ޖީޒާގެ ޕިރަމިޑް: Difference between revisions

Content deleted Content added
ފޮޅުވަތް 48:
<br>
{{Seven wonders}}
ބޮޑު ޕިިރަމިޑްޕިރަމިޑް ބިނާކުރުމަށް ގާތްގަނޑަކަށް 2300000 ހަތަރެސްކަން ހިލަގާ ނުވަތަ ''ބްލޮކް'' ބޭނުންކުރެވިފައި ވެއެވެ. އަދި މިއިން ކޮންމެ ގަލެއްގެ ބަރުދަނުގައި ދޭއް ބައި ޓަން ހުންނަ ކަމަށް ވެއެވެ. އަދި ކޮންމެ ގަލެއް އުފުލުމަށް 112 މީހުން ބޭނުންވާ ކަމަށް ވެއެވެ. ޖީޒާގައިވާ ބޮޑު 3 ޕިރަމިޑް ބިނާކުރުމަށް 5 މިލިއަނަށްވުރެ ގިނަ ހިލަގާ ބޭނުންކޮށްފައިވާ ކަމަށް ބައެއް ލިޔުންތަކުގައި ވެއެވެ. ޕިރަމިޑް ބިނާކުރުމަށް ހިލަތައް މިޞްރުގެ މުގައްތަމް ފަރުބަދައާއި މިނޫން ބައެއް ހިސާބުތަކުން ގެންދެވުނު ކަމަށް ވެއެވެ.
 
ބޮޑު ޕިރަމިޑްގެ އުތުރު ފަރާތުގައި ޕިރަމިޑްގެ މެދަށްވުރެ ތިރިން ދޮރެއް ލެވިފައި ވެއެވެ. މިދޮރުގެ ތެރެއިން ވަދެގެން ޕިރަމިޑްގެ އެތެރޭގައި ހޮހަޅަތަކެއްގެ ސިފަޔަށް ހެދިފައިވާ މަގުތައް ހުރަސްކޮށް ކޫފޫ ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ހިސާބަށް ވާޞިލް ވެވެއެވެ. ޚޫފޫ ރަސްގެފާނުގެ ހަށިކޮޅު ފަސްދާނު ލެވިފައި އޮންނަނީ ޕިރަމިޑްގެ އެތެރެއިން އޭގެ މެދުގައެވެ. ރަސްގެފާނުގެ ހަށިކޮޅު ބޭއްވިފައި އޮންނަ ތަނަށްކިޔަނީ ''ރަސްގެފާނުގެ ދާންކޮޅު'' މިހެންނެވެ. މިއީ 34 ފޫޓް ދިގު،17 ފޫޓް ފުޅާ 19 ފޫޓްގެ އުސްމިން ހުންނަ ތަނެކެވެ. މީގެ އިތުރުން މިޕިރަމިޑްގެ އެތެރޭގައި ''ރާނީގެ ދާންކޮޅު'' އަދި ''ގްރޭންޑް ގެލަރީ''އޭ ކިޔޭ ތަންތަން ހުރެއެވެ. ގްރޭންޑް ގެލަރީގެ ދިގުމިނުގައި 47 މީޓަރު އަދި އުސްމިނުގައި 8.5 މީޓަރު ހުރެއެވެ.