ރޯޑެޒްގެ ކޮލޯސަސް ބުދު: Difference between revisions

Content deleted Content added
m robot Modifying: br:Keurzelwenn Rodos
No edit summary
ފޮޅުވަތް 1:
 
== ކޮލޯސަސް ބުދު ހުރިތަން ==
ރޯޑެޒް އަކީ ގްރީސް ގައި އީޖަން ކަނޑުގެ އިރު ދެކުނަށް މެދުތެރޭ ކަނޑުގެ އައްސޭރި ފަށުގައި އޮންނަ ރަށްތަކުގެ ތެރެއިން ހޮވާލެވޭ ބޮޑު ރަށެކެވެ. މިރަށާއި ތުރުކީގެ އައްސޭރި ފަށާއި ދެމެދު ހުންނަނީ 12 މޭލުގެ ދުރުމިނެވެ. މިހިސާބުގެ އެހެން ރަށްތަކާ އަޅާ ބަލާއިރު ރޯޑެޒް އަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށް އާރާސްތު ކުރެވިފައިވަނީ މީލާދީގެ ކުރިން 408 ވަނަ އަހަރު އެވެ. އަދި މިރަށަކީ އެޒަމާނުގައި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެކެވެ.
 
Line 10 ⟶ 12:
ގާތްގަނޑަކަށް ސާސްކަފެއް ވަންދެން ބުދު ބިދިފައި ރަގަޅު ނުކޮށް އެގޮތަށް އޮތެވެ. މީލާދީން 654 ވަނަ އަހަރު ޢަރަބީން ރޯޑެޒް އަށް ވަނުމަށްފަހު ހަލާކުވެފައިވާ ބުދުގެ ބައިތައް ނަގައި ސީރިޔާގެ ޔަހޫދީ ވިޔަފާރިވެރިއަކަށް ވިއްކާލި އެވެ. ބުނެވޭގޮތުގައި ބުދުގެ ބައިތައް ސީރިޔާއަށް ގެންދެވުނީ 900 ޖަމަލުގެ ބުރިކަށި މަތީގައެވެ. އެހެން ބައެއް ލިޔުންތަކުގައި ވަނީ ރޯޑެޒް އިން ސީރިޔާއަށް 9 ދަތުރު ބުދުގެ ބައިތައް އުފުލުމަށް ކުރިކަމަށެވެ. އަދި މިއިން ކޮންމެ ދަތުރެއްގައި އެތަކެތި އުފުލުމަށް 100 ޖަމަލު ބޭނުންކޮށްފައިވާ ކަމަށެވެ.
 
 
== ކޮލޯސަސް ބުދުގެ އޮނިގަނޑު ==
ކޮލޯސަސް ބުދުހެދުމުގެ އިސްވެރިއަކަށް ހުރީ ރޯޑެޒްގެ ބުދުހެދުމަށް މަޝްހޫރު މީހެއްކަމުގައިވާ ''ކަރޭޒް'' އޭ ކިޔުނު މީހެކެވެ. ބުދުގެ ބޭރު ފަށަލަ ނުވަތަ ހަންގަނޑުގެ ގޮތުގައި އިންނަ ބައި ހެދިފައިވަނީ ރަން ވަށް ލޯ ބޭނުންކޮށްގެންނެވެ. އެތެރެބައި ހެދިފައިވަނީ ދަގަނޑު ފްރޭމަކުންނެވެ. ބުނެވޭގޮތުގައި ބުދުހެދުމަށް 15 ޓަނުގެ ރަން ވަން ލޯ އަދި 9 ޓަންގެ ދަނގަޑު ބޭނުން ކުރެވުނެވެ.
 
ބުދުކޮޅަށް އޭގެ މަތީގައި ބެހެއްޓިފައިވާ އަސާސް ނުވަތަ ތަޅުންގަނޑު ހެދިފައިވަނީ ހުދު ކުލައިގެ ސަންގު މަރުމަރު ހިލައިންނެވެ. އެންމެ ފުރަތަމަ ތަޅުންގަނޑުގައި ހަރުކުރެވުނީ ފައިތިލައާއި ފައިގެ ކުޑަހުޅު ހިމެނޭ ބައެވެ. ބުދު ކޮޅަށް ޖެހި އޭގެ ސިފަ ގެނެވިފައިވަނީ މަޑު މަޑުން ބައެއް އިތުރުކުރަމުން ގޮހެވެ. ބުދުގެ މަތީ ބައިތައް ބެހެއްޓުމަށްޓަކައި ބުދުގެ ވަށައިގެން ހަރުގަނޑެއް ފަދަ އެއްޗެއް ބެހެއްޓުނެވެ. ފަހުން އެވަނީ ނަގައިފައެވެ. މިބުދު ތައްޔާރު ކުރެވުނީ ރޯޑެޒްގެ އަހުލުވެރިން މެސެޑޯނިއަންގެ މައްޗަށް ހޯދި ނަޞްރުގެ ހަދާން ދެމެހެއްޓުމުގެ ގޮތުންނެވެ. ނުވަތަ އެކަމުގެ ޛިކްރާ އާކުރުމުގެ ގޮތުންނެވެ.
 
ކޮލޯސަސް ބުދު ހަދައި ނިމުނުއިރު އޭގެ އުސްމިނުގައި 33 މީޓަރު ހުރެއެވެ. ބުދުގެ ކަނާތުގައި އަލިފާން ރޯކޮށްފައިވާ ދަންމަރެއް ހުރެއެވެ. ބުދުގެ އެތެރޭގައި ދަންމަރާއި ހަމައަށް ވާޞިލްވުމަށްޓަކައި ވަށްކޮށް ސިޑިއެއް ހެދިފައިވެއެވެ. ހަމަމިހެން ބުދު ހިފެހެއްޓުމަށް ޓަކައި އެތެރެއިން ހިލައިން ހެދިފައިވާ ތަބުތައް ލެވިފައި ވެއެވެ.


== ރޯޑެޒް ކޮލޯސަސް ބުދުގެ އަދުގެ ޙާލަތު ==
ރޯޑެޒްގައި މިއަދު ކޮލޯސަސް ބުދުގެ ހަދާނަކަށް ހުރީ ބަނދަރުގެ ދުވާރުމަތީގައި ފެންނަށްހުރި ދެ ތަބެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުގައި މިބުދު ހުރި ސިފަޔާއި، ބެހެއްޓިފައިހުރީ ކިހިނެއް ކަމެއް އަދި އަދަންދާންވެސް އެގިފައެއް ނުވެއެވެ.
 
[[ar:أبولو رودس]]