ރައުލް ކާސްޓްރޯ: Difference between revisions

Content deleted Content added
New page: thumb|200px|ރައުލް ކާސްޓްރޯ ރައުލް މޮޑެސްޓޯ ކާސްޓްރޯ ރޫޒް (އުފަންވީ ޖޫން 3، 1931) އަކީ ކިއުބާ...
 
m Recommandation Commons
ފޮޅުވަތް 1:
[[Image:Raúl CatsroCastro.JPG|thumb|200px|ރައުލް ކާސްޓްރޯ]]
ރައުލް މޮޑެސްޓޯ ކާސްޓްރޯ ރޫޒް (އުފަންވީ ޖޫން 3، 1931) އަކީ [[ކިއުބާ]]ގެ ރައީސްކަން 49 އަހަރު ކުރެއްވި [[ފިޑެލް ކާސްޓްރޯ]] ގެ ކޮއްކޯ ފުޅު އެވެ. ފިޑެލް ކާސްޓްރޯ އަށްފަހު ކިއުބާގެ ވެރިކަމަށް އިސްވެ ވަޑައިގަތީ ރައުލް ކާސްޓްރޯ އެވެ. ރައުލް ކާސްޓްރޯ [[ކިއުބާ]]ގެ ރައީސްކަމުގެ މަގާމަށް އެތާގެ ނޭޝަނަލް އެސެމްބްލީ ގެ ފަރާތުން އިސްކުރީ 24 ފެބުރުއަރީ 2008 ގައެވެ. ކިއުބާގެ ރައީސްކަމަށް އިސްކުރެއްވުމުގެ ކުރިން ކިއުބަން ކައުންސިލް އޮފް ސްޓޭޓްގެ ރައީސްކަން ކުރައްވާފައި ވެއެވެ. އަދި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ދިފާޢީ ވަޒީރު ގެ ލަގަބު ވެސް ލިބިފައިވަނީ ރައުލް ކާސްޓްރޯ އަށެވެ. 31 ޖުލައި 2006 ގައި ރައުލް ކާސްޓްރޯ އަށް ކިއުބާގެ ރައީސްކަމުގެ ޒިންމާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތައް އަދާކުރުމަށް ޙަވާލު ކުރެވުނެވެ. އެއީ އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވި އޭނާގެ ބޭބޭފުޅު [[ފިޑެލް ކާސްޓްރޯ]] ގޮހޮރުގެ އޮޕަރޭޝަނެއް ކުރައްވައި އާލާސްކަންފުޅާއި އުޅުއްވަން ޖެހުމާއި ގުޅިގެންނެވެ.