Content deleted Content added
m Bot: Migrating interwiki links, now provided by Wikidata on d:q393968
No edit summary
Tags: Mobile edit Mobile web edit
ފޮޅުވަތް 20:
}}
 
ވައި ނޮޅި ނުވަތަ ({{en|Tracheatrachea}}) އަކީ [[ނޭވާލާ ނިޒާމް]] ގައި [[އަޑު ފޮށި]] އިން ފެށިގެން [[ވައި ނޮޅީގެ ކަފި]]އާއި ހަމައަށް އިންނަ ނޭވާ ދައުރުކުރާ ހޮޅިއެކެވެ. ނޭފަތުން އެތެރެއަށް ވަން އޮކްސިޖަން [[ފުއްޕާމޭ]]އާ ހަމައަށް ވާޞިލްވުމުގެ ތެރޭގައި ވައިދައުރުކުރަނީ މިހޮޅީގެ ތެރެއިންނެވެ. އެތެރޭގެ ދިގު ހުރަސް މިނުގައި 25-20 މިލިމީޓަރު ހުންނަ މިހޮޅީގެ ދިގުމިނުގައި 16-10ސެންޓިމީޓަރު ވަރު ހުރެއެވެ. ވައި ނޮޅީގެ އެޕިތީލިއަމްގެ ވައްތަރަކީ ''ސޫޑޯސްޓްރެޓިފައިޑް ސިލިއޭޓެޑް ކޮލަމްނާ އެޕިތީލިއަމް''(Pseudostratified ciliated columner epiththelium) އެވެ. މީގެ އިތުރުން ވައި ނޮޅީގެ ތެތް ދުލިފަށަލައިގައިވާ ''ގޮބްލެޓް ސެލް''(goblet cell) ތަކުން ދަވަ ބޭރުކުރެއެވެ. ކުރިން ބުނި އެޕިތީލިއަމް އަކީ ނަރުވާ އެކުލެވޭ އެޕިތީލިއަމް އެއް ކަމަށްވުމުން ވައި ނޮޅީގެ ތެރެއަށް ހަށިގަނޑާ ބީރައްޓަހި މާއްދާއެއް ވާޞިލްވެއްޖެނަމަ އެނަރުވާ ތަކުގެ އެހީގައި މައްޗަށް ގެންގޮސް [[އަޑު ފޮށި]] ހުރަސްކޮށް [[އަރުތެރެ]] އަށް ފޮނުވާލައެވެ. އެއަށްފަހު އަރުން އެދިރުވާލުމުން މައިދާއަށް ވާޞިލްވެ ނެތިދެއެވެ.
 
ވައި ނޮޅީގެ މަތިން ތިރިއަށް ''ސީ އަކުރުގެ ބައްޓަމަން''(C-shaped) ހުންނަ މަޑުކަށިން އުފެދިފައިވާ ބުރު ނުވަތަ ރިންގް ތަކެއް ހުރެއެވެ. މިރިންގް ތަކުގެ އަދަދު އުޅެނީ 20-15 އާދެމެދުގައެވެ. މި ރިންގްތަކުގެ ބޭނުމަކީ ނޭވާ ހިގާ މަގު ފިތުނަނުދީ ރައްކާތެރިކަމާއެކު ބެހެއްޓުމަށް އެހީތެރިވުމެވެ.