Content deleted Content added
ފޮޅުވަތް 20:
މިއީ މަތީގައި ބަޔާންކުރެވުނު ގޮތްތަކުގެ ތެރެއިން ފުރަތަމަ ތިން ގޮތުން ކުރެ ގޮތަކުން ސިފިލިސް ޖެހުމެވެ. މިވައްތަރު ހަތަރު މަރުޙަލާ އަކަށް ބަހާލެވިފައި ވެއެވެ.
 
 
==== ފުރަތަމަ މަރުޙަލާ ====
 
މިމަރުޙަލާގައި ތަދު އިހްސާސްނުވާ، ވަށްކޮށް ހުންނަ ރަތްކުލައިގެ ފާރުކޮޅުތަކެއް ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ބައިތަކުގައި (ފަރުޖު، އަންހެނާގެ ޖިންސީ ގުނަވަން، ރަހިމުގެ ދޮރު، ފިރިހެނާގެ ޖިންސީ ގުނަވަން) އުފެދެއެވެ. ބައެއް ފަހަރު ފުރަގަސް ފަރާތް، އިގިލިތައް، ވަށްގަނޑު، ދޫ، ތުންފަތް، އަދި ކަރުތެރޭގައި ވެސް މިފަދަ ފާރުކޮޅެއް އުފެދިދާނެއެވެ. މިފާރުކޮޅު ތަކަށް ކިޔަނީ ''ޝެންކަރ'' އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރެއިން ނުވަތަ އެހެންވެސް ގޮތަކުން ކުރިން ބުނި ޖަރާސީމް ހަށިގަނޑަށް ވަންނަތާ 6-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް އާންމުވާން ފަށައެވެ. އާންމު ގޮތެއްގައި 8-2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މިފާރުކޮޅުތައް ލަކުނު އުފެދުމާއެކު ރަގަޅުވެގެން ދެއެވެ. މީގެ އިތުރުން މިމަރުހަލާގައި އުކުޅުވަޅު، އަދި ކަރުފަދަ ތަންތާގައި ގޮށްލުން ކުރިމަތި ކުރުވައެވެ. ދެތިން ހަފްތާގެ ފަހުން ނުވަތަ ދެމަސްވަރު ފަހުން ދެވަނަ މަރުޙަލާގެ ޢަލާމާތްތައް ފެންނަށް ފަށައެވެ.
 
[[Image:Extragenital_syphilitic_chancre_of_the_left_index_finger_PHIL_4147_lores.jpg |thumb|200px|ސިފިލިސް އާއި ގުޅިގެން އަތުގައި އުފެދިފައިވާ ޝެންކަރ އެއް]]
 
==== ދެވަނަ މަރުޙަލާ ====
 
މިމަރުހަލާގައި ހުންއައުން، ބޮލުގައި ރިހުން، ހިތް ނުތަނަވަސްވުން، ހުޅުތަކުގައި ރިހުން އަދި ގައިގައި ރިހުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. އަތްތިލަ އަދި ފައިތިލައިގައި މަޑު ރަތްކުލައަކަށް ފޮޅުތަކެއްގެ ސިފަޔަށް ހުންނަ އެކިވަރުވަރުގެ ބިހިތަކެއް ނަގައެެވެ. ބައެއް ފަހަރު މުޅި ހަށިގަނޑުގައި ވެސް މިބިތައް ނެގުމަކީ ވެދާނެ ގޮތެކެވެ. ހަމަ މިހެން ތެތް ހަން އެކުލެވޭ ހިސާބުތަކުގައި މިސާލަކަށް ފަރުޖު، ކިހިލި ފަތްދޮށް، އަދި އުރަމަތީގެ ދަށްފުށް(އުރަމަތީގެ ތިރިން ހަންގަނޑާއި ބީހިފައި ހުންނަބައި)، ގައި ވެސް ''ކަންޑްލޯމާ ލޭޓަމް'' އޭ ކިޔާ ބިހި ނުވަތަ ފޮޅުތަކެއް ފާޅުވެއެވެ.
 
Line 31 ⟶ 35:
ބައެއް ފަހަރު މިބުނި ޕެޗްތައް ފެޅި ފާރުކޮޅަކަށް ބަދަލުވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިބުނި ޕެޗްތަކާއި ފާރުކޮޅުތައް އުފެދެނީ އަނގަ، ނޭފަތް ،އަދި ޖިންސީ ގުނަވަން އެކުލެވޭ ހިސާބުގައިވާ ތެތް ދުލިފަށްތަކުގައެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ލިމްފް ގޮށްތައް ދުޅަވުމަކީ ނުވަތަ ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ފުރަމޭ ދުޅަވުން، ސިކުނޑި ދުޅަވުން، ގުރުދާ ދުޅަވުން، އަދި އަޑު ކުރަކިވުން ، ފަދަ ކަންކަމަކީ ވެސް މިމަރުހަލާގައި ކުރިމަތިވެދާނެ ކަންކަމެވެ. ހަމަ މިހެން ހުންކޮށި ބޮޑުވުމަކީ ވެސް ވެދާނެ ގޮތެކެވެ.
 
 
==== ހިމޭން މަރުޙަލާ ====
 
މިމުއްދަތުގައި އެއްވެސް ޢަލާމާތެއް ނުފެނި ހުރެއެވެ. ކުރިން ފެނިދިޔަ އަލާމާތްތައް ފިލައި ދިއުމަށް ފަހުވެސް ބަލި ޖައްސާ ޖަރާސީމް ހަށިގަނޑުގައި ހިމޭންވެފައި ނުވަތަ ހަރަކާތެއް ނެތް އެއްޗެއްގެ ގޮތުގައި ދެމިތިބެއެވެ.
 
 
==== ފަހު މަރުޙަލާ ====
 
މިއީ ބަލީގެ ޢަލާމާތްތައް ފިލައި ނެތިދިއުމަށްފަހު އަހަރުތަކެއް ފަހުން ބަލީގެ ޢަލާމާތްތައް އަނެއްކާވެސް ފެންނަށް ފެށުމެވެ. މިކަން ދިމާވަނީ ކުރިން ބުނި ހިމޭންކަންމަތީ ދެމިތިބި ޖަރާސީމްތައް އަލުން އާރޯކަމާއެކު ހަރަކާތްތެރިވާން ފެށުމުންނެވެ. 10-2 އަހަރާއި ދެމެދުގެ މުއްދަތަކަށް ދެމިގެންދާ މިމަރުޙަލާ ދެވައްތަރަކަށް ބެހިގެން ވެއެވެ.