Content deleted Content added
No edit summary
ފޮޅުވަތް 1:
 
އެއޯޓާ ނުވަތަ ({{en|Aorta}}) އަކީ ހިތުން ހަށިގަނޑުގެ ބައިތަކަށް ލޭފޮނުވައިދޭ އެންމެ ބޮޑު [[ލޭހޮޅި]] އެވެ. މިލޭހޮޅި ކުރިފަޅައި ނިކުމެފައި އިންނަނީ ހިތުގެ [[ވާތު ވެންޓްރިކަލް]] އިންނެވެ. މިގޮތުން މިލޭހޮޅީގެ ޒަރީޢާއިން ހަށިގަނޑަށް ފެތުރިގެންދާ ލެޔަކީ ''އޮކްސިޖަން އިން މުއްސަދި'' ލެޔެކެވެ.
 
Line 16 ⟶ 15:
* [[ތޮރަސިކް އެއޯޓާ]]: މިއީ [[ތިރިއަށްފައިބާ އެއޯޓާ]] ގައި ''ޑައަފްރަމް'' އަށްވުރެ މަތީގައިވާ ބަޔެވެ. އެހެން ކަމުން މިބައި ހިމެނޭނީ މޭގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ.
* [[އެބްޑަމިނަލް އެއޯޓާ]]: މިއީ [[ތިރިއަށްފައިބާ އެއޯޓާ]] ގައި ''ޑައަފްރަމް'' އަށްވުރެ ތިރީގައިވާ ބަޔެވެ. އެހެން ކަމުން މިބައި ހިމެނޭނީ [[ހަޖަމުކުރާ ނިޒާމް]] ގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ.
 
==== މައްޗަށްއަރާ އެއޯޓާ ====
{{Main|މައްޗަށްއަރާ އެއޯޓާ}}
މައްޗަށްއަރާ އެއޯޓާ ނުވަތަ ({{en|Ascending aorta}}) އަކީ އެއޯޓާ ހިތުން ނިކުމެފައިވާ ހިސާބުން ފެށިގެން [[އެއޯޓާގެ އަރޗް]] އާއި ދެމެދުގައިވާ ބަޔެވެ. މިބައިގެ ދިގުމިނަކީ ގާތްގަނޑަކަށް 5 ސެންޓިމީޓަރު އެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފުރަތަމަ ބައޭ ވެސް ބުނެވިދާނެއެވެ. [[އެއޯޓާ]] ހިތުން ނިކުމެފައިވާ އިންނަނީ ހިތުގެ [[ވާތު ވެންޓްރިކަލް]] އިންނެވެ. މައްޗަށްއަރާ އެއޯޓާ އިން ކުރިފަޅައި ނިކުމެފައިވާ ދެ އާޓަރީ އަކީ ދެ ''ކޮރަނެރީ އާޓަރީ''(Coronary artery) އެވެ. މިއީ ހިތުގެ ބައިތަކަށް ލޭ ފޯރުކޮށްދޭ މައިގަނޑު ދެ ލޭނާރެވެ.
 
 
==== އެއޯޓާގެ އަރޗް ====
{{Main|އެއޯޓާގެ އަރޗް}}
އެއޯޓާގެ އަރޗް ނުވަތަ ({{en|Arch of aorta}}) އަކީ މިއީ މައްޗަށްއަރާ އެއޯޓާ އާއި ތިރިއަށްފައިބާ އެއޯޓާ އާއި ދެމެދުގައިވާ އެއޯޓާގެ ބައެކެވެ. މިބައި އިންނަނީ ''ޔޫ އަކުރު'' އިދިކޮޅަށް ބެހެއްޓުމުން ހުންނަ ފަދަ ގޮތަކަށެވެ. މާނައަކީ މެދަށް ގުދުކޮށް ދެކޮޅަށް ލެބިފައި އިންނަ ގޮތަށެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ދެވަނަ ބަޔޭވެސް ބުނެވިދާނެއެވެ. އެއޯޓާގެ އަރޗްގެ މަތީ ބޯޑަރުގެ ދިގުމިނުގައި 2.5 ސެންޓިމީޓަރު ވަރުހުރެއެވެ.
 
