Content deleted Content added
ފޮޅުވަތް 9:
މާނައީ: "އަދި އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެމީހާ، އަޅުކަމެއް ކުރުމަށްޓަކައި ޤަޞްދުކޮށްގެން އެގެފުޅަށް ދިޔުމީ، މާތްﷲ އަށްޓަކައި، މީސްތަކުންގެ މައްޗަށް އޮތް ފަރުޟެކެވެ. އެކަމާއި މެދު އިންކާރުކޮށް ދެކޮޅު ހަދައިފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން މާތްﷲ އީ، އެއްވެސް ފަރާތެއްގެ އަޅުކަމަށް އަދި އެއްވެސް މަޚުލޫޤަކަށް ބޭނުންވެ ވޮޑިގެން ނުވާ، އަމިއްލަ ޒާތުގައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ."
މިއާޔަތް ބާވައިލައްވާފައިވަނީ ހިކުރައިން ނުވަވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބަޔާންވެގެން ވެއެވެ.
 
==އިސްލާމްދީނުގައި ޙައްޖުގެ މަޤާމް==
ޙައްޖަކީ އިސްލާމްކަމުގެ ފަަސްވަނަ ރުކުނެވެ. މިއީ، އެކަމަށް ކުޅަދާނަ ވެގެންވަާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. ކީރިތި ރަސޫލާގެ ޙަދީޠްފުޚެއްގެ މާނަައިގައިވެއެވެ. "އިސްލާމްދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. އެއީ، [[ޝަހާދަތް|ޝަހާދަތުގެ ދެކަލިމަ ކިޔުމާއި]]، [[ނަމާދު]] ޤާޢިމްކުރުމާއި، [[ރޯދަ|ރޯދަ ހިފުމާއި]]، [[ޒަކާތް|ޒަކާތް ދިނުމާއި]] ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުވުމެވެ."
 
==ޙައްޖުވެރިންގެ ޢަދަދު އަހަރުތަކުން==