Content deleted Content added
ފޮޅުވަތް 45:
މިއީ ބަލީގެ ޢަލާމާތްތައް ފިލައި ނެތިދިއުމަށްފަހު އަހަރުތަކެއް ފަހުން ބަލީގެ ޢަލާމާތްތައް އަނެއްކާވެސް ފެންނަށް ފެށުމެވެ. މިކަން ދިމާވަނީ ކުރިން ބުނި ހިމޭންކަންމަތީ ދެމިތިބި ޖަރާސީމްތައް އަލުން އާރޯކަމާއެކު ހަރަކާތްތެރިވާން ފެށުމުންނެވެ. 10-2 އަހަރާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާ މިމަރުޙަލާ ދެވައްތަރަކަށް ބެހިގެން ވެއެވެ.
 
 
====== ޑިފިއޫޒް ސިފިލިޓިކް އިންފްލެމޭޝަން ======
 
މިއީ ދެވަނަ ވައްތަރު ''ގަމާ''އަށްވުރެ ޢާންމުކޮށް ކުރިމަތިވާ ވައްތަރެކެވެ. މިވައްތަރުގައި ''ކޭސިއޭޝަން'' އުފެދޭ މިންވަރު މަދުވެފައި ލަސްވެސް ވެއެވެ. މިވައްތަރު ކުރިމަތިވަނީ އަޑުފޮށި، އުރަވަޅި، ކަށިތައް، އަދި ސިކުނޑީގެ ވަށައިގެންވާ ދުލިފަށް ތަކަށެވެ.
 
 
====== ގަމާ ======
މިއީ ވަކިތަންތާގައި ސިފިލިސް އާ ގުޅިގެން ގްރެނިއުލޭޝަން ޓިޝޫ އުފެދުމަށްފަހު ލަސްލަހުން އެތާގައި ''ކޭސިއޭޝަން'' އުފެދުމާއެކު، ޓިޝޫ ނުވަތަ ސެލްތައް މަރުވުމާއެކު ފާރުގަނޑެއްގެ ސިފަޔަށް ބޮޑުވުމެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވެސް ''ގަމާ''(Gumma) އުފެދުމަކީ ވެދާނެ ގޮތެކެވެ. އެންމެ ޢާންމުކޮށް އުފެދެނީ ފުރަމޭ، ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް، ކަށިތައް، ދޫ ، އުރަވަޅި، ހިތް، އަދި ފުއްޕާމޭ ގައެވެ.