ރަން ދޮރާށި ފާލަން: Difference between revisions
Content deleted Content added
No edit summary |
No edit summary |
||
ފޮޅުވަތް 1:
ރަން ދޮރާށި ފާލަމަކީ އެމެރިކާގެ ސެންފްރެންސިސްކޯ އަދި މެރިން ކައުންޓީ ގުޅުވުމަށް ލެވިފައިވާ ފާލަމެކެވެ. މިއީ 20 ވަނަ ގަރުނުގެ އިމާރާތް ކުރުމުގެ ފަންނުގައި ހޯދާފައިވާ ޢަޖައިބެއް ފަދަ ކުރިއެރުމެކެވެ. މިފާލަން ބިނާކުރެވުނީ ދުނިޔެއަށް މަޝްހޫރު ބޮޑު ތަދު ކުރިމަތިވި ދުވަސްވަރު އެވެ.
[[Image:Ggb by night.jpg|thumb|left|200px|ރަން ދޮރާށި ފާލަން.]]
ފޮޅުވަތް 7:
ފާލަން ހަދައި ނިންމުމަށް 4 އަހަރާއި ދުވަސްކޮޅެއް ވެފައި ވެއެވެ. މުޅި ފާލަން ހެދުމުގެ މަސައްކަތަށް 35 މިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައި ވެއެވެ. ފާލަންގެ ދިގުމިނުގައި 1.2 މޭލު ހުރެއެވެ. ފާލަން ހެދުމުގެ މަސައްކަތުގެ ތެރޭގައި 11 މީހަކު މިދުނިޔެ ދޫކޮށް ގޮސްފައި ވެއެވެ. މިފާލަން ފަރުމާކޮށްފައިވަނީ ޖޯސެފް ސްޓްރައުސް އެވެ.
ގަޑިއަކު 100 މޭލު ބާރު މިނުގައި ވައިޖެހޭނަމަ ފާލަން ކޮންޓްރޯލް ކުރުމަށް އޭގެ ޒާތުގައި 27 ފޫޓް ދުރަށް ހަރަކާތް ކުރެއެވެ. ނުވަތަ ހެއްލިގެން ދެއެވެ. ފާލަމުގެ ރަސްމީ ކުލައެއްގެ ގޮތުގައި ހޮވިފައިވަނީ އިންޓަނޭޝަނަލް އޮރެންޖް އެވެ. ފާލަމުގެ ދެފަޅީގައިވާ ކޭބަލްގައި 80 ހާސް މޭލުގެ ސްޓީލް ނަރު އެކުލެވިގެން ވެއެވެ. ފާލަން ހުޅުވުމަށް ފަހު މިހާތަނަށް ވައިގަދަވެގެން ފާލަން ބަންދު ކޮށްފައިވަނީ 3
ފާލަން ބިނާކޮށް ނިމުނު ދުވަސް ވެފައިވަނީ ސެންފްރެންސިސްކޯގެ ތާރީޚުގައި ކާމިޔާބު ދުވަހަކަށެވެ. އެއީ 27 މެއި 1937 އެކެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި 200 ހާސް މީހުން ފާލަން ހުރަސްކޮށް ހިގާފައި ވެއެވެ. ދުއްވާތަކެތި ފާލަން ހުރަސްކޮށް ދުއްވަން ފެށީ އޭގެ 1 ދުވަސް ފަހުންނެވެ.
ފޮޅުވަތް 14:
ތަފާތު އެތައް ޓީވީ ޕްރޮގްރާމްތައް، ޑޮކިއުމެންޓްރީ އަދި ފިލްމުތަކުގައި ފާލަން ބޭނުންކޮށްފައި ވެއެވެ. އަދި ފާލަމާ ބެހޭ އެތައް ފޮތްތަކެއް ޝާއިޢު ކުރެވިފައި ވެއެވެ. އަދި ތަފާތު ވީޑިއޯ ގޭމްސްތަކުގައި ވެސް ފާލަން ހިމަނާފައި ވެއެވެ. އަދި ވަރަށް ގިނަ ބަޔަކު ފާލަން މަތިން ފުއްމާލައިގެން އަމިއްލައަށް މަރުވެފައި ވެސް ވެއެވެ.
==އިތުރު ފާލަންތައް==
|