަހުގައިވެސް މާބޮޑުއުނދަގޫތަކެއް ވާނަމަ ބޭހަށް ބަދަލުގެނެވިދާނެއެވެ.މިސާލަކަށް ތަދުކަނޑުވަންބޭނުންކުރާ ބޭހެއްކަމުގައިވާ ބްރޫފަންގެ ބަދަލުގައި ތަދުކަނޑުވަން ކޮޑެއިން އެކުލެވޭބޭހެއްބޭނުންކުރެވިދާނެއެވެ.
 
ބޮޑުކަމުފާހާނާ ކުރަން އިހްސާސް އައުމަށްފަހު ގިނަފަހަރު ފާހާނާ ނުކޮށް ހިފެހެއްޓުން ނުވަތަ ލަސްކުރުން އާދަޔަކަށްވެއްޖެ ނަމަވެސް ބަނޑުހަރުވެއެވެ. އެއީ ބޮޑުކަމުފާހާނާ ކުރުމަކީ ސިއްޙަތުރަގަޅަށް ހުންނަމީހެއްގެ އަމިއްލަ އިޙްތިޔާރުގައިވާ ކަމެކެވެ. ބޮޑުކަމުފާހާނާ ކުރަންޖެހޭވަގުތު ފާހާނާ ނުލިބުމުގެ ސަބަބުން ވަރަށްގިނަ މީހުން އެކަންކުރުން ލަސްކޮށްހަދައެވެ. އެގޮތަށްކަންތައް ކުރުމުން ބަނޑުހިކޭނެއެވެ.
 
ބަނޑުހަރުވުމާއިވަރަށް ބޮޑަށް ގުޅިފައިވާ އަނެއްކަމަކީ ކެއުންބުއިން ބައްޓަންކުރެވިފައިވާ ގޮތް ނުވަތަ ޑައަޓް ކުރުމާއެވެ. ފައިބަރ އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުމުން ބޮޑުކަމުނަޖިސް މަޑުވެ ނަޖިސްހުންނަންޖެހޭ އެންމެ ރަގަޅު ގޮތުގައި ބަހައްޓައިދެއެވެ. ފައިބަރ މަދުން އެކުލެވޭ ކާނާބޭނުން ކުރާނަމަ ބަނޑުހަރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގުދުރަތީގޮތުން އެންމެ ގިނައިން ފައިބަރ އެކުލެވޭ ތަކެއްޗަކީ ތަރުކާރީ،މޭވާ އަދި ގޮދަނުގެ ބާވަތްތަކެވެ.
 