==== ތިރިއަށްފައިބާ އެއޯޓާ ====
{{Main|ތިރިއަށްފައިބާ އެއޯޓާ}}
ތިރިއަށްފައިބާ އެއޯޓާ ނުވަތަ ({{en|Descending aorta}}) އަކީ މިއީ [[އެއޯޓާގެ އަރޗް]] ގެ ނިމޭ ހިސާބުން ފެށިގެން ގޮސް ''ކޮމަން އިލިއެކް އާޓަރީ'' ތަކަށް ކަފިވަންދެން އެއޯޓާގައި އިންނަ ބަޔެވެ. މިއީ އެއޯޓާ ބެހިފައިވާ މައިގަނޑު 3 ބައިން ފަހު ބަޔޭވެސް ބުނެވިދާނެއެވެ. މޭގެ ގުނަވަންތަކާއި، [[ހަޖަމުކުރާ ނިޒާމް]]ގެ ގުނަވަންތައް ވަކިކޮށްދޭ ''ޑައަފްރަމް''އަށް ރިޢާޔަތްކޮށް [[އެއޯޓާ]]ގެ މިބައި ދެބަޔަކަށް ބަހާލެވެއެވެ. މިބައިގައި ''ޑައަފްރަމް'' އަށްވުރެ މަތީގައިވާ ބަޔަށް ކިޔަނީ [[ތޮރަސިކް އެއޯޓާ]] އެވެ. ''ޑައަފްރަމް'' އަށްވުރެ ތިރީގައިވާ ބަޔަށް ކިޔަނީ [[އެބްޑަމިނަލް އެއޯޓާ]] އެވެ.
 
 
==== ތޮރަސިކް އެއޯޓާ ====
{{Main|ތޮރަސިކް އެއޯޓާ}}
ތޮރަސިކް އެއޯޓާ ނުވަތަ ({{en|Thoracic aorta}}) އަކީ [[ތިރިއަށްފައިބާ އެއޯޓާ]] ގައި ''ޑައަފްރަމް'' އަށްވުރެ މަތީގައިވާ ބަޔެވެ. އެހެން ކަމުން މިބައި ހިމެނޭނީ މޭގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 4 ވަނަ ކަށިކޮޅުގެ ތިރީ ބޯޑަރާއި ހަމައިންނެވެ. ނިމެނޭ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ.
 
 
==== އެބްޑަމިނަލް އެއޯޓާ ====
 
{{Main|އެބްޑަމިނަލް އެއޯޓާ}}
އެބްޑަމިނަލް އެއޯޓާ ނުވަތަ ({{en|Abdominal aorta}}) އަކީ [[ތިރިއަށްފައިބާ އެއޯޓާ]] ގައި ''ޑައަފްރަމް'' އަށްވުރެ ތިރީގައިވާ ބަޔެވެ. އެހެން ކަމުން މިބައި ހިމެނޭނީ [[ހަޖަމުކުރާ ނިޒާމް]] ގެ ގުނަވަންތައް ހިމެނޭ ހިސާބުގައެވެ. މިބައި ފެށެނީ [[ތޮރަސިކް އެއޯޓާ]] ނިމޭ ހިސާބުންނެވެ. މާނައަކީ މޭމައްޗާ ދިމާލުން މައިބަދައިގައިވާ ކަށިކޮޅުތަކުގެ ތެރެއިން 12 ވަނަ ކަށިކޮޅާ ހިސާބުންނެވެ. އެބްޑަމިނަލް އެއޯޓާ ނިމޭ ހިސާބުން އިންނަނީ ''ކޮމަން އިލިއެކް އާޓަރީ''(Common iliac artery) ތަކަށް ކަފިވެގެން ގޮސްފައެވެ.
 
[[en:Aorta]]