Content deleted Content added
Removing 103802_23dd7cbc-a_.png, it has been deleted from Commons by Fitindia because: No permission since 20 June 2022.
 
ފޮޅުވަތް 1:
'''އަލްއުސްތާޛު މޫސާ ފަތުޙީ އަލްއަޒްހަރީ''' އަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
 
== އަމިއްލަ ދިރިއުޅުން ==
ފޮޅުވަތް 11:
== ސަރުކާރަށް ޚިދުމަތް ކުރެއްވުން ==
އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ދިވެހި ސަރުކާރުގައި 60 އަހަރަށްވުރެ ގިނަ ދުވަހުގެ މުއްދަތަށް ޚިދުމަތް ކުރައްވާފައެވެ. އަވަހާރަވިއިރު ހުންނެވީ ދިވެހި ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމްގައެވެ. އަލްއުސްތާޛު މޫސާ ފަތުޙީ އަދާކޮށްފައިވާ ސަރުކާރުގެ ވަޒީފާތަކާއި އެހެނިހެން ވަޒީފާތައް ތިރީގައި މިވަނީއެވެ.
 
{{adhabiyyaath}}
* ވުޒާރަތުލް މަޢާރިފްގެ މުދައްރިސްކަން - ފުރަތަމަ އަދާކުރެއްވި ސަރުކާރު ވަޒީފާ
* ވަޒީރުލް އަޢުޒަމް އޮފީހުގެ ޚާއްޞަ ވަކީލުކަން - 10 އޮގަސްޓް 1966ން 19 ޖޫން 1967އަށް
* ވަޒީރުލް އަޢުޒަމްގެ ނާއިބުކަން - 19 ޖޫން 1967ން 12 ނޮވެމްބަރު 1968އަށް
 
ފޮޅުވަތް 41:
އަދަބިއްޔާތާއި ލިޔުންތެރިކަމާއި ޅެންވެރިކަމަށް ބަލާއިރު އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މީހުން ހޭލުންތެރި ކުރެއްވުމަށް ތަފާތު ފޮތްތައް ލިޔުއްވާފައެވެ. މިނިވަން 25 ގެ އިނާމް ޙާޞިލް ކުރެއްވުމުގެ އިތުރުން 1983 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޢާއްމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް ވެސް އަލްއުސްތާޛު މޫސާ ފަތުޙީ އަށް ލިބިވަޑައިގެންފައި ވެއެވެ. ތަފާތު އަސަރުގަދަ އެތައް ޅެންތަކެއް ހެއްދެވިއެވެ.
 
ރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރުމާއި، ގާނޫނީ އަދި ޝަރުޢީ ދާއިރާ، އަދަބިއްޔާތާއި، ހިސާބު ޢިލްމުގެ ދާއިރާއަށް ވަރަށް ގިނަ ޢިލްމީ ޚިދުމަތްތަކެއް އަލްއުސްތާޛު މޫސާ ފަތުޙީ ވަނީ ކޮށްދެއްވާފައެވެ. އެންމެ ބޮޑު ޚިދުމަތްތަކެއް ކޮށްފައިވަނީ ގާނޫނީ އަދި ޝަރުޢީ ދާއިރާގައެވެ.
 
އަލްއުސްތާޛު މޫސާ ފަތުޙީ އާ ބެހޭގޮތުން ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު ރައީސް ޢައްބާސް އިބްރާހީމް ލިޔުއްވާފައި ވެއެވެ. ''ފަތުޙީގެ ޢިލްމީ ޚަޒާނާގެ މުއްސަނދިކަމާ ތަނަވަސްކަން ހުރުމާއެކު ހެއްދެވި ގިނަ ޅެންތަކަކީ ވަރަށް ފެންވަރު ރަގަޅު ޅެންތަކެކެވެ. އެމަނިކުފާނު ލޯބިކުރެއްވީ ބައިވަރަކަށްވުރެ ބޮޑަށް ފެންވަރަށެވެ''.
 
އަލްއުސްތާޛު މޫސާ ފަތުޙީ އާ ބެހޭގޮތުން ދިވެހި ބަހުގެ އަދީބު މުލީގޭ ޢަބުދުﷲ ޞާދިޤް ވިދާޅުވެފައި ވެއެވެ. '' މުޙައްމަދު ޖަމީލް އަވަހާރަވުމަށްފަހު އަޅުގަނޑުމެން ބަހާ އަދަބިއްޔާތާ މެދު އަރާ އޮޅުން ފިލުވުމަށް ބޭނުންކުރި ދިވެހި ޑިކްޝަނަރީ އަކީ މޫސާ ފަތުޙީ. މޫސާ ފަތުޙީ ނެތިދިޔަ ކަމުގައި ވިޔަސް އަދަބިއްޔާތުގައި އޭނާގެ ހަރުމުދާ އެބަހުރި.''.
 
އަލްއުސްތާޛު މޫސާ ފަތުޙީ ލިޔުއްވި ބައެއް ފޮތްތައް ތިރީގައި މިވަނީއެވެ.
Line 56 ⟶ 54:
== އަވަހާރަވުން ==
އަލްއުސްތާޛު މޫސާ ފަތުޙީ އަވަހާރަވީ 10 ޖުލައި 2007 އަންގާރަ ދުވަހުގެ ހެދުނު 11.25ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އުމުރު ފުޅުން 77 އަހަރުފުޅުގައެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހުގައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސިންގަޕޫރަށް މޫސާ ފަތުޙީ ގެންދެވުނީ ކޮޓަރިކޮޅުގެ ތެރެއަށް ވެއްޓި ވަޑައިގެން އުނަގަނޑުގެ ކަށިގަނޑެއް ބިނދުމުން އޮޕަރޭޝަން ކުރެއްވުމަށެވެ. އަދި އަވަހާރަވީ އެ އޮޕަރޭޝަނާއި ގުޅިގެން ކަމަށްވެއެވެ. އަލްއުސްތާޛު މޫސާ ފަތުޙީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމުގެ ދިދަ 3 ދުވަހުގެ މުއްދަތަށް ބައިދަނޑިއަށް ތިރިކޮށްފައި ވެއެވެ.
 
== މަރުޖިޢުތައް ==
* ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
 
{{Template:Dhivehi Adheebun}}
[[Category:ޙަޔާތުނާމާ]]
 
{{Template:Dhivehi Adheebun}}
 
[[Categoryޤިސްމު:ޙަޔާތުނާމާ]]
[[Categoryޤިސްމު:Qazis of the Maldives]]
[[Category:ޙަޔާތުނާމާ]]