ވަކިވަރަކަށްވުރެ ދިގުމުއްދަތަކަށް ބަނޑުދިޔާކުރާބޭސް ނުވަތަ ޖުއްލާބު ބޭނުންކުރުމުންވެސް ބަނޑުހަރުވާގޮތް މެދުވެރިވެއެވެ. މިސާލަކަށް:- ސެނާ، ކަސްޓަރ ތެޔޮ ނުވަތަ އެކިބާވަތް ބާވަތުގެ ފަތްޕިލާވެލި ހިމެނެއެވެ. ހަށިގަނޑުގައި ވާ ބައެއް ހޯރމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ބަނޑުހަރުވެއެވެ. ތައިރޮއިޑް ގްލޭންޑުން އުފައްދައިދޭ ހޯރމޯން ވަރަށްމަދުނަމަ ނުވަތަ ޕެރަތައިރޮއިޑް ގްލޭންޑުން އުފައްދައިދޭ ހޯރމޯން ވަރަށް ގިނަނަމަ ބަނޑުހަރުވެދާނެއެވެ. މައްސަރު ދުވަސްކޮޅު ގައާއި ބަނޑުބޮޑުދުވަސްކޮޅުގައި އިސްޓްރޮޖަން އާއި ޕްރޮގެސްޓެރޯން ލޭގެތެރޭގައި ހުންނަ މިންވަރު މައްޗަށްދިއުމުން ބަނޑުހިކެއެވެ. ޖެހިފައިވާ ބައްޔެއްގެ ސަބަބުން ގޮހޮރަށް އަސަރުކޮށް ގޮހޮރުގެ މަސައްކަތަށް ބުރޫއަރައި ބަނޑުހަރުވާން މެދުވެރިވެދާނެއެވެ. މިސާލަކަށް:- ހަކުރުބަލި ، ގޮހޮރުގައި ކެންސަރު ނުވަތަ ސްޓްރިކްޗަރ ފަދަ ބައްޔެއްހުރުން ހިމެނެއެވެ. އަދި މައިބަދަޔަށް އަނިޔާއެއްލިބުމުންނާއި އަތްފައި ތުރުތުރުއަޅާ ބަލި ނުވަތަ ޕާރކިންސަނިޒްމް ފަދަ ކަމެއް ސިކުނޑިއާއި ނާރުތަކުގެނިޒާމުގައިވާނަމަ އެކަމެއްގެ ސަބަބުން ބަނޑުހަރުވާނެއެވެ. ހަމައެހެންމެ ބޮޑުގޮހޮރަށް އަންނަ ބަދަލެއްކަމުގައިވާ ކޮލޯނިކް އިނާރޝިއާ ގެ ސަބަބުން (ގޮހޮރުގެ ނާރުތަކަށާއި މަސްތަކަށް ވަރަށްބޮޑުބަދަލެއް އައިސް ގޮހޮރުގެމަސައްކަތައްބުރޫ އެރުމުގެ ސަބަބުން) ބޮޑުކަމުނަޖިސް އެންމެ ފުރިހަމަ ގޮތުގައި ބޭރުކޮށްދިނުމަށް ހުރަސް އަޅައެވެ. ކަށިވަތުގެ ނުވަތަ އުނަގަނޑާއި ފުރަގަސްފަރާތުދޮރު ވަށައިގެންވާ މަސްތަކަށް އަންނަބަދަލެއްގެ ސަބަބުން ބޮޑުކަމުދިއުމަށް ދަތިވާމީހުން ވެސްމަދެއްނޫނެވެ.
 
 
=== އެހެން ބައެއް ސަބަބުތައް ===
 
* ބޮޑުކަމުދާން ޖެހޭހިނދު ނުގޮސް ހިފަހައްޓައިގެން ހުރުން: މިގޮތަށް ހުރުމުން ނަޖިސް [[ބޮޑު ގޮހޮރު]] ގައި ޖަމާވެ، ހަރުލައި އެއިން ފެން ހަށިގަނޑަށް ދެމި ނަޖިސް ހަރުވެ ބޭރުކުރަން އުދަގޫވެއެވެ
 
Line 34 ⟶ 54:
== ބަނޑުހިކުން މެދުވެރިވުމުން ފެނިދާނެ އަލާމާތްތައް ==
 
 
== ބަނޑުހިކުން ދެނެގަތުން ==
ބަނޑުހަރުވާން ނުވަތަ ބޮޑުކަމުފާހާނާ ކުރުމަށް ދަތިވާންޖެހޭ ސަބަބުތައް ގިނަކަމުން ބަނޑުހަރުވެގެން ޑޮކްޓަރަށް ދެއްކުމުން ރަގަޅު ފުރިހަމަ ފަރުވާއެއްދިނުމުގެ ކުރިން ބަލިމީހާއާއި ބެހޭ ވަރަށްގިނަ މައުލޫމާތު އޮޅުންފިލުވާނެއެވެ. އަދި މީގެ އިތުރުން އެތެރެހަށީގެ ބައްޔެއްހުރިތޯ އާއި ފުރަގަސްފަރާތު ބައްޔެއްހުރިތޯ ވަރަށް ރަގަޅަށް ބަލާނެއެވެ. އެއަށްފަހު ލޭގެ އާއި ބޮޑުކަމުނަޖިހުގެ ޓެސްޓުތަކަކަށްފަހު ބަނޑުހަރުވާން މެދުވެރިވި ސަބަބު ޔަގީން ނުވާނަމަ އެކްސްރޭ ނަގައިގެން (މިސާލަކަށް:-އާދައިގެ ބަނޑުގެ އެކްސްރޭއެއް، ބޭރިއަމް އެނީމާ، ޑެފިކޮގްރަފީ) ކުރިޔަށްގެންދާނެއެވެ.އަދި މިދެންނެވި ޓެސްޓުތަކުގެ އިތުރުން ޕްރޮކްޓޮސްކޮޕީ ނުވަތަ ކޮލޮނޮސްކޮޕީ ހަދާފާނެއެވެ.
 
