ފިޑެލް ކާސްޓްރޯ: Difference between revisions

Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
[[Image:Fidel Castro5 cropped.JPG|thumb|200px|ފިޑެލް ކާސްޓްރޯ]]
ފިޑެލް އެލެޖަންޑްރޯ ކާސްޓްރޯ ރޫޒް (އުފަންވީ އޮގަސްޓް 13، 1926) އަކީ [[ކިއުބާ]]ގެ ރައީސްކަން 49 އަހަރު ކުރެއްވި ބޭފުޅެކެވެ. މިޒަމާނުގައި ދުނިޔޭގެ ގައުމެއްގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ރައީސްގެ ލަގަބު ހޯއްދެވުމަށްފަހު ފިޑެލް ކާސްޓްރޯ ކިއުބާގެ ރައީސްކަމުން ވަކިވެވަޑައިގަތީ 19 ފެބުރުއަރީ 2008 ގައެވެ. ކިއުބާގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމާއި، ކިއުބާގެ ރައީސްކަމުން ފިޑެލް ކާސްޓްރޯ އިސްތިއުފާ ދެއްވީ އާލާސްކަންފުޅާ ހަސްފަތާލުގައި އުޅުއްވާތާ ބަރާބަރު 18 މަސްދުވަސްވީ ފަހުންނެވެ.
 
ކާސްޓްރޯ އެންމެ ފުރަތަމަ ކިއުބާގެ ވެރިކަމާ ޙަވާލުވެ ވަޑައިގަތީ ބޮޑުވަޒީރުގެ ހައިސިއްޔަތުން 16 ފެބުރުއަރީ 1959 ގައެވެ. އެއަށްފަހު އެމަގާމުގައި ހުންނަވަނިކޮށް 2 ޑިސެމްބަރު 1976 ގައި ކިއުބާގެ ރައީސްކަމަށް އިންތިޚާބު ކުރެވުނެވެ. އަދި 19 ފެބުރުއަރީ 2008 ގައި އުމުރުު ފުޅުން 81 އަހަރުގައި ކިއުބާގެ ރައީސްކަމުން އިސްތިއުފާ ދެއްވުމުން ފިޑެލް ކާސްޓްރޯ ވެވަޑައިގެންފައިވަނީ އެންމެ ގިނަދުވަހު ގައުމެއްގެ ވެރިކަން ހިންގެވި ވެރިޔާ ކަމުގައެވެ. އޭނާ ބޮޑު ވަޒީރު ކަމާއި ރައީސްކަމާއެކު ޖުމުލަ 49 އަހަރާއި، 3 ދުވަހު ކިއުބާގެ ވެރިކަން ކުރައްވާފައި ވެއެވެ. ފިޑެލް ކާސްޓްރޯ އަށް ފަހު ކިއުބާގެ ވެރިކަމަށް އިސްވެ ވަޑައިގަތީ އޭނާގެ ކޮއްކޯފުޅު [[ރައުލް ކާސްޓްރޯ]] އެވެ.
 
ސިފައިންގެ އޮފިސަރެއްގެ ވަޒީފާގައި ހުންނެވި ފިޑެލް ކާސްޓްރޯ ކިއުބާގެ ބޮޑު ވަޒީރުކަމާ ޙަވާލުވެ ވަޑައިގަތީ 1959 ވަނަ އަހަރު އޭނާ އިސްވެ ހުންނަވައިގެން ގެންނެވި އިންގިލާބެއްގައި އޭރު ހުންނެވި ބޮޑު ވަޒީރު ފުލްގެންސިއޯ ބަޓިސްޓާ މަގާމުން ދުރުކޮށްފައެވެ. 1965 ވަނަ އަހަރު ކިއުބާގެ ކޮމިއުނިސްޓް ޕާޓީގެ ފުރަތަމަ ސެކެޓްރީގެ މަގާމަށް ފިޑެލް ކާސްޓްރޯ އިސްކުރެވުނެވެ. އެއަށްފަހު ކިއުބާއަކީ އެއްޕާޓީއެއްގެ ވެރިކަން ހިނގާ ސޯޝަލިސްޓް ޖުމުހޫރިއްޔާ އެއްކަމަށް ހަމަޖެއްސެވި އެވެ. 1976 ގައި ސްޓޭޓް ކައުންސިލް އަދި މިނިސްޓަރުންގެ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އިސްވެ ވަޑައިގެންނެވި އެވެ. އަދި އޭގެ ފަހުން ކިއުބާގެ ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމަށް އިސްވެވަޑައިގެންނެވިއެވެ.