Content deleted Content added
No edit summary
No edit summary
ފޮޅުވަތް 1:
[[Image:Whale shark Georgia aquarium.jpg|250px|thumb|left|ފެހުރިހި]]
ފެހުރިހި ({{en|Rhincodon typus}})ނުވަތަ ({{en|Whale shark}}) އަކީ މިޔަރުގެ[[މިޔަރު]]ގެ ވައްތަރެކެވެ. އެންމެ ބޮޑެތި މަހުގެ ވައްތަރުތަކުގެ ތެރޭގައި ފެހުރިހި ގުނާލެވެއެވެ. ބެލެވޭ ގޮތުގައި މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އަދި ކަނޑުގައި އުޅޭ އެންމެ ބޮޑު މަހެވެ. ފެހުރިހި 12 މީޓަރަށް ބޮޑުވާ ކަމަށް ވެއެވެ. މިއީ އިންސާނުންނަށް ނުރައްކާތެރި މިޔަރެއް ނޫން ކަމުން ފެތުންތެރިންނާއި، ފީނުންތެރިން މިބާވަތުގެ މިޔަރާއި ވަރަށް ގައިގޯޅި ވެއެވެ.
 
މިއީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުންނާއި ބޭރު ކަނޑުތަކުން ފެންނަ މިޔަރެކެވެ. ފެހުރިހި އަކީ ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ. ވުމާއެކު މިބާވަތް ހިފުމާއި، މެރުމާއި، ކަނޑުން ނެގުމަކީ މަނާކަމެކެވެ. މިގޮތަށް ހަމަޖައްސާފައިވާނީ ފެހުރިއްސަކީ މަދުން އުޅޭ މިޔަރަކަށްވެފައި، އެއީ ދުނިޔެއިން ނެތިގެން ހިގައިދާނޭ ކަމުގެ ބިރު ހީވެފައިވާ މިޔަރުގެ ބާވަތަކަށް ވާތީ އެވެ.