 
== ބަނޑުހިކުމުން ރައްކާތެރިވުން ==
ބަނޑުހަރުވުމުން ފަރުވާ ދެވިދާނެގޮތްތައް ގިނަކަމުން އެންމެފަސޭހަ އަދި ރަގަޅު ގޮތަކީ ފަރުވާދޭން ފެށުމުގެ ކުރިން ބަނޑުހަރުވާން މެދުވެރިވިސަބަބު ހޯދުމެވެ. ބަނޑުހަރުވެއްޖެކަން އެގުމުން ކެއުންބުއިމަށް ބަދަލުގެންނާށެވެ. ފެންބުއިން އިތުރުކޮށްލުމަށްފަހު ކެއުމުގައި ތަރުކާރީ އާއި މޭވާ އިތުރު ކޮށްލާށެވެ. ރެއާދުވާލު އެއްމެ މަދުވެގެންވެސް ތިންއިރު ތަރުކާރީ/މޭވާ ކާންވާނެއެވެ. ހާއްސަކޮށް ބަނޑުދިޔާކޮށްދޭފަދަ މޭވާ ނުވަތަ ތަރުކާރީ (މިސާލަކަށް:-ފަޅޯ، ޕްލަމް،އެޕްރިކޮޓް،ލެޓިއުސް،ކިއުކަމްބަރ، ކެބެޖް،)އެއްއިރު ނަމަވެސް ކާންވާނެއެވެ. ވަކިވައްތަރެއްގެ ފަތްޕިލާވެލި(މިސާލަކަށް:- މާބުޅާފަތް،ކޮޕީފަތް، މުރަގަފަތް) ބޭނުންކުރެވިދާނެއެވެ.އަދި ހަމައެހެންމެ ފައިބަރ ގިނައިން އެކުލެވޭ ތައްޔާރީ ކާނާވެސް އެއްމެރަގަޅުވާނެއެވެ. "ޕްރޫން ނުވަތަ ޕްރޫންގެ ޖޫހަކީ ބަނޑުހަރުވާތީ ވަރަށްކުރިއްސުރެވެސް ވަރަށްއާއްމުކޮށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އަދި މަދުމަދުން މި ބޭނުންކުރުމުން ބޮޑުގޮހޮރު ހަލާކުވާފަދަ މައްސަލައެއްޖެހުނު ކަމަކަށް އެނގިފައެއްނުވެއެވެ. އެހެންނަމަވެސް ވަރަށް އާއްމުކޮށް ބޭނުންކުރެވޭ އެއްޗެއްކަމުގައިވާ ފަތްޕިލާވެލީގެ ބާވަތްތައް ދާއިމީކޮށް ގިނަމުއްދަތަކަށް ބޭނުން ކުރުމުން ގިނަފަތުގައި ހުންނަނީ ސްޓިމިއުލެންޓް ލެކްޒެޓިވް އެއްކަމުގައިވާތީ ބޮޑުގޮހޮރު ފާރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ." ބައެއްބަލިމީހުންނަށް (މިސާލަކަށް:- ގޮހޮރުގައި ސްޓްރިކްޗާރ އުފެދި ގޮހޮރުގެވަކިހިސާބެއް ކޮންމެވެސްވަރަކަށް ބެދިފައިވާ މީހުން) ފައިބަރ ގިނައިންއެކުލެވޭ ކާނާބޭނުން ކުރުމުން އިތުރުއެހެން ސިއްޙީ މައްސަލަތައް ދިމާވެދާނެތީ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ނުވަތަ ސިއްޙީއެހީތެރިއެއްގެ ލަފާހޯދަންވާނެއެވެ.
 
ޑޮކްޓަރަށް ދައްކައިގެން އެކިވައްތަރުގެ ލެކްޒެޓިވްސް ނުވަތަ ބަނޑުދިޔާކޮށްދޭ ބޭސް ބޭނުންކުރެވިދާނެވެ. ކޮންވަތަރެއްގެ ބޭހެއްތޯ ނުވަތަ ބޭސް ބޭނުންކުރަންޖެހޭނީ ކިހާމުއްދަތަކަށްތޯ އޮޅުންފިލުވަންވާނެއެވެ. އެއީ ލެކްޒެޓިވްސް ތަކުގެތެރޭގައި ލުބްރިކަންޓް ލެކްޒެޓިވްސް، ބޮޑުކަމުނަޖިސް މަޑުކުރަންދޭ އެމޮލިއެންޓް ލެކްޒެޓިވްސް ،ހައިޕަރއޮސްމޮލަރ ލެކްޒެޓިވްސް، ހާއްސަކޮށް މެގްނޭޒިއަމް އެކުލެވޭ ސެލައިން ލެކްޒެޓިވްސް އަދި ސްޓިމިއުލަންޓް ލެކްޒެޓިވްސް(މިސާލަކަށް:- ސެނނާ،ބިސޮކޮޑީލް) ހިމެނޭތީއެވެ.
 
މާބޮޑަށް ބަނޑުހަރުވުމުން އެނީމާ ނުވަތަ ބޮޑުބުންބާކުރަން ޖެހިދާނެއެވެ. ބުންބާކުރުމަށްޓަކައި،ތައްޔާރު ކުރެވިފައިވާބޭހެއް ހިމަހޮޅިއެއްގެއެހީގައި ފުރަގަސްފަރާތުގޮހޮރަށް ފޮނުވާލާނެއެވެ. އަދި މިފަދަ ބޭހެއް ލިބެންނެތްނަމަ ފެނުގެތެރެއަށް ސައިބޯނި ގިރުވައިގެން ބޭސްފެން ތައްޔާރުކުރެވިދާނެއެވެ. މިގޮތަށް ބުންބާކުރުމުގެ ކުރިން ފުރަގަސްފަރާތުގޮހޮރުގައި ބޮޑުކަމުނަޖިސް ހުރިކަން ޔަގީންވާންވާނެއެވެ.
 
ވަގުތީ ގޮތުން ނުވަތަ އަވަސް ފަރުވާއެއްގެ ގޮތުގައި ފުރަގަސްފަރާތަށްލައްވާ ބޭސްގުޅައެއްކަމުގައިވާ ސަޕޯސިޓްރީ ބޭނުންކުރެވިދާނެއެވެ. ސަޕޯސިޓްރީ ބޭނުންކުރަން ފަސޭހަވެފައި ނަތީޖާވެސް ވަރަށް ރަގަޅުވާނެއެވެ. އަދި ހާއްސަކޮށް ބޭސްގުޅަލައްވާ ވަގުތު އިނގިލިކޮންމެވެސް ވަރަކަށް ފުރަގަސްފަރާތުން އެތެރެއަށް ލައްވާލެވިއްޖެއްޔާ ބޮޑުކަމުފާހާނާ ކުރަންޖެހޭލެއް އަވަސް ވާނެއެވެ. ބޮޑުކަމުނަޖިސް ފުރަގަސްފަރާތުގޮހޮރުގައި ބޭރުނުވެ ހުންނަތާ ގިނައިރުވުމުން ބޮޑުކަމުނަޖިހުން ހިލައުފެދުމަކީ ދިމާވާ މައްސަލައެކެވެ. ވީމާ ސަޕޯސިޓްރީ ލެއްވުމުގެކުރިން ނުވަތަ އެނީމާ ދިނުމުގެ ކުރިން ހިލަތައްނަގާފާނެއެވެ.
 
ބަނޑުހަރުވެފައި ތިބޭ މީހުން ހަމައެކަނި ކަސްރަތުކޮށްގެން މާބޮޑު ފަސޭހަކަމެއް ލިބޭކަމަކަށް އެއްވެސް ދިރާސާއަކުން ނުދައްކައެވެ. އެހެންނަމަވެސް އެއްވެސް ކަސްރަތެއް ނުކޮށް ކަންނެތް ދިރިއުޅުމެއް އުޅޭމީހުންނަށް ބަނޑުހަރުވުގެ މައްސަލަ ދިމާވުމުގެ ފުރުސަތުބޮޑެވެ. ފުރަގަސްފަރާތް ވަށައިގެންނާއި ކަށިވަތުގައިވާ މަސްތައް ވަރުގަދަކޮށްބެހެއްޓުމަށާއި ފުރަގަސްފަރާތުގޮހޮރުގައިވާ ސްފިންކްޓަރ ޓްރޭންކުރުމަށްޓަކައި "ބަޔޮފީޑްބެކް" އޭ ކިޔާ ކަސްރަތު ޕްރޮގްރާމެއްވެސް ވަނީތައްޔާރުކުރެވިފައެވެ.
 
ދާއިމީކޮށް ބަނޑުހަރުވާ މީހުން ވަރަށްގިނަ ގޮތްގޮތަށްފަރުވާ ހޯދުމަށްފަހު ރަގަޅު ނުވުމުން އެކަމަށްހާއްސަ އޮޕަރޭޝަނެއްކުރުމުން އެ މައްސަލަ ހައްލުވާނެއެވެ.
 
ބަނޑުހަރުވުމުން ބައެއްމީހުން ކުރާކަންތައްތަކުގެ ތެރޭގައި ގްރީންޓީ ނުވަތަ ފެހިސައިފަތުފެންބުއިން، ކިރުކޮފީތައްޓެއް ބޯލުން، ދެތިންދުވަހެއް ވަންދެން ބައި ޖޯޑުގެ ގާނާފައި ހުންނަ ރޯ ކެރެޓްގެ ތެރެއަށް ދެ މޭޒުމަތީސަމްސަލުގެ ޒައިތޫނި ތެޔޮ އަޅައިގެން ކެއުން، ސަނާމުކީ ފަތްހިއްކާފައި ކުދިކުދި ކޮންގުޅަހަދައިގެން ބޭނުންކުރުން، ކިރުތައްޓަކަށް މާމުއި އަޅައިގެން ބުއިމުގެއިތުރުން ގެރިކިރުބޮއެ ހަދައެވެ.
 
{{ambox | text = މިލިޔުމުގައި ރާއްޖެ ދުވަހު ނޫހުގައި ޑރ އަހުމަދު އަޝްރަފް ޢަލީ ލިޔެ ޝާއިޢުކުރެވިފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ.}}
 
 
[[Category:ބަލިތައް]]
 
[[ar:إمساك]]
[[bg:Запек]]
[[ca:Restrenyiment]]
[[cs:Zácpa]]
[[de:Obstipation]]
[[es:Estreñimiento]]
[[fa:یبوست]]
[[fr:Constipation]]
[[ko:변비]]
[[hi:कब्ज]]
[[hr:Zatvor]]
[[id:Konstipasi]]
[[it:Stitichezza]]
[[he:עצירות]]
[[lt:Vidurių užkietėjimas]]
[[nl:Constipatie]]
[[ja:便秘]]
[[no:Obstipasjon]]
[[nn:Obstipasjon]]
[[pl:Zaparcie]]
[[pt:Prisão de ventre]]
[[qu:Akak'ichki]]
[[ru:Запор]]
[[simple:Constipation]]
[[fi:Ummetus]]
[[sv:Förstoppning]]
[[te:మలబద్దకం]]
[[tr:Kabızlık]]
[[uk:Запор]]
[[zh:便秘]]