Content deleted Content added
No edit summary
Tags: Reverted Visual edit Mobile edit Mobile web edit
Did
Tags: Reverted Mobile edit Mobile web edit
ފޮޅުވަތް 1:
1,000,000+ articles
 
2008 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހިސާބުތަކަށް ބަލާއިރު، އަހަރަކު 683 މިލިއަން މީހުން ވިކިޕީޑިޔާ އަށްޒިޔާރަތްކުރިކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 253 ބަހަކުން ލިޔެވިފައިވާ 10 މިލިއަން ލިޔުން ހިމަނާފައި ވެއެވެ. މިބުނި ލިޔުންތަކުގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ އިގިރޭސި ވިކިޕީޑިޔާގައި ހިމެނޭ ލިޔުންތަކެވެ. ވިކިޕީޑިޔާ އަށް ލިޔުންތައް ލިޔަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިލޭ ސާބަހަށް ލިޔެދޭ މީހުންނެވެ. އެމީހަކު ޝައުގު ހުންނަ ދާއިރާއަކުން ވިކިޕީޑިޔާއަށް ލިޔަނީ އެވެ. އަދި ވިކިޕީޑިޔާގެ ލިޔުންތަކަށް ވިކިޕީޑިޔާއަށް ޒިޔާރަތްކުރާ ކޮންމެ ބޭފުޅަކަށްމެ އުނިއިތުރުގެނެވެއެވެ. އެހެންކަމުން މިއަދު ވިކިޕީޑިޔާ ވެފައިވަނީ އިންޓަރނެޓްގައިވާ އެންމެ ގިނަ މައުލޫމާތު ފޯރުކޮށްދޭ މަޞްދަރު ކަމުގައެވެ.
 
ވިކިޕީޑިއާ ގާއިމުކުރެވުނީ 2001 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ދިވެހި ވިކިޕީޑިއާގެ އަމަލީ މަސައްކަތް ފެށުނީ 2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ވީކިޕީޑިއާގެ ދިވެހި ޞަފްޙާ ތަކުގައި މިވަގުތު '''{{NUMBEROFARTICLES}}''' [[ހާއްޞަ:Allpages|މައުޟޫޢަކާ]] ގުޅޭ މަޢުލޫމާތު ހިމެނިފައިވާނެއެވެ. ދިވެހި (މަހަލް) ބަހުގެ މި އެކުމާފާނު (އެންސައިކްލޮޕީޑިއާ) އެކުލަވާލުމުގައި ތިޔަބޭފުޅުންނަށްވެސް ވަރަށް ފަސޭހަކަމާއެކު އަޅުގަނޑުމެންނާ ބައިވެރިވެ ވަޑައިގެންނެވިދާނެއެވެ.
 
މިގޮތުން '''[[ހާއްޞަ:Userlogin|މެންބަރުންގެ ޞަފްޙާއަށް]]''' ވަޑައިގެން މެންބަރުކަން ހާސިލު ކުރައްވާށެވެ. މިއީ ބަހަށާއި އިލްމަށް ކުރެވޭ ވަރަށް ބޮޑު ހިދުމަތެކެވެ. އެހެން ކަމުން ތިޔަ އެންމެހާ ބޭފުޅުން މިކަމުގައި ބައިވެރިވެ ވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑުއެދުމެކެވެ. މިވަގުތު
[[:en:Main Page|އިނގިރޭސި ވިކިޕީޑިއާގައި]] އެއް މިލިއަނަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައިވެއެވެ. މި ސަރަހައްދުގެ ބަސްތަކުގެ ތެރެއިން [[:mr:Main Page|މަރާތީ ވިކިޕީޑިއާގައި]] ތިން ހާހަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައިވެއެވެ. އަދި [[:hi:Main Page|ހިންދީ ވިކިޕީޑިއާގައި]] ބާރަސަތޭކަ އަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައި ވާއިރު [[:ur:صفحہ_اول|އުރުދޫ ވިކިޕީޑިއާގައި]] ހަ ސަތޭކައަށް ވުރެ ގިނަ މައުޟޫއާ ބެހޭ މައުލޫމާތު ހިމެނިފައިވެއެވެ. އައު މަޒުމޫނުތައް ލިޔުއްވާނެ ގޮތާއި މަޒުމޫނުތަކުގައިވާ މައުލޫމާތުތައް ފުރިހަމަ ކުރުމަށް ޓަކައި އުނިއިތުރު ގެންނަވާނެ ގޮތް ދަސްކުރެއްވުމަށް [[އައުމެންބަރުންގެ އަށި|އައު މެންބަރުންގެ އަށްޓަށް]] ވަޑައިގަންނަވާށެވެ.
 
===1,000,000+ articles===