Content deleted Content added
m robot Adding: bs, ca, cs, de, eo, es, fr, he, it, lt, nds, nl, pl, pt, ru, sk, sr, sv, tr
No edit summary
ފޮޅުވަތް 15:
 
* ހަށިގަނޑަށް ވަންނަ ބެކްޓީރިއާ ފަދަ ޖަރާސީމްތައް އަތުލައި މަރާލުން ނުވަތަ ނައްތާލުމުގައި [[ނޫޓްރަފިލް]]ތަކާއި، މޮނަސައިޓްތައް އެކިގޮތްތައް ބޭނުންކުރެއެވެ. ފުރަތަމަ ނޫޓްރަފިލްތައް ލޭގެމަގުން އެއްކިބާވެ، ކުދިލޭހޮޅި( Capillaries ) ތަކުގެ އެތެރޭގައިވާ ތެތް ދުލިފަށަލައިގެ ބަތާނަ(Endothelium)ގައި ޖަމާވެ، ހަރުލައެވެ. މިގޮތަށް ހަރުލުމަށް ކިޔަނީ ''މާރޖިނޭޝަން''( Margination) އެވެ. އެއަށްފަހު ލޭހޮޅީގެ ހަނިމަގަކުން ހުރަސްކޮށް ޓިޝޫތަކުގެ ތެރެއަށް މިސެލްތައް ވާސިލްވެއެވެ. މިގޮތަށް ވާސިލްވުމަށް ކިޔަނީ''ޑައަޕީޑިސިސް''( Diapedesis ) އެވެ. ދެން އިންފެކްޝަން ނުވަތަ ބަލި އުފެދިފައިހުރި ދިމާލަށް މިސެލްތައް މިސްރާބު ޖަހައެވެ. މިހާލަތުގައި ސެލްތައް ހަރަކާތްކުރަނީ ''އެމީބާ''ހެން ''ސޫޑޮޕޯޑިއާ''ގެ އެހީގައެވެ. މިސެލްތައް ބަލި، އިންފެކްޝަން، ނުވަތަ އިންފްލެމޭޝަން ހުރި ދިމާލަށް ގެންދަނީ ކެމިކަލް މާއްދާތަކެއްގެ އެހީގައެވެ. މިބުނި ކެމިކަލް މާއްދާތައް އުފައްދަނީ ދިފާއުކުރުމުގެ ނިޒާމުން ނުވަތަ ބެކްޓީރިއާއިންނެވެ. މިގޮތަށް ގެންދިއުމަށް ކިޔަނީ ''ކީމޯޓެކްސިސް''( Chemotaxis ) އެވެ. އެއަށްފަހު މިސެލްތައް ބެކްޓީރިއާގެ ވަށާލައެވެ. ދެން ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމް ( Digestive enzyme )ތަކުގެ އެހީގައި ބެކްޓީރިއާ މިސެލްގެ ތެރެއަށް ދަމާލައެވެ. މިބީދައިން ބެކްޓީރިއާ ކާލުމަށް ނުވަތަ ދިރުވާލުމަށް ކިޔަނީ ''ފާގަސައިޓޯސިސް''( Phagocytosis ) އެވެ.
 
 
[[Category:އިންސާނާގެ ހަށިގަނޑު]]
[[Category:ލޭދައުރުކުރާ ނިޒާމް]]
 
[[bs:Monociti]]