ކާތަކެތި ދިރުވުން: Difference between revisions

Content deleted Content added
No edit summary
ފޮޅުވަތް 1:
ކާތަކެތި ދިރުވުން({{en|Deglutition}}) އަކީ [[އަނގަ]]އިގެ ތެރެއިން ހަފައި ނިމިފައި ހުރި ކާތަކެތި [[އަރުތެރެ]] އަދި [[ކާތަކެތި ހިގާ ހޮޅި]] ހުރަސްކޮށް، [[މައިދާ]]އާއި ހަމައަށް ފޮނުވާލުމެވެ. ކާތަކެތި ދިރުވުން ވަނީ 3 މަރުޙަލާއަކަށް ބަހާލެވިފައެވެ.
 
 
ފޮޅުވަތް 5:
== އަނގައިގެ ތެރޭގައި ހިނގާ މަރުޙަލާ ==
 
ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަނގައިގެ ތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަނގައިގެ ތެރޭގައި ހިގާ މަރުޙަލާ({{en|buccal phase}}) އަކީ އަހަރެމެންގެ ބާރާއެކު ހިގާ މަރުޙަލާއެކެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި [[އަރުތެރެ]] އަށް ފޮނުވާލުމަށްޓަކައި، [[ދޫ]] [[މަތީ ތަލި]] ނުވަތަ [[ހަރު ތަލި]] އާއި ދިމާލަށް އުފުލަން ޖެހެއެވެ. މިގޮތަށް އުފުލުމުން ކާތަކެތިކޮޅު [[އަރުތެރެ]] އަށް ދެއެވެ. އަދި ކާތަކެތި ދިރުވިގެންދާއިރު އަނގަޖެހޭނީ ބަންދުވެފައި ހުންނާށެވެ. އެހެންނޫނީ ބައެއް ފަހަރު ކާތަކެތި ދިރުވަން އުދަގޫވެދާނެއެވެ.
 
 
== އަރުތެރޭގައި ހިނގާ މަރުޙަލާ ==
 
ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަރުތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަރުތެރޭގައި ހިގާ މަރުޙަލާ({{en|Pharyngeal phase}}) އަކީ އޭގެ ޒާތުގައި އަމިއްލައަށް ހިގާ މަރުޙަލާއެކެވެ. ސަބަބަކީ މިމަރުހަލާ ހިގަން ފަށަނީ ސްވަލޮވިންގ ރިފްލެކްސް ގެ ނަތީޖާއެއްގެ ގޮތުން ކަމަށްވާތީއެވެ. [[އަނގަ]]އިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެއަށް އައުމުން އަރުތެރޭގައި ހުންނަ ސްވަލޮވިންގ ރިސެޕްޓަރު ތައް ހީވާގިވެ މުރާލިވެއެވެ. އަދި އެއާއި ގުޅިގެން އުފެދޭ ސިގްނަލްތައް 5 އަދި 9 ވަނަ ކްރެނިއަލް ނާރުގެ އެހީގައި، [[ސިކުނޑި]]ގައިވާ މެޑައްލާ އޮބްލަންގާޓާ ގައި އިންނަ ސްވަލޮވިންގ ސެންޓަރު އަށް ފޮނުވާލައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 5،9،10،12 ވަނަ ކްރެނިއަލް ނާރުތަކުގެ އެހީގައި އަންނަނިވި ރިފްލެކްސް ތަކާއި ހަރަކާތްތައް އުފެދިގެން ދެއެވެ.
 
====ޕްރޮޓެކްޓިވް ރިފްލެކްސްތައް====
ފޮޅުވަތް 38:
== ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހިނގާ މަރުޙަލާ ==
 
ކާތަކެތި ދިރުވުމުގައި ކާތަކެތި ހިގާ ހޮޅީގައި ހިގާ މަރުޙަލާ({{en|Esophageal phase}}) އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި ހިގާ މަރުހަލާއެކެވެ. އެހެންކަމުން ކުރިންބުނި ޕެރީސްޓަލްސިސް އޭ ކިޔޭ ހަރަކާތުގެ އެހީގައި ކާތަކެތި [[މައިދާ]]އަށް ފޯރުކޮށްދެއެވެ.
 
===ޕެރީސްޓަލްސިސް===