Content deleted Content added
New page: 200px|thumb|left|ހެމާ އީޝާ އަދި އަހާނާ އާއެކު ހެމާ މާލިނީ (އުފަންވެފައިވަނީ އޮކްޓޫބަރު 16، 1948) ގައ...
 
ފޮޅުވަތް 11:
 
== ފިލްމީ ހަޔާތް ==
1961 ވަނަ އަހަރު ނިކުތް ޓެލުގޫ ފިލްމެއްގައި ނެށުން ތެރިއެއްގެ ދައުރު ހެމާ މާލިނީ އަދާކޮށްފައި ވެއެވެ. ހެމާ ފުރަތަމަ ފިލްމީ ދާއިރާއަށް ވަންނަން މަސައްކަތްކުރީ 1964 ވަނަ އަހަރު އެވެ. ނަމަވެސް ޓެލުގޫ ޑައިރެކްޓަރު ސުދީރު ބުނެފައިވަނީ ހެމާގެ ކިބައިގައި ފިލްމީ ހުނަރެއް ނެތްކަމަށެވެ. އޭގެ ފަހުން 1968 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޮލީވުޑް އިން ހެމާ އަށް ޖާގަ ލިބިގެން ދިޔައެވެ. ހެމާ މާލިނީ ކުޅުނު ފުރަތަމަ ހިންދީ ފިލްމަކީ 1968 ވަނަ އަހަރު [[ރާޖު ކަޕޫރު]] އާއެކު ކުޅެފައިވާ '''ސަޕްނޯންކާ ސައުދާގަރު''' އެވެ. ހެމާގެ ފިރިމީހާ ފިލްމީ ތަރި [[ދަރުމެންދުރާ ޑިއޯލް]] އާއެކު 27 އަށްވުރެ ގިނަ ފިލްމްގައި ހެމާ ހަރަކާތްތެރި ވެފައި ވެއެވެ.
 
1970 އަދި 1980 ގެ އަހަރުތަކުގައި ކާމިޔާބު އެތައް ފިލްމް ތަކެއް ކުޅުމަށްފަހު ފިލްމީ ދާއިރާ އާއި ދުރުގައި ދުވަސްތަކެއް ހެމާ ހޭދަކުރި އެވެ. އެއަށްފަހު 2003 ވަނަ އަހަރު ނިކުތް ބާޣުބާން އިން [[އަމީތާބް ބައްޗަން]] އާއެކު އެބުރި ފިލްމީ މަސްރަހަށް ނިކުތެވެ. ކާމިޔާބު މިފިލްމްގެ ސަބަބުން ހެމާއަށް ވަނީ ތަފާތު އެވޯޑްތައް ލިބިފައެވެ. އޭގެ ފަހުން ވީޒުޒާރާ، އަދި ބާބުލް އިން ވެސް ހެމާ ފެނިގެން ގޮސްފައި ވެއެވެ. އެންމެފަހުން ހެމާ މާލިނީ ފެނިގެން ގޮސްފައިވަނީ ޚާއްޞަ ފެނިލުމަކުން '''ލާގާ ޗުނާރީ މޭ ދާގް''' އިންނެވެ.
ފޮޅުވަތް 19:
ހެމާ މާލިނީ އަކީ ފިލްމް ޕްރޮޑިއުސްކޮށްފައިވާ ފަރާތެއް ވެސް މެއެވެ. އެގޮތުން ހެމާ ޕްރޮޑިއުސްކޮށްފައިވާ ފިލްމް ތަކުގެ ތެރޭގައި 1977 ވަނަ އަހަރު ނިކުތް ސުވާމީ، 1984 ވަނަ އަހަރު ނިކުތް ޝަރާރާ، 1987 ވަނައަހަރު ނިކުތް އާވަރުގީ ފަދަ ފިލްމްތައް ހިމެނެއެވެ.
 
ދެކުނު އިންޑިޔާގެ އަހުލުވެރިންގެ ތެރެއިން ހިންދީ ފިލްމްތަކުން މައި ރޯލް ކުޅުމަށް ދެވަނަ އަށް ފުރުޞަތު ލިބުނު މަޝްހޫރު ފިލްމީ ތަރިއަކީ ހެމާ މާލިނީ އެވެ. އޭގެ ކުރިން މިފުރުޞަތު ލިބިފައިވަނީ ވިޖެންތިމާލާ އަށެވެ.
 
 
 
== އަމިއްލަ ދިރި އުޅުން ==