Content deleted Content added
No edit summary
No edit summary
ފޮޅުވަތް 140:
* ގަލޮޅު މަދަރުސާގެ ޖަމްބަލް ސޭލް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އެ ސްކޫލުން ހާމަކޮށް ފިއެވެ.
* ނިއު އާއި އެކު ކުޅެންޖެހޭ މެޗަށް ހެޕީ ވިލެޖް މާލެ އަތުވެއްޖެއެވެ.
 
 
14 jan 2008
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާވެރި ލާއިންސާނީ ހަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުންނާއި އެކަމާމެދު ދިވެހިރައްޔިތުންގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން އިއްޔެ ހަވީރު ހެދިގޮނޑުދޮށުގައާއި އަމީނީމަގުގައި މުޒާހަރާއެއް ބާއްވައިފިއެވެ.
 
އަދާލަތުޕާޓީން އިސްނަގައިގެން ބޭއްވި މިމުޒާހަރާގައި އަދާލަތާއެކު, އައިޑީޕީ, ޑީއާރުޕީ, ޖުމްހޫރީ ޕާޓީ, ޤައުމީ އިއްތިހާދު, އެމް.އެން.ސީ.ސީ އާއި ބައެއް އަމިއްލަ ޖަމްއިއްޔާތައް ބައިވެރިވެފައިވެއެވެ.
 
އިއްޔެ ހަވީރު 4 ޖެހިއިރު ފެށި މިމުޒާހަރާ ފެށުނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ދެން އޮތީ މުޒާހިރާގެ އިންތިޒާމްކުރި ފަރާތްތަކުން ޝޫއުރު ފާޅުކުރުމުގެ ގޮތުން މުޒާހަރާގައި ބައިވެރިވި މީހުންނާ މުޚާތަބުކޮށް ވާހަކަދެއްކެވުމެވެ. އެގޮތުން ޕާޓީތަކާއި ބައެއް ޖަމްއިއްޔާތަކާއި ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަންގެ ރައީސް ފަދަ ބޭބޭފުޅުން އެބޭފުޅުންގެ ޝުއޫރާއި ފަލަސްތީނުގެ ހާލަތު ސިފަކޮށްދެއްވިއެވެ. ބައެއް ބޭފުޅުން އިނގިރޭސިބަހުންވެސް ތަޤްރީރު ކުރެއްވިއެވެ.
 
ވަރަށްގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިމުޒާހިރާގައި ކަޅު ދިދައާއި އަނިޔާލިބިފައިވާ ފަލަސްތީނުގެ ކުޑަކުދިންނާއި އާއްމުންގެ ފޮޓޯޖަހާފައިވާ ބޯޑުތަކާއި ފަލަސްތީނު ދިދަތައް ގެންގުޅުނެވެ.
 
މުޒާހަރާގެ ބައިވެރިން ހެދިގޮނޑުދޮށުން މިސްރާބު ޖެހީ ބޮޑުތަކުރުފާނުމަގުންދެކުނަށްގޮސް އަމީނީމަގުން ހުޅަނގަށެވެ. މިހިނގާލުމުގެ ކުރީގައި ޕިކަޕެއް އޮވެގެން އަޑުހަރުކޮށް އަޑުގަދަކުރާއިން ޝުއޫރު ފާޅުކުރަމުން ގެންދިޔައިރު މުޒާހިރާގައި ބައިވެރިވެ ފައިމަގުގައި ހިނގާފައިދިޔަ ގިނައަދަދެއްގެ މީހުން އަޑުހަރުކޮށް ޝުއޫރު ފާލުކުރަމުން ގެންދިޔައެވެ
 
ފާޅުކުރަމުންދިޔަ ޝުއޫރުތަކުގެ ތެރޭގައި ”ފަލަސްތީނު މިނިވަންކުރޭ“, ”އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލާ“, ”އދ އާއި އަރަބިން ހޭލާ“, ”ހަރުކަށި އިބާރާތުން މިއަމަލު ދިވެހިސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރޭ“, ”އިޒްރޭލުގެ އުފެއްދުންތައް ބޯއިކަޓްކުރޭ“, ”ދިވެހިސަރުކާރާ އިޒްރޭލާ ދިމެދު އޮންނަ ސިޔާސީގުޅުން ވަގުތުން ކަނޑާލާ“ މިފަދަ އެތައް ޝުއޫރެއް ފާޅުކުރަމުން ގެންދިޔައެވެ.
 
އަދި ﷲ އަކްބަރުގެ ނަޣްމާއާއި ތަކުބީރުގެ އަޑުވެސް ދޭތެރެދޭތެރެއިން ގުގުމާލައެވެ.
 
މުޒާހިރާގެ ބައިވެރިން އަމީނީމަގުން ކުރިއަށް އައިސް ރާއްޖޭގައި ހުންނަ އދ އޮފީސް ހުންނަ ގޯޅިއަށްވާގޮތަށް އަމީނީމަގުގައި މަޑުކޮށް ކުޑަ އަންހެން ކުއްޖަކު އިނގިރޭސިބަހުން ތަޤްރީރެއް ދިނެވެ.
 
އެއަށްފަހު ދެންވެސް ޝުއޫރު ފާޅުކުރަމުން ކުރިއަށްގޮސް ހާބަރަށް ހުއްޓާ މުޒާހިރާގެ ހިނގާލުމުގެ ބައި ނިންމާލިއެވެ.
 
އެއަށްފަހު ދެން އޮތީ މުޒާހިރާގެ ބައިވެރިން މުހައްމަދު ބިން އަބްދުﷲ މިސްކިތުގައި ޖަމާއަތުގައި މަޣްރިބިނަމާދު ކުރުމެވެ. އިމާމްވެ ނަމާދުކުރެއްވީ އަދާލަތުޕާޓީގެ އިސްތަރުޖަމާން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުހައްމަދު ޝަހީމް ޢަލީސައީދެވެ. ނަމާދުގެ ފަހުރަކުއަތުގެ އިއުތިދާލުގައި ޚާއްޞަ ދުއާއެއް ކުރުން އޮތެވެ.
މިމުޒާހިރާގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޚާއްޞަ ފަންޑެއް ހުޅުވާފައި ބެހެއްޓިއެވެ. މިފަންޑަށް އިއްޔެ ވަރަށްގިނަ އަދަދެއްގެ ބަޔަކުވަނީ ފައިސާ ހަދިޔާކޮށްފައެވެ. މިފަންޑު މިއަދުން ފެށިގެން އަދާލަތުޕާޓީގެ އޮފީހުގައި ހުޅުވިފައިހުންނާނެ އެވ