ކުޑަކަމުދާ ނިޒާމް: Difference between revisions

Content deleted Content added
ފޮޅުވަތް 17:
 
==== ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި (Ureters) ====
{{Main|ގުރުދާ}}
ގުރުދާގައި އުފައްދާ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމަށްޓަކައި ގުރުދާ އިން މަސާނާ އަށް ވާޞިލްވަނީ މިހޮޅި ހުރަސް ކޮށެވެ. ކޮންމެ ''ޔުރެޓަރ'' އެއްގެ ދިގުމިނުގައި 250-200 މިލިމީޓަރާއި ދެމެދުގެ މިންވަރެއް ހުރެއެވެ. އެއީ 10-8 އިންޗިއާއި ދެމެދުގެ މިންވަރެކެވެ. ނުވަތަ 30-25ސމ ގެ މިންވަރެކެވެ. މަސާނާގެ ފާރު ތަކުގައިވާ މަޑު މަސްތަކުގެ ޓިޝޫތައް ކުޑަކަމުދާ ތަކެތި ބޭރުވުމަށް ބާރުއަޅައެވެ. ކޮންމެ 50 ނުވަތަ 60 ގަޑިއިރަކުން ވަރަށް ކުޑަ މިންވަރެއްގެ ވިހަ މާއްދާތައް ޔުރެޓަރ އިން މަސާނާ އަށް އެޅެއެވެ.
 
 
==== މަސާނާ(Bladder) ====
{{Main|މަސާނާ|l1=Bladder}}
 
މަސާނާ އަކީ މަހުން އުފެދިފައިވާ ފުއްޕާ ހަމެއްގެ ބައްޓަމަށް އޮންނަ އެތެރެ ހުސްކޮށްވާ ގުނަވަނެކެވެ. މިގުނަވަން އިންނަނީ ޅިނދުގެ ކުރިމަތީ ބައި(Anterior pelvis) ގައެވެ. މަސާނާ އަކީ ކުޑަކަމުދާ ތަކެތި ބޭރުކުރަން ވަންދެން ޖަމާކޮށް ރައްކާކޮށްފައި ބަހައްޓައިދޭ ގުދަނެކެވެ. މަސާނާ އަށް ކުޑަކަމުދާ ތަކެތި ޖަމާވެ، ފުރި ބާރުވުމުން އޭގެ ސައިޒުން ބޮޑުކަމަށް ދައްކާނެއެވެ. އަދި ކުޑަކަމުދެވި، މަސާނާ ހުސްވެ، ދިއުމުން އޭގެ ސައިޒުން ކުޑަ ވެގެން ދެއެވެ. މަސާނާގެ ބައްޔެއް ނެތް ހާލުގައި 500 މިލިލީޓަރުގެ ކުޑަކަމުދާ ތަކެތި 5-2 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް މަސާނާގައި ބަހައްޓައި ދެއެވެ.
 
ފޮޅުވަތް 32:
 
==== ކުޑަކަމުދާ ހޮޅި(Urethra) ====
{{Main|ކުޑަކަމުދާ ހޮޅި}}
 
ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.
 
 
== ކުޑަކަމުދާ ނިޒާމާއި ބަލިތައް ==