Content deleted Content added
No edit summary
ފޮޅުވަތް 1:
 
ދަތް({{en|Teeth}}) އަކީ [[އަނގަ]]އިގެ ތެރޭގައި ކާތަކެތި ހެފުމަށް، ހުންނަ ހަރު ޓިޝޫތަކެކެވެ. ކޮންމެ އިންސާނެއްގެ [[އަނގަ]]އިގެ ތެރޭގައި 32 ދަތް ހުރެއެވެ. 32 ދަތް ހުންނާނީ ދަތްތައް ރަގަޅަށް އުފެދި ފުރިހަމަވެފައިވާ މީހުންގެ އެވެ. ކިރުބޯ ދަތްތައް ފަޅާ ނިމޭއިރު ހުންނާނީ 20 ދަތެވެ. ނަމަވެސް ކިރުބޯ ދަތްތައް ވެރި ހުސްވުމަށް ފަހު ދެން އުފެދޭ ދާއިމީ ދަތްތައް ފަޅާނިމޭއިރު 32 ހުންނާނެއެވެ. އެންމެ ފަހުން ފަޅާ ދަތަކީ އެންމެ އެތެރެ ކޮލުދަތެވެ.
 
Line 7 ⟶ 6:
ދަތުގެ 4 ވައްތަރެއް ހުރެއެވެ.
===މެދު ދަތްތައް===
{{Main|މެދު ދަތްތައް}}
 
މެދު ދަތްތައް({{en|Incisors}}) އަކީ ދެދަތް ޕިލައިގެ ވެސް މެދުން ހުންނަ ދަތްތަކެވެ. މިދަތްތަކުގެ ކޮޅު ހުންނަނީ ސީދަލަށް ތޫނުކޮށެވެ. އަދި ދަތްތައް ހުންނަނީ ވަޑާންކަށި ހުންނަ ބައްޓަމަށެވެ. އަދި ދަތުގެ މޫ އިންނަނީ އެންމެ ބަޔަކަށެވެ. ނުވަތަ އެންމެ މުލެއްގެ ސިފަޔަށް ކޯކަށިގަނޑުގެ ތެރެއަށް ފެތިފައެވެ. މެދުދަތްތަކުގެ އަދަދަކީ 8 އެކެވެ. އެއީ މަތީ ދަތްޕިލައިގައިވާ 4 ދަތާއި، ތިރީ ދަތްޕިލައިގައިވާ 4 ދަތެވެ. ކާތަކެތި ބައިބައިކޮށް ކޮށައި ހެދުމަކީ މިދަތްތަކުގެ މަސައްކަތެވެ.
 
===އަރިމަތީ ދަތްތައް===
{{Main|އަރިމަތީ ދަތްތައް}}
އަރިމަތީ ދަތް({{en|Canines}}) އަކީ މެދު 4 ދަތް ޖެހިގެން ކޮންމެ ދަތްޕިލައެއްގެ ދެފަރާތުގައި އިންނަ ދަތެކެވެ. މިދަތް އިންނަނީ ކޯން އެއްގެ ބައްޓަމަށެވެ. އަދި ދަތުގެ މޫ ލާފައި އިންނަނީ ބޮޑު އެންމެ މުލެއްގެ ސިފަޔަށެވެ. މިދަތްތަކުގެ އަދަދަކީ 4 އެކެވެ. އެއީ މަތީ ދަތްޕިލައިގައި 2 ދަތާއި، ތިރީ ދަތްޕިލައިގައިވާ 2 ދަތެވެ. ކާތަކެތި ބައިބައިކޮށް ކޮށައި ހެދުމުގައި މެދުދަތްތަކަށް މިދަތްތައް އެހީތެރި ވެދެއެވެ.
 
===ބޭރު ކޮލުދަތްތައް===
{{Main|ބޭރު ކޮލުދަތްތައް}}
ބޭރު ކޮލުދަތްތައް({{en|Premolars}}) އަކީ އަރިމަތީ ދަތް ޖެހިގެން ކޮންމެ ދަތްޕިލައެއްގެ ކޮލުތެރޭގައި ހުންނަ ދަތްތަކެކެވެ. މިއީ ފުޅާކޮށް ބޮޑުކޮށް ހުންނަ ދަތްތަކެވެ. މިދަތްތަކުގެ މޫ ލާފައި އިންނަނީ އެކެއް ނުވަތަ ދެމުލަށް ވާގޮތަށެވެ. މިދަތްތަކުގެ އަދަދަކީ 8 އެކެވެ. އެއީ މަތީ ދަތްޕިލައިގައިވާ 4 ދަތާއި، ތިރީ ދަތްޕިލައިގައިވާ 4 ދަތެވެ. މިއީ ބައިބައިކޮށް ކޮށުނު ކާތަކެތި އިތުރަށް ކުދިކުދި ކުރުމުގައި އެހީތެރިވެދޭ ދަތްތަކެކެވެ. ބޭރު ކޮލުދަތްތައް ހުންނާނީ ހަމައެކަނި ދާއިމީ ދަތްތައް ފަޅައި ނިމޭއިރު އެވެ. ކިރުބޯ ދަތްތަކުގެ ތެރޭގައި ބޭރު ކޮލުދަތްތަކެއް ނުހުންނާނެއެވެ.
 
===އެތެރޭ ކޮލުދަތްތައް===
{{Main|އެތެރޭ ކޮލުދަތްތައް}}
އެތެރޭ ކޮލުދަތްތައް({{en|Molars}}) އަކީ ކޮލުގެ އެންމެ އެތެރޭގައި ހުންނަ ދަތްތަކެވެ. މިދަތްތައް ކޮލުގެ އެތެރެއަށް ދާވަރަކަށް ސައިޒުން ބޮޑުވާނެއެވެ. މިދަތްތަކުގެ ތެރެއިން ބައެއް ދަތްތައް ހުންނަނީ ދެމޫލައިގެން ކަށިގަނޑުގެ ތެރެއަށް ފެތިފައެވެ. އަނެއްބައި ދަތްތައް ހުންނަނީ ތިންމޫ ލައިގެން ކަށިގަނޑުގެ ތެރެއަށް ފެތިފައެވެ.
 
ކިރުބޯ ދަތްތައް ފަޅައި ނިމޭއިރު އެތެރޭ ކޮލުދަތްތަކުގެ 8 ދަތް ހުރެއެވެ. އެއީ މަތީ ދަތްޕިލައިގައިވާ 4 ދަތާއި، ތިރީ ދަތްޕިލައިގައިވާ 4 ދަތެވެ. ނަމަވެސް ދާއިމީ ދަތްތައް ފަޅައި ނިމޭއިރު އެތެރޭ ކޮލުދަތްތަކުގެ 12 ދަތް ހުރެއެވެ. އެއީ މަތީ ދަތްޕިލައިގައިވާ 6 ދަތާއި، ތިރީ ދަތްޕިލައިގައިވާ 6 ދަތެވެ.
 
 
== ކިރުބޯ ދަތްތައް ==