Content deleted Content added
No edit summary
No edit summary
ފޮޅުވަތް 3:
 
== އަމިއްލަ ދިރިއުޅުން ==
 
{{adhabiyyaath}}
އަލްއުސްތާޛު މޫސާ ފަތުޙީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 28 ސެޕްޓެމްބަރު 1929 ގައި ޅ. ނައިފަރު ގައެވެ.އެއީ 10 ރަމަޟާން 1342 ގައެވެ. ބައްޕާ ފުޅަކީ ގާސިމް ޢަލީ އެވެ. މަންމާ ފުޅަކީ ސަންފާ އަލީ އެވެ. ފުރަތަމަ ކައިވެނި ބައްލަވައިގަތީ ޖަމީލާ ހުސައިން އާއެވެ. ޖަމީލާ ޙުސައިން ނިޔާވުމުން ދެން ކައިވެނި ބައްލަވައިގަތީ އާމިނަތު މުޙައްމަދު ދީދީ އާއެވެ. ދެކައިވެނި ބައްލަވައިގެންފައި ވިޔަސް އުފަން ދަރިއެއް އަލްއުސްތާޛު މޫސާ ފަތުޙީ އަށް ލިބިވަޑައެއް ނުގަންނަވައެވެ. އަވަހާރަވިއިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގަތް އައްޑުއަށް އުފަން އަނބިކަނބަލަކު ދުނިޔޭގައި އިންނެވި އެވެ. މޫސާ ފަތުޙީ އެއްބަނޑު އެއްބަފާ 3 ބޭފުޅުން ތިއްބަވައެވެ. އެއީ [[އަލީ ފަތުހީ]]، [[އާދަމް ފަތުހީ]] އަދި [[އިސްމާޢީލް ފަތުހީ]] އެވެ. އިސްމާޢިލް ފަތުހީ އަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފިނޭންސްގެ މަގާމް ކުރިން އަދާކުރެއްވި ބޭފުޅެކެވެ.
 
ފޮޅުވަތް 14:
އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ދިވެހި ސަރުކާރުގައި 60 އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަށް ޚިދުމަތް ކުރައްވާފައެވެ. އަވަހާރަވިއިރު ހުންނެވީ ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމްގައެވެ. އަލްއުސްތާޛު މޫސާ ފަތުޙީ އަދާކޮށްފައިވާ ސަރުކާރުގެ ވަޒީފާތަކާއި އެހެނިހެން ވަޒީފާތައް ތިރީގައި މިވަނީއެވެ.
 
{{adhabiyyaath}}
 
* ވުޒާރަތުލް މަޢާރިފްގެ މުދައްރިސްކަން - ފުރަތަމަ އަދާކުރެއްވި ސަރުކާރު ވަޒީފާ
* ވަޒީރުލް އަޢުޒަމް އޮފީހުގެ ޚާއްޞަ ވަކީލުކަން - 10 އޮގަސްޓް 1966ން 19 ޖޫން 1967އަށް