Content deleted Content added
No edit summary
No edit summary
ފޮޅުވަތް 24:
ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac region) އިންނެވެ. ބޮޑު ގޮހޮރުގައި ހިމެނޭ މައިގަނޑު ދެބަޔަކީ [[ސީކަމް]] އަދި [[ފަލަ ގޮހޮރު]] އެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ.
 
[[ބޮޑު ގޮހޮރު]] އެކުލެވިގެންވަނީ 2 ބައެއްގެ މައްޗަށެވެ. އެބައިތައް ތިރީގައި މިވަނީ އެވެ.
* [[ސީކަމް]](Cecum)
 
* [[ ފަލަ ގޮހޮރު]] : މައިގަނޑު 4 ބައި ވެއެވެ.
[[މައްޗަށްއަރާ ފަލަ ގޮހޮރު]]،(Ascending colon)
 
[[ހުރަސް ފަލަ ގޮހޮރު]](Transverse colon)
 
[[ތިރިއަށްފައިބާ ފަލަ ގޮހޮރު]](Descending colon) މިއެވެ.
 
[[ސިގްމޮއިޑް ގޮހޮރު]] (Sigmoid colon)
 
 
 
 
* [[ސީކަމް]](Cecum)
 
{{Main|ސީކަމް}}
ސީކަމް ނުވަތަ ({{en|Cecum}}) އަކީ [[ކުޑަ ގޮހޮރު]]ގެ ފަހުބައި [[އިލިއަމް]] އާއި [[މައްޗަށްއަރާ ފަލަ ގޮހޮރު]] ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރު ގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ ''އިލިއޯސީކަލް ވޭލް''(Ileocecal valve) އިންނެވެ.
 
 
* [[ ފަލަ ގޮހޮރު]]
{{Main|ފަލަ ގޮހޮރު}}
ފަލަ ގޮހޮރު ނުވަތަ ({{en|Colon}}) އަކީ [[ބޮޑު ގޮހޮރު]] ގެ ބައެކެވެ. މިޒަމާނުގައި [[ފަލަ ގޮހޮރު]] (Colon)އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ [[ފަލަ ގޮހޮރު]] ކަމަށްވާތީ އެވެ. ފަލަ ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.
 
 
* [[މައްޗަށްއަރާ ފަލަ ގޮހޮރު]]،(Ascending colon)
{{Main|މައްޗަށްއަރާ ފަލަ ގޮހޮރު}}
މައްޗަށްއަރާ ފަލަ ގޮހޮރު ނުވަތަ ({{en|Ascending colon}}) އަކީ ފަލަ ގޮހޮރު ގައި [[ސީކަމް[[ އިން ފެށިގެން މައްޗަށް އަރަމުން ގޮސް ''ހެޕަޓިކް ފްލެކްޝަރ''(Hepatic flexure) އާއި ދެމެދުގައިވާ ބަޔެވެ. މައްޗަށްއަރާ ފަލަ ގޮހޮރު ގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac region) އިން ކަމަށްވުމާއި އަދި ސީކަމް އަކީ ބޮޑު ގޮހޮރު ފެށޭ ބައި ކަމަށްވުމާއި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެންކަމަށްވާތީ މަށްޗަށްއަރާ ފަލަ ގޮހޮރަކީ [[ފަލަ ގޮހޮރު]]ގެ ބަޔަކަށްވާތީ ، މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ މަސައްކަތް ކޮންޓްރޯލްކުރަނީ ''ވޭގަސް ނާރު''(Vagus nerve) ގެ ''ސިމްޕަތެޓިކް ނާރު ފައިބަރު ތަކުންނެވެ.
 
 
* [[ހުރަސް ފަލަ ގޮހޮރު]](Transverse colon)
{{Main|ހުރަސް ފަލަ ގޮހޮރު}}
ހުރަސް ފަލަ ގޮހޮރު ނުވަތަ ({{en|Transverse colon}}) އަކީ ފަލަ ގޮހޮރުގައި ''ހެޕަޓިކް ފްލެކްޝަރ''(Hepatic flexure) އާއި، ''ސްޕްލެނިކް ފްލެކްޝަރ''(Splenic flexure) އާއި ދެމެދުގައިވާ ބައެވެ. އެހެންކަމުން ހުރަސް ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުން ވާތް ފަރާތަށް ވާގޮތަށެވެ. ހުރަސް ފަލަ ގޮހޮރު ގެ ކުރިމަތިން މައިދާއާއި ހުރަސް ފަލަ ގޮހޮރު ވަނީ ''ގްރޭޓަރ އޮމެންޓަމް''(Greater omentum) ކިޔާ ''ޕެރިޓޯނިއަލް ފޯލްޑް'' އަކުން ގުޅިފައެވެ. ހުރަސް ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރުގައި ހިމެނޭ އެންމެ ދިގު އަދި އެންމެ ހަރަކާތްކުރާ ބައެވެ.
 
 
 
* [[ތިރިއަށްފައިބާ ފަލަ ގޮހޮރު]](Descending colon) މިއެވެ.
{{Main|ތިރިއަށްފައިބާ ފަލަ ގޮހޮރު}}
ތިރިއަށްފައިބާ ފަލަ ގޮހޮރު ނުވަތަ ({{en|Descending colon}}) އަކީ ފަލަ ގޮހޮރު ގައި ''ސްޕްލެނިކް ފްލެކްޝަރ''(Splenic flexure) އިން ފެށިގެން ތިރިއަށް ފައިބަމުން ގޮސް [[ސިގްމޮއިޑް ގޮހޮރު]] ގެ ފެށުމާއި ހަމައަށްވާ ބައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ.
 
 
* [[ސިގްމޮއިޑް ގޮހޮރު]] (Sigmoid colon)
{{Main|ސިގްމޮއިޑް ގޮހޮރު}}
ސިގްމޮއިޑް ގޮހޮރު ނުވަތަ ({{en|Descending colon}}) އަކީ ފަލަ ގޮހޮރުގެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރު ގައި [[ތިރިއަށްފައިބާ ގޮހޮރު]] ގެ ނިމޭ ހިސާބުން ފެށިގެން [[ފުރަގަސް ފަރާތް]] އާއި ދެމެދުގައިވާ ބައެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު ''އެސް''(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި [[މަޑު މަސް]] ގެ ފަށަލައެއް ވެއެވެ. މި މަސް ފަށަލަ ކުރުގެޅި ވާންވުމުން، [[ފަލަ ގޮހޮރު]]ގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި [[ފުރަގަސް ފަރާތް]] އަށް އެޅޭގޮތް ވެއެވެ.
 
[[Category:އިންސާނާގެ ހަށިގަނޑު]]