Content deleted Content added
No edit summary
ފޮޅުވަތް 20:
==ޙައްޖުގެ މަނާސިކުތައް==
ޙައްޖުގެ މަނާސިކުތަކަކީ، ޙައްޖަށް ދާމީހާ އެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން އަދާކުރަންޖެހޭ އެންމެހައި ކަންތައްތަކެވެ. ޙައްޖުގެ މަނާސިކުތަކަކީ:
#1 މީޤާތުން އިޙުރާމް ބަނުން (މީޤާތަކީ އިޙުރާމް ބަންނަ ތަނާއި ވަޤުތެވެ.)
#2 މައްކާއަށް ދިޔުމާއި އެކު ޠަވަފުލްޤުދޫމް ކުރުން. (ޙައްޖަށް ނުވަތަ ޢުމްރާއަށް ނިޔަތްގަނެގެން މައްކާ އަށް ގޮސް ފުރަތަމަ ކުރާ ޠަވާފް)
#3 ސަޢުޔުކުރުން (ޞަފާއާއި މަރުވާގެ ދެމެދުގައި ހަތް ފަހަރު ހިނގުން)
[[Image:piligrims-shaving heads.jpg|thumb|left|150px200px|މަސްޖިދުލް ޙަރަމްގައި ޙައްޖުގެ މަރިވެރި އަޅުކަން އަދާކުރަނީ: 4.8 މިލިޔަން މީހުން ކައުބަތުﷲ ގެފުޅު ވަށައި ޠަވަފުކުރަމުން ގެންދޭ. ]]
#4 ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުން.
::* އަންހެނުން އިސްތަށިގަޑުން ކުޑަ އިސްތަށިކޮޅެއް ކަނޑާލުމުން ފުދޭނެއެވެ. ޢުމްރާ ނަމަ ޠަވާފް ކުރުމާއި ބޯބޭލުމުން ޢުމްރާގެ ކަންތައް ފުރިހަމަ ކުރެވުނީއެވެ.
#5 ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާ އަށްގޮސް އެރޭ މިނާގައި ރޭކުރުން.
#6 ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރުއެރުމުން މިނާ ދޫކޮށް ޢަރަފާތަށް ގޮސް އެދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާންދެން ޢަރަފާތުގައި މަޑުކުރުން.
#7 ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރު އޮއްސުމުން މުޛްދަލިފާއަށް ދިޔުން.
8 ޙައްޖުމަހުގެ 10 ވަނަ ރޭ މުޛްދަލިފާގައި ރޭކުރުމަށްފަހު ދިހަވަނަ ދުވަހު އިރަށް ދޮންކުރުމަށްފަހު އިރުއެރުމުގެ ކުރިން މިނާ އަށް ދިޔުން.
9 ޙައްޖުމަހުގެ 10 ވަނަ ދުވަހު އިރު އެރުމުން ޖަމްރަތުލްޢަޤަބާ އަށް ވިދިވިދިގެން ހަތް ހިލަކޮޅު އެއްލުން.
10 ޙަދްޔު ކަތިލުމަށްފަހު ފިރިހެނުންގެ ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުން. އަންހެނުންގެ އިސްތަށިގަނޑުން އަނގުލެއްގެ މިންވަރު ކަނޑާލުން.
11 މައްކާ އަށް ގޮސް ޠަވާފުލް އިފާޞާ ކުރުން.
12 ތަމައްތުޢުގެ މަގުން ޙައްޖު ވާނަމަ ޠަވާފުލްއިފާޟާ ކުރުމަށްފަހު ސަޢުޔުކުރުން.
13 ޙައްޖުމަހުގެ 11، 12، 13 މިތިން ދުވަހު މިނާގައި ރޭކުރުމާއި އެއިން ކޮންމެ ދުވަހަކު ޖަމްރާއަށް ހަތް ހިލަ އުކުން.
::* ދެދުވަހު ރޭކުރުމަށްފަހު މައްކާއަށް ދާން ބޭނުން މީހަކު މައްކާ އަށް ދިޔުމަކީ ހުއްދަ ކަމެކެވެ.
 
==ޙައްޖުވެރިންގެ ޢަދަދު އަހަރުތަކުން==