Content deleted Content added
ފޮޅުވަތް 23:
==== ފުރަތަމަ މަރުޙަލާ ====
 
މިމަރުޙަލާގައި ތަދު އިހްސާސްނުވާ، ވަށްކޮށް ހުންނަ ރަތްކުލައިގެ ފާރުކޮޅުތަކެއް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ބައިތަކުގައި (ފަރުޖު، އަންހެނާގެ ޖިންސީ ގުނަވަން، ރަހިމުގެ ދޮރު، ފިރިހެނާގެ ޖިންސީ ގުނަވަން) އުފެދެއެވެ. ބައެއް ފަހަރު ފުރަގަސް ފަރާތް، އިގިލިތައް، ވަށްގަނޑު، ދޫ، ތުންފަތް، އަދި ކަރުތެރޭގައި ވެސް މިފަދަ ފާރުކޮޅެއް އުފެދިދާނެއެވެ. މިފާރުކޮޅު ތަކަށް ކިޔަނީ ''ޝެންކަރ''(Chancre) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ކުރިން ބުނި ޖަރާސީމް ހަށިގަނޑަށް ވަންނަތާ 6-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް އާންމުވާން ފަށައެވެ. އާންމު ގޮތެއްގައި 8-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް ލަކުނު އުފެދުމާއެކު ރަގަޅުވެގެން ދެއެވެ. މީގެ އިތުރުން މިމަރުހަލާގައި އުކުޅުވަޅު، އަދި ކަރުފަދަ ތަންތާގައި ގޮށްލުން ކުރިމަތި ކުރުވައެވެ. ދެތިން ހަފްތާގެ ފަހުން ނުވަތަ ދެމަސްވަރު ފަހުން ދެވަނަ މަރުޙަލާގެ ޢަލާމާތްތައް ފެންނަށް ފަށައެވެ.
 
[[Image:Extragenital_syphilitic_chancre_of_the_left_index_finger_PHIL_4147_lores.jpg |thumb|200px|ސިފިލިސް އާއި ގުޅިގެން އަތުގައި އުފެދިފައިވާ ޝެންކަރ އެއް]]