ޖީޒާގެ ޕިރަމިޑް: Difference between revisions

Content deleted Content added
ފޮޅުވަތް 20:
ޕިރަމިޑްތައް ހުރި ހިސާބަކީ ގަދީމީ ޖީޒާގެ ރަށްފުށުން 8 ކިލޯ މީޓަރު ބޭރު އެވެ. ގާހިރާ ގެ ސިޓީ ސެންޓަރ ނުވަތަ ''ވުސްތުލް ބަލަދު'' އޭ ކިޔޭ ހިސާބުން ޕިރަމިޑް ތައް ހުންނަ ހިސާބާއި ދެމެދު 25 ކިލޯ މީޓަރު ހުރެއެވެ.
 
== ފިރަމިޑް ހިސާބުގައިވާ މައިގަނޑު އާޘާރުތައް ==
== ތަފާތު ޕިރަމިޑްތައް ==
 
==== ޚަފްރީ ޕިރަމިޑް ====
ޚަފްރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ދެކުނުން 100 އެއްހާ މީޓަރު ދުރުގައެވެ. އުސްމިނުގައި 460 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 709 ފޫޓް ހުރެއެވެ. ކޮންމެ ޕިރަމިޑެއްގެ ހިލަތަކުގެ ބޭރުން އޮމާން ކުރުމަށްޓަކައި ފަށަލައެއް ލެވިފައި ވެއެވެ. މިޕިރަމިޑްގައި ލެވިފައިވާ މިބުނި ފަށަލައިގެ ނުފައިބައި ހުރި ބައިތައް ޕިރަމިޑްގެ އެންމެ އުސްހިސާބު ނުވަތަ މަތިން ފެންނަން އެބަހުއްޓެވެ.
 
==== މެންކޫރީ ޕިރަމިޑް ====
މެންކޫރީ ޕިރަމިޑް ހުންނަނީ ޚޫފޫ ޕިރަމިޑްގެ ހުޅަގު ދެކުނަށެވެ. އުސްމިނުގައި 230 ފޫޓް ހުންނަ މިޕިރަމިޑްގެ ތިރިން ކޮންމެ ފަރާތެއްގެ ފުޅާ ނުވަތަ ދިގުމިނުގައި 354ފޫޓް ހުރެއެވެ.ބޮޑު 3 ޕިރަމިޑްގެ އިތުރުން ކުދިކުދި ޕިރަމިޑްތައް ވެސް މަރުގެ ރަށް މިނަމުން ނަންދީފައިވާ މިހިސާބުގައި ވެއެވެ. ފޮޓޯތަކުން ބައެއް ފަހަރު ޚަފްރީ ޕިރަމިޑް ޚޫފޫ ޕިރަމިޑަށްވުރެ އުސްކަމަށް ދައްކައިފާނެއެވެ. އެއީ ޚަފްރީ ބިނާކޮށްފައި ހުރީ ޚޫފޫ ޕިރަމިޑަށްވުރެ އުސް ހިސާބެއްގައި ކަމަށްވާތީ އެވެ.
 
==== ޚޫފޫ ޕިރަމިޑް ====
ޚޫފޫ ޕިރަމިޑް ބިނާކުރެއްވީ މިޞްރުގައި ރަސްކަން ކުރެއްވި 4 ވަނަ ދަރިކޮޅުގެ ރަސްކަލެއް ކަމުގައިވާ ޚޫފޫ ރަސްގެފާނު އެވެ. އެއީ އޭނާ އަވަހާރަވުމުން ފަސްދާނުލާނެ ތަނެއްގެ ގޮތުގައެވެ. މިޕިރަމިޑް ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 2560 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. އެއްކޮށް ބިނާކޮށް ނިމުނީ ޢީސާގެ ފާނުގެ 2580 އަހަރު ކުރިން ކަމުގައި ބުނެވެއެވެ. ބައެއް ލިޔުން ތަކުގައި ޢީސާގެ ފާނުގެ ކުރިން 2600-2500 އަހަރާއި ދެމެދުގައި ކަމަށް ބުނެފައި ވެއެވެ.