Content deleted Content added
New page: މަހުގެ ތަލައިގައި ކޮޅަށްއޫކޮށް އުސްވެފައި އުފުލުމެއް ހުންނަ މަހެއް. މިމަސް ދިވެހީން ކައެއް ނުއުޅެއެ...
 
No edit summary
ފޮޅުވަތް 1:
[[Image:Hemon_u0.jpg|250px|thumb|left|މާސްކު ބިބީ]]
މަހުގެ ތަލައިގައި ކޮޅަށްއޫކޮށް އުސްވެފައި އުފުލުމެއް ހުންނަ މަހެއް. މިމަސް ދިވެހީން ކައެއް ނުއުޅެއެވެ
މާސްކު ބިބީ({{sci|Heniochus monoceros}})ނުވަތަ ({{en|Masked Bannerfish}}) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން ފެނިފައި ހުންނަނީ ފަރުފަޅުތަކުގެ ބޭރު ގުންޑޮޅި، ކެނޑިފައި ހުންނަ ހިސާބުތަކުންނެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެއް ނޫނެވެ. މަހުގެ ތަލައިގައި ކޮޅަށް އޫކޮށް، އުސްކޮށް އުސްވެފައި ހުންނަ އުފުލުމެއް ހުރެއެވެ. މިމަހަކީ ޓޭންކްގައި މަސްގެންގުޅޭ ފަރާތްތަކުގެ މެދުގައި މަޝްހޫރު މަހެއް ނޫނެވެ. ސަބަބަކީ މިމަސް ޓޭންކްގައި އާދަކޮށް ގެންގުޅޭ މަސްމަހަށްވުރެ ބޮޑެތިވާތީކަމަށް ވުން އެކަށީގެން ވެއެވެ. މިމަސް 9 އިންޗި އަށް ބޮޑުވެއެވެ.
 
މިމަހަށް '''މާސްކު ބިބީ''' ކިޔާފައިވަނީ މަހުގެ އިގިރޭސި ނަމާ ގުޅޭގޮތުން، މަހުގެ މޫނުމަތީގެ ސިފަޔަށް ބަލާ އެގޮތުގެ މަތީންނެވެ. މަހުގެ ކުރީކޮޅުން ބަލާލާއިރު، މަހުގެ މޫނުމަތި ހުންނަނީ މާސްކެއް އަޅާފައި ހުންނައިރު ހުންނަ ސިފަޔަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 12 ކައްޓާއި، 24 އާއި 27 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ހަރުކޮށް ހުންނަ 3 ކައްޓާއި، މަޑުކަށީގެ 18 ނުވަތަ 19 ކަށި ހުރެއެވެ. ކަންފަތުގައި މަޑުކަށީގެ 16 ނުވަތަ 17 ކަށި ހުރެއެވެ. މަހުގެ ދެއަރިމަތީގައި ގަދަ މުށިކުލައިގެ ފުޅާ 3 ރޮނގު މަހުގެ ހުރަހަށް ވާގޮތަށް ހުރެއެވެ. މީގެ ތެރެއިން މެދުގައި ހުންނަ ރޮނގުގެ މަތީކޮޅު ހިމަވެފައި ހުރެއެވެ. މިރޮނގު ތަކުގެ ދެމެދު ހުންނަނީ ހުދުކުލައިގައެވެ. މަހުގެ މަތީ ކޮތަރިބައިގެ ބޮޑު ބަޔަކާއި، ނިގޫފަތާއި ބަނޑުދަށް ފަރާތުގެ ކޮތަރިބައިގެ ފަހަތުކޮޅު ހުންނަނީ ރީނދޫ ކުލައިގައެވެ.
{{fish-stub}}
 
[[Category:ދިވެހިރާއްޖޭގައި އުޅޭ މަސްތައް]]