Content deleted Content added
No edit summary
No edit summary
 
ފޮޅުވަތް 1:
ފަރިހި އަކީ ހަޖޫ ކިއުމާއި ސަމާސާގޮތް ހުންނަޅެމެވެ. އެއްދުވަސް ވަރެއްގައި ޅެމަށް ވެސް ފަރިހި މިހެން ކިޔައި އުޅުނެވެ. ފަރިހި އަކީ ދިވެހި ޅެމުގެ ހަތަރު ވަނަ ބާވަތެވެ. ނުވަތަ ފަރިހި އަކީ ހަޖޫ ކިއުމާއި ސަމާސާގޮތް ހުންނަޅެމެވެ. އެއްދުވަސް ވަރެއްގައި ޅެމަށް ވެސް ފަރިހި މިހެން ކިޔައި އުޅުނެވެ. އިސްފަސް ކަމުގެ ގޮތުން ބަލާއިރު ޅެމަށްވުރެ އިހީ ފަރިއްސެވެ. ޅެން ހަދަން ފެށުމުގެ ކުރިންވެސް ފަރިހި ކިޔައި އުޅޭކަމަށް ވެއެވެ.
 
{{adhabiyyaathLhemuge baithah}}
 
[[އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ]] ބަޔާންކުރައްވާ ގޮތުގައި ފަރިއްސަކީ ޅެން ފަދައިން، ވައްތަރުވެސް ވަޒަންވެސް ވަކި މިވެނި އަދަދެއް ކަނޑައެޅިގެން ނޭގޭ ބާވަތެކެވެ. ސީދީ ދެކިލައްވާ ގޮތުން ކުރިން ދިވެހިން ކިޔަމުން އައި [[ކާ]]، [[ބަނދި]]، [[ރައިވަރު]]، މި 3 ބާވަތުގެ ޅެމުގެ ވަޒަނުން ނެއްޓިގެން ކިއިފައި ހުންނަ އެއްޗަކަށް ފަރިއްސޭ ކިޔައެވެ. [[ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން]] ލިޔުއްވާފައިވާ ގޮތުގައި ''' ފަރިއްސަކީ ދިވެހިންގެ މީހުންގެ ކަންފަތަށްއަރާ، ކަރާ ލަވަތަކުގެ ރާގަށް އެމީހުން ކިޔާން އުޅެފައި ހުންނަ، އެއްޗަކަށް ކިޔާ ނަމެކެވެ. އެއެއްޗެހި ހުރީ ވަރަށް ދެރަ ސަހަލު ގޮތެއްގައެވެ'